މި އަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމް ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ އިނާމް 14 ބޭފުޅަކަށް ދެއްވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމުގެ އިނާމް ދެއްވާފައިވަނީ ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން އަލްމަރްހޫމް އިބްރާހީމް ހުސައިންފުޅަށާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ސ. ހިތަދޫ ކެމީ, ހަސަން ލަބީބަށެވެ.
އަދި, ސިއްހީ ދާއިރާއިން މއ. އެވޭލާގެ, ޑޮކްޓަރު ހާމިދު ރަޝީދު އަދި ކުޅިވަރުގެ ދާއިރާއިން ހ. ސާވަން މައްލާ ޅަތުއްތުއަށް ޝަރަފުގެ އިނާމް ދެއްވި އެވެ.
އެކި ދާއިރާތަކުން ހިތްވަރު ދިނުމުގެ ގޮތުން 14 ބޭފުޅަކަށް ދެއްވި އެވެ. އެ ބޭފުޅުންނަކީ;
- ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން، ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: މާވުލެސް ސ. ހިތަދޫ, އަލްހާފިޒާ ލަތީފާ އަހުމަދު

- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަސް އުނގަންނައިދިނުމުގެ ރޮނގުން: ވައްވަރުގެ ޅ. ނައިފަރު, އަބްދުالله ޖަމީލް
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: މޫރިތިގެ ހއ. އިހަވަންދޫ, ފަތުހުالله އަހުމަދު
- ތައުލީމީ ދާއިރާއިން، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: ސީނުގެ ގއ. ނިލަންދޫ, ޝަރަފުލްހުދާ މުހައްމަދު
- އިޖުތިމާޢީ ހިދުމަތުގެ ދާއިރާއިން، ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު), ހއ. އިހަވަންދޫ
- އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން: މ. ހުސްނޫ, މުހައްމަދު ރާޝިދު
- ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތައާރުފު ކުރުމުގެ ރޮނގުން: ނޫވިލު ޅ. ހިންނަވަރު, ޔޫސުފް ރިފްއަތު
- މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކި ބާވަތުގެ މަސައްކަތް ކުރުމާއި، ކުރިއެރުވުމުގެ ރޮނގުން: ސަރާސަރުގެއާގެ ސ. ހިތަދޫ, ފާތިމަތު ޝިފާ މޫސާދީދީ
- މުވާސަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން، ކޮމްޕިއުޓާ ސޮފްޓްވެއާ އާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީ ކުރުމުގެ ރޮނގުން: މއ. ބޮޑުދަހަރާގެ, ޑޮކްޓަރު މުހައްމަދު ކިނާނަތު
- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: ހ. ސްނޯޕީކް, އިބްރާހީމް މުޙައްމަދު
- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: ހަނދުވަރީގެ ސ. ފޭދޫ, އަލީ ރަޝީދު
- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން: ވާރޭވިލާ ހދ. ނޭކުރެންދޫ, ފާތިމަތު ސާލިޔާ
- ވިޒުއަލް އާޓްސްގެ ދާއިރާއިން، ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން)ގެ ރޮނގުން: މ. މިރިޔާސްގެ, މައިމޫނާ
- ޒުވާނުންގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: ހުސްނުހީނާގެ ހއ. ހޯރަފުށި, އަރުޝަދު އަޝްރަފް












