ނައިބު ރައީސް ފައިސަލް ނަސީމްގެ ހާލުކޮޅު ދެރަވެގެން ފަރުވާދޭން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައިބު ރައީސް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެވެމުންދާ ކަމަށެވެ.
"އެމަނިކުފާނުގެ ހާލު ސްޓޭބަލް،" މަބްރޫކު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.
ފައިސަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިމިވަނީ، އާލާސްކަންފުޅާ އުޅުއްވާތީ މި ހަފްތާއަށް ހަމަޖައްސާފައިހުރި ބައެއް ބައްދަލުވުންތައް ވެސް ކެންސަލްކޮށްފައިވަނިކޮށެވެ.














