ޓީޗަރުންނަށް އަގުބޮޑު ހަދިޔާއެއް ނޫން، މާނަހުރި ހަދިޔާއެއް!

ޓީޗަރުންނަށް އަގުބޮޑު ހަދިޔާއެއް ނޫން، މާނަހުރި ހަދިޔާއެއް!

ވިއްސަކަށް، ފަނަރަ ވަރަކަށް އަހަރު ކުރިން، ޕާރުސަލް ކަރުދާހެއްގައި އާފަލެއް ޕެކް ކޮށްފައި ޓީޗަރަކަށް ދިނަސް އެއީ މާނަ ހުރި ރީތި ހަދިޔާ އެކެވެ. ޓީޗަރަށް ދޭނެ އަގުބޮޑު ހަދިޔާ އެއް ނެތިގެން ބެލެނިވެރިއަކު ހިތް ނުތަނަވަސް ވެގެން އުޅޭކަށް ނުޖެހެ އެވެ. އެސެމްބްލީ މެދުގައި ކުއްޖަކު މާޔޫސްވެ ލަދުގަންނާކަށް ވެސް ނުޖެހެ އެވެ.

މިހާރު މި ދެކެނީ ތަފާތު ދައުރެކެވެ. ޝުކުރާއި ވެދުން، ގުލްދަސްތާއަކުން ވެސް ފުރިހަމަ އެއް ނުކުރެވެ އެވެ. ޝުކުރުގެ ދެ ބަސް ފުރިހަމަ ކުރުމަށް، ލިބުނަސް، ނުލިބުނަސް އަގުބޮޑު ހަދިޔާއެއް ދޭންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ހަދިޔާ ގަތުމާއި ދިނުމުގައި އެކަކަށް ވުރެ އަނެކަކު ކުރި ހޯދަން ދައްކާ މި ހިތްވަރެއް އެންމެ ބޮޑަށް ފެންނަ އެއް ދުވަހަކީ ޓީޗަރުންގެ ދުވަހެވެ.

އެކަމަކު، އެކި ވަރުގެ އާމްދަނީ ލިބޭ، ހާލަތު އެކި ގޮތަށް އޮންނަ އާއިލާތަކުގެ ކުދިން އެއް ސްކޫލެއްގައި އެކުގައި ކިޔަވާ އިރު، ހަދިޔާ ދިނުމުގެ މި ރޭހެއް މިގޮތުގައި ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ނުވަތަ، ހަމަޖެހޭ ގޮތަކީ، ތަފާތުކުރުމާއި ގޮތް ދެއްކުމަށް ހިތްވަރު ލިބޭ މި އާދަ ދޫކޮށް، އެންމެންނަށް އުފުލޭ ވަރުގެ ޝުކުރަކަށް، މުދައްރިސުންގެ ދުވަހު އަދާކުރާ ޝުކުރާއި ވެދުން ބަދަލުކޮށްލުން ހެއްޔެވެ؟

Advertisement

މި ހިމަނާލަނީ ބޮޑެތި އަގު ދީފައި ގަންނަ ހަދިޔާ އާއި އެއަށްވުރެ ބޮޑު އަގު ދީފައި ގަންނަ "ކަސްޓަމް މޭޑް" ހަދިޔާ އެއް ނުދީ މުދައްރިސަކަށް ހިތުގެ ގަދަރާއި އިހުލާސްތެރި ޝުކުރު އަދާކުރެވިދާނެ ދެތިން ގޮތެކެވެ.

ބެލެނިވެރިން ފޮނުވާ އިހުތިރާމާއި ޝުކުރުގެ މެސެޖް

ކުދިންނަށް އުނގަންނައިދިނުމަށް ޓީޗަރުން ކުރާ މަސައްކަތަކީ ބުރަ، އުނދަގޫ މަސައްކަތެކެވެ. ބައެއް ޓީޗަރުންނަކީ ކުދިންނަށް ކިޔަވައިދިނުމުގައި އިންޗިއަކަށް ދޫނުކޮށް ހުރިހާ ވަގުތެއް އެކަމުގައި ހޭދަކުރާ މީހުންނެވެ. ހުރިހާ މަސައްކަތެއް ހޭދަވަނީ ކުދިންގެ މުސްތަގުބަލު ބައްޓަންކުރުމުގަ އެވެ.

އެހެންވީމަ، މުދައްރިސުގެ ފަރާތުން ދަރިފުޅުގެ ކުރިމަގު އުޖާލާ ކުރުމަށް އެހީ ލިބޭ ކަމަށް ގަބޫލުކުރެވޭނަމަ، އެ ބެލެނިވެރިއަކު އޭނާގެ ދަރިފުޅުގެ ހަޔާތް ބާއްޖަވެރިކުރުމަށް މުދައްރިސް ކޮށްދޭ ކަންކަން ބަލައިގަނެ، އަދާ ކުރާ ޝުކުރަކީ މި ޓީޗަރުންގެ ދުވަހު ދެވޭނެ އެންމެ އަގުހުރި ހަދިޔާ އަށް ވާނެ އެވެ.

މިގޮތަށް ޝުކުރު އަދާކުރާ އިރު، ބެލެނިވެރިޔާގެ އިހުސާސްތަކާއި ޝުކުރު ކަރުދާހުގެ ސިޓީ އެއްގައި ފޮނުވުމުން އިތުރަށް ހާއްސަ ކޮށްލެވުނީ އެވެ. މިޒަމާނުގެ ގޮތަށް ކުރާ ނަމަ ފޯނުން މެސެޖެއް ނުވަތަ އީމެއިލް އެއްވެސް ފޮނުވާނެވިދާނެ އެވެ.

ބޮޑު އަގުގައި ގަނެފައި ދޭ ހަދިޔާ ވަގުތުން ހުސް ވެސް ވެދާނެ އެވެ. ނުވަތަ ހަލާކު ވެސް ވެދާނެ އެވެ. އެކަމަކު މީހެއްގެ ފަރާތުން ލިބޭ ލޯތްބާއި ރައްދުކުރާ ހެޔޮ ބަހާއި ތައުރީފު އުމުރަށް ހަނދާނުގައި ހުންނާނެ އެވެ. އެއިން ހިއްވަރު އާކޮށްދޭނެ އެވެ. އުފާކޮށްދޭނެ އެވެ.

ދަރިފުޅު ލައްވައި ޓީޗަރަށް ހަދިޔާ އެއް ހަދަން ފުރުސަތު ދިނުން

މިއީ ކުއްޖާގެ ހިތުގައި ޓީޗަރަށް އޮންނަ ލޯބި އިތުރުކުރަން ވެސް ކުރެވިދާނެ ކަމެކެވެ. އަނެއް ކޮޅުން، ދަރިވަރުގެ އުފެއްދުންތެރިކަން އިތުރުކޮށް، މާއްދީ ހަދިޔާ އަށް ވޖުރެ ބޮޑަށް އަމިއްލަ އަތުން ހަދާފައި ދޭ ހަދިޔާގެ މުހިއްމު ކަމާއި ބޭނުންތެރިކަން ދަސްކޮށްދިނުމަށް ވެސް ބޭނުންކުރެވިދާނެ ޕޭރެންޓިން އުކުޅެކެވެ.

މިގޮތަށް ހަދިޔާ އެއް ހަދަން ފުރުސަތު ދޭ އިރު، ވީހާ ވެސް ބޮޑަށް ކުރާ ހުރިހާ ކަމަކީ ދަރިފުޅުގެ ހިޔާލަށް ކުރާ ކަންތައްތަކަކަށް ހެދުން މުހިއްމެވެ. ހަދިޔާ ތައްޔާރުކުރާއިރު، ދަރިފުޅަށް ފަސޭހައިން ލިބޭ އެއްޗެހި ބޭނުންކުރަން ހިތްވަރު ދޭށެވެ. މިސާލަކަށް، ދަރިފުޅު ކުޅެން ނުވަތަ ކުރަހަން ގެންގުޅޭ ތަކެތި ބޭނުންކުރެވިދާނެ އެވެ. ނުވަތަ ގޭގައި ހުންނަ ތަކެތި ހިމަނައިގެން ވެސް ހަދިޔާ އެއް ތައްޔާރުކޮށްލެވިދާނެ އެވެ.

ހަދިޔާ އެއް ހާއްސަ ވަނީ އޭގެ އަގަކުންނެއް ނޫނެވެ. އެ ހަދިޔާ އެއް ދޭން ކުރާ އިހުލާސްތެރި މަސައްކަތާއި ނިޔަތަކީ ހަދިޔާ އެއް އެންމެ ފުރިހަމަކޮށްދޭ ސަބަބެވެ.

ޓީޗާސް ޑޭ ކާޑެއް ތައްޔާރުކުރުން

ކުދިން ލައްވައި މުދައްރިސަށް ކާޑު ތައްޔާރުކުރުމަކީ ތަހުނިޔާ ފޮނުވުމުގެ އެންމެ ދުވަސްވީ އާދަ އެވެ. އެކަމަކު ކާޑު ގަތުމުގައި ވެސް ތަފާތު އަގުބޮޑު ކާޑު ގަންނަން އިސްކަންދޭ މީހުން މިހާރު ގިނަ އެވެ. އަގުބޮޑު ކާޑެއް ގަނެފައި ދިނުމުގެ ބަދަލުގައި ކުއްޖާ ލައްވައި، މުދައްރިސާ ބެހޭ ގޮތުން އެކުއްޖަކު އެންމެ ލިޔަން ބޭނުންވާ މެސެޖު ލިޔުމަށްފަހު ދިނުމަށް ހިތްވަރު ދެވިދާނެ އެވެ. އޭރުން ޓީޗަރު އުފާވާނެ ކަމާއި، ޓީޗަރު ދަރިފުޅަށް ކޮށްދޭ ހިދުމަތުގައި ދެމިހުންނާނެ ކަމުގެ ޔަގީން ކަން ވެސް ދެވިދާނެ އެވެ.

އެހެންވީމަ، މާދަމާ އަށް އަދިވެސް ވަގުތު އެބަ އޮތެވެ. އަގުބޮޑު، ރީތި ހަދިޔާ އެއް ކޮންމެ މާއްދާއެއް ނަގަން އަންނަ ޓީޗަރަށް ގަންނަން ޖެހޭތީ ކަންބޮޑުވެ ހާސް ވުމުގެ ބަދަލުގައި މި ހުރީ ހުސް ކުރެވިދާނެ ކަންކަމެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox