ގާޒާގެ އެތައް ހާސް ރައްޔިތުން އިޒްރޭލުގެ ވޯކް ޕާމިޓަށް އެދެފި

އިޒްރޭލުގެ ވޯކް ޕާމިޓް ހޯދަން އެދި އުތުރު ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ގިނަ ބަޔަކު ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ވޯކް ޕާމިޓް ހޯދަން އެދި އުތުރު ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ގިނަ ބަޔަކު ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

ގާޒާ ސިޓީ، ފަލަސްތީން (އޮކްޓޯބަރު 6) - ފަލަސްތީނުގެ މަސައްކަތްތެރިން އިޒްރޭލަށް އެތެރެވުމަށް ގާޒާގެ ގޭޓުތައް އަލުން ހުޅުވަން ފެށުމުން އެތައް ހާސް ބަޔަކު ވޯކް ޕާމިޓަށް އެދި ހުށަހަޅައިފި އެވެ.

އުތުރު ގާޒާގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އެތައް ހާސް ބަޔަކު ޖަމާވީ ލިޔެކިޔުންތައް ހިފައިގެން، އިޒްރޭލުގައި މަސައްކަތް ކުރަން ބޭނުންވާ ހުއްދަ ހޯދުމަށެވެ.

"ގާޒާގައި އަހަރުމެން ކުރާނެ މަސައްކަތެއް ނެތް،" އުމުރުން 40 އަހަރުގެ ފަތި އަބޫ ނޫރު ބުންޏެވެ.

"އިޒްރޭލަށް މަސައްކަތް ކުރަން ދާން ޕާމިޓަށް އެދި ރަޖިސްޓްރީ ކުރަން ފެށިކަން އަހަންނަށް އެނގުނީ އިއްޔެ. އަހަރެންގެ އުއްމީދަކީ ކަންކަން ރަނގަޅުވުން. މިހާރުގެ ހާލަތު އަހަރުމެންނަށް ވަރަށް އުނދަގޫ.

އިޒްރޭލުގެ ސެކިއުރިޓީ އޮފިޝަލަކު ބުނީ ވޯކް ޕާމިޓް ދޫކުރާނީ ގާޒާގައި އުޅޭ ފަލަސްތީނުގެ 7،000 މީހުންނަށް ކަމަށެވެ. މިދިޔަ އޯގަސްޓު މަހު ވޯކް ޕާމިޓް ދޫކުރީ 5،000 މީހުންނަށެވެ.

މިދިޔަ މޭ މަހު އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމަށް ފަހު، ހަމަލާތައް ހުއްޓާލަން އެއްބަސްވި އެވެ.

އެއަށްފަހު އިޒްރޭލުން ދަނީ އޭރު އެޅި ބައެއް ފިޔަވަޅުތަކަށް މަޑުމަޑުން ލުއިދެމުންނެވެ. އެގޮތުން ބޯޑަރު ކްރޮސިންތައް ހުޅުވައި، މަސް ބާނަން ހާއްސަ ޒޯނު ފުޅާކޮށް، ބައެއް ކަހަލަ މުދާ އެތެރެ ކުރަން ހުއްދަ ދީފައި ވެއެވެ.

ފަލަސްތީނުގެ ގިނަ ބަޔަކު އިޒްރޭލުގައި މަސައްކަތް ކުރަން ބޭނުން ވަނީ އެ ތަނުގައި އެ މީހުންނަށް ލިބޭ އުޖޫރަ މަތިވުމުންނެވެ.

ގާތްގަނޑަކަށް ދެ މިލިއަން މީހުން ދިރިއުޅޭ ގާޒާގެ 50 ޕަސެންޓު މީހުންނަކީ ވަޒީފާ ނުލިބިފައި ތިބި މީހުންނެވެ. ފާއިތުވި 15 އަހަރު އިޒްރޭލުން ވަނީ ގާޒާ ވަށާލައިގެން ބަންދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox