ފަސް މީހުންނާއިއެކު ކ. ކާށިދޫއިން ޅ. ނައިފަރަށް ދަތުރު ކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ކާށިދޫ ކަނޑަށް ބެހިގެން ދިޔަ މީހުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ފަތިހުގެ ވަގުތެއްގައި އެ ހާދިސާގެ ރިޕޯޓް ލިބުމުން ކާށިދޫ ކަނޑަށް ބެހުނު މީހުން ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.
އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ދަނިކޮށް 8:30 ގައި ކޯސްޓް ގާޑަށް އެމީހުން ފެނިގެން މިހާރު އެ އުޅަނދަށް އެމީހުން ނަނގާފައިވާ ކަމަށާއި، ކާށިދޫއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި އެ އެންމެންގެ ހާލުވެސް ރަނގަޅުކަން އިތުރަށް ބުންޏެވެ.
އެމްއެންޑީއެފްއިން ބުނާ ގޮތުގައި އެ ދޯނި އަޑިއަށް ގޮސްފައި ވަނީ ޅ. އަލިގާގެ ހުޅަނގުން ހަތަރު މޭލު ބޭރުންނެވެ.

މި ދޯނީގައި ދަތުރު ކުރި ފަސް މީހުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ޑޯނިއާ ހެލިކޮޕްޓަރުވެސް މަސައްކަތް ކޮށްފައި ވެ އެވެ.












