ކަރަންޓުން ދުވާ ކާރު އުފައްދަން ސްޓެލްކޯއިން ވިސްނަނީ

ކަރަންޓުން ދުވާ ކާރެއް: މިއީ މިހާރު އާންމުކޮށް ގެންގުޅޭ ޕެޓްރޯލާއި ޑީސަލުން ދުއްވާ ކާރުތަކަށް ވުރެ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް. -- ފޮޓޯ: ޔޫރޯނިއުސް/ކެންވާ

ކަރަންޓުން ދުވާ ކާރެއް: މިއީ މިހާރު އާންމުކޮށް ގެންގުޅޭ ޕެޓްރޯލާއި ޑީސަލުން ދުއްވާ ކާރުތަކަށް ވުރެ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް. -- ފޮޓޯ: ޔޫރޯނިއުސް/ކެންވާ

ސްޓެލްކޯގެ ވިޔަފާރި ފުޅާކުރަން އެ ކުންފުނިން މުސްތަގުބަލަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ކަރަންޓުން ދުވާ (އިލެކްޓްރިކް) ކާރު އުފައްދައިގެން ރާއްޖޭގެ ބާޒާރަށް ނެރެން ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެ އެވެ.

މުގުނީ މިކަން ހާމަކުރެއްވީ ސްޓެލްކޯއިން ކަރަންޓު އުފައްދާ ނިޒާމުތަކާއި ޖަނަރޭޓަރުތަކާއި ގުޅޭ ހިދުމަތްތައް ދޭން ހުޅުވި ސްޓެލްކޯ ވާކްޝޮޕް "ސްޓެވޯ" އިފްތިތާހުކުރަން އިއްޔެ ރޭ ބޭއްވި ހަފުލާގަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ވެހިކަލްތަކެއް ރާއްޖޭގައި އެސެމްބްލް ކުރަން" މުގުނީ ވިދާޅުވި އެވެ.

މި ހަފުލާގައި ސީދާ ތާރީހެއް ހާމަނުކުރެއްވި ނަމަވެސް ކަރަންޓު ކާރު އެސެމްބްލީ ދާދި އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއިން މި ކާރުތައް އުފައްދަނީ ބޭރުން ބައިތައް ގެނެސްގެން ރާއްޖޭގައި އެސެމްބްލް ކުރާ ގޮތަށެވެ. މުގުނީ ވިދާޅުވީ މި ކާރުތައް ފަރުމާކުރަނީ ރާއްޖޭގެ ވެއްޓަށާއި މަގުތަކަށް ހާއްސަކޮށްގެން ކަމަށެވެ. އަދި މިއީ ދަތުރުފަތުރުގެ މުސްތަގުބަލަށް ތިމާވެއްޓާ ރައްޓެހި ހައްލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓުން ދުވާ ކާރު އުފެއްދުމާ ގުޅޭ ޕްލޭންތަކުގެ އިތުރު ތަފުސީލިތަކެއް ސްޓެލްކޯއިން ހިއްސާކޮށްފައެއް ނުވެ އެވެ. އަދި މިކަމަށް ފައިސާ ހޯދާނެ ގޮތްތަކާއި ޕްލޭންގެ ފީސިބިލިޓީއެއް ނޭނގެ އެވެ.

އިލެކްޓްރިކް ވެހިކަލް އުފެއްދުން: ފުޅާވަމުން އަޔަސް، ގޮންޖެހުން ބޮޑު ސިނާއަތެއް

ސްޓެލްކޯއިން މުސްތަގުބަލުގައި މި ސިނާއަތަށް ނުކުންނަން ވިސްނުން ހުރި ނަމަވެސް، މިހާރުވެސް ކަރަންޓުން ދުވާ ކާރު އުފެއްދުމުގެ ސިނާއަތަކީ ގޮންޖެހުން ބޮޑު ސިނާއަތެކެވެ. އަދި އަހަރުން އަހަރަށް މިފަދަ ކާރުތައް ވިކޭ އަދަދުތައް އިތުރުވި ނަމަވެސް ބެޓަރި ފަދަ ސާމާނުތަކުގެ އަގު ބޮޑުކަމުން މަދު ކުންފުންޏަކަށް ނޫނީ މި ވިޔަފާރިން ފައިދާ ނުވެ އެވެ.

އޭގެ އިތުރުން ކަރަންޓު ވެހިކަލްތަކަށް ބޭނުންވާ ޗާޖިން ޕޯޓުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ހުރި އުނދަގޫތަކުގެ ސަބަބުން ވެސް މި ސިނާއަތަށް ވަނީ ހުރަސްތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox