އެމްބާޕޭ މައްސަލައިގައި ރެއާލާއި ޕީއެސްޖީ ކޯޅެނީ

Oct 6, 2021, 4:46 AM
އެމްބާޕޭ މައްސަލައިގައި ރެއާލާއި ޕީއެސްޖީ ކޯޅެނީ

ޕެރިސް (އޮކްޓޫބަރު 6) - ކީލިއަން އެމްބާޕޭގެ މުސްތަގުބަލާ ގުޅޭގޮތުން ރެެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދެއްކެވި ވާހަކަތަކެއްގެ މައްސަލައިގައި އެމްބާޕޭ މި ވަގުތު ކުޅެމުން އަންނަ ޕީއެސްޖީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެ އެެވެ.

މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ހޯދަން ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ރެއާލުން ވަރަށް މަސައްކަތްކޮށް، ތިން ބިޑެއް ކުރި ނަމަވެސް ޕީއެސްޖީން ދުލެއް ނުދިނެވެ. ދާދި ފަހުން ރެއާލްގެ ރައީސް ޕެރޭޒް ވަނީ "ޖެނުއަރީ މަހުގައި އެމްބާޕޭގެ ހަބަރެއް ރެއާލުން އިއުލާނުކުރާނެ" ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ރެއާލަށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ލިއޮނާޑޯ ވަނީ އުސޫލެއް ނެތި އެހެން ކްލަބެއްގެ ކުޅުންތެރިއަކާ ބެހޭގޮތުން ރެއާލުން ވާހަކަ ދައްކާތީ ހައިރާންވާ ކަމަށެވެ.

Advertisement

"އެއް ހަފްތާ ތެރޭގައި މި ފެންނަނީ ރެއާލްގެ ކެޕްޓަން (ބެންޒެމާ) ކޯޗު (އަންޗެލޮޓީ) ދެން އެ މީހުންގެ ރައީސް (ޕެރޭޒް) އެމްބާޕޭގެ ވާހަކަ ދައްކާ މަންޒަރު. އެމްބާޕޭ އަކީ އެ މީހުންގެ އަމިއްލަ ކުުޅުންތެރިއެއްގެ ގޮތުގައި ދެކުމަކީ އަދި ގޯހެއް. މިއީ އެމްބާޕޭ އަށް ވެސް އަދި ޕީއެސްޖީ އަށް ވެސް އިހުތިރާމް ކުޑަކޮށް ކުރާކަމެއް،" ލިއޮނާޑޯ ބުންޏެވެ.

ލިއޮނާޑޯގެ މި ވާހަކަތަކަށް ފަހު ޕެރޭޒް ވަނީ ސްޕެއިން ނޫހެއް މެދުވެރިކޮށް އޭނާ ދެއްކެވި ވާހަކަތައް އޮޅުން ފިލުވައިދީފަ އެވެ.

ޕެރޭޒް ވިދާޅުވީ އޭނާ ދެއްކި ވާހަކަތައް މީޑިއާގައި އޮތީ އޮޅުވާލެވިފައި ކަމަށެވެ. އަދި ޖެނުއަރީ މަހު އެމްބާޕޭގެ ހަބަރެއް ލިބޭނެ ކަމަށް ނުބުނާ ކަމަށާއި ދެއްކީ އަންނަ އަހަރު އެމްބާޕޭގެ މައްސަލައިގައި ހައްލެއް ލިބޭނެ ކަމުގެ ވާހަކަ ކަމަށެވެ. އެއީ އޭނާގެ ކޮންޓްރެކްޓް އޮތީ އަންނަ އަހަރު ޖޫންގެ ނިޔަލަށް ކަމަށްވާތީ އެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީ ދޫކޮށްލަން ނިންމީ އެ ޓީމަށް ރަނގަޅަކަށް ކަންތައް ކުރުމުގެ ވިސްނުމުގައި ކަމަށް ބުނެފަ އެވެ. އެއީ މި ވަގުތު އޭނާ ވިއްކާލައިގެން ޕީއެސްޖީ އަށް ލިބޭ ފައިސާއިން އާ ކުޅުންތެރިއަކު ގަނެވޭނެތީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ މަހު އެމްބާޕޭ، ރެއާލާ އެެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ ޖުލައި އެއް ވަނަ ދުވަހު އެ ޓީމާ ގުޅޭ ގޮތަށެވެ. ޕީއެސްޖީން އެމްބާޕޭ ވިއްކާލައިގެން ޓްރާންސްފާ ފީއެއް ހޯދާނަމަ އެންމެ ލަސްވެގެން އޭނާ ޖެނުއަރީ 31 ކުރިން ވިއްކާލަން ޖެހޭނެ އެވެ. ނޫނީ މި ސީޒަން ނިމުމުން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނީ ހިލޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox