ހުއްދަ ނެތް ފަރާތްތަކުން ރާއްޖޭގެ އޮފިޝަލް ޖޯޒީ ނުވިއްކަން އެފްއޭއެމުން އެދެފި

Oct 4, 2021, 3:04 AM
ސާފް ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ގައުމީ ޓީމުގެ ހަތަރު ކެޕްޓަނުންނާއި 2008 ވަނަ އަހަރުގެ ފައިނަލުގައި ގޯލު ޖެހި މުހުތާރް ނަސީރް (ޓޫކިލޯ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ގައުމީ ޓީމުގެ ހަތަރު ކެޕްޓަނުންނާއި 2008 ވަނަ އަހަރުގެ ފައިނަލުގައި ގޯލު ޖެހި މުހުތާރް ނަސީރް (ޓޫކިލޯ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ބޭނުންކުރާ އޮފިޝަލް ޖޯޒީ، ހުއްދަ ނެތް ފަރާތްތަކުން ނުވިއްކުމަށް އެފްއޭއެމުުން އެދިއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޖޯޒީ ވިއްކުމުގެ ކަންކަން އެފްއޭއެމުން ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކޮށްފައިވަނީ އައިލެންޑް އެޕެރަލްސްއާ އެވެ. މިއީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ޖޯޒީ ދިވެހިވަންތަ ގޮތަކަށް ތައްޔާރުކޮށް ހާއްސަ ޖޯޒީއެއް ލައިގެން އަމިއްލަ ފަސްގަނޑުގައި މުބާރާތް ކުޅުމުގެ ބޭނުމުގައި ނިންމި ނިންމުމެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައުމީ ޓީމުގެ އޮފިޝަލް ޖޯޒީ ހުރި ޑިޒައިނަށް ފަރުމާކޮށް އެހެން ފަރާތްތަކުން ވެސް އަންނަނީ ޖޯޒީ ވިއްކަމުންނެވެ.

އެފްއޭއެމުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ފަރާތުން ސާފް ޗެމްޕިއަންޝިޕްގައި ބޭނުންކުރަން ތައްޔާރުކޮށްފައިވާ އޮފިޝަލް ޖޯޒީ އަކީ ވަކި އެއްބަސްވުމެއްގެ ދަށުން ވަކި ބަޔަކަށް ރައިޓްސް ދީގެން ވިއްކުމަށް ހުއްދަދީފައިވާ ޖޯޒީ އެއް ކަމަށެވެ.

"އެ ޖޯޒީ ވިއްކުމުގެ ހުއްދަ ދީފައިވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން އޮފިޝަލް ޖޯޒީ ވިއްކުން ހުއްޓާލުމަށް ތިޔަ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" އެފްއޭއެމުން ރޭ ނެރުނު ބަޔާނުގައިވެ އެވެ.

އެފްއޭއެމުން ބުނީ ކޮޕީރައިޓް ގާނޫނުގައި ބަޔާން ކުރާ ހަމަތަކާ ހިލާފަށް އެފްއޭއެމްގެ ހުއްދަ ނެތި ގައުމީ ޓީމުގެ އޮފިޝަލް ޖޯޒީ ވިއްކަމުންދާ ނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް އެފްއޭއެމުން ގާނޫނީ ހައްލު ހޯދާނެ ކަމަށެވެ.

"ވީމާ މި އެސޯސިއޭޝަންގެ ފަރާތުން އެދެނީ ހުއްދަނެތި ވިއްކަމުންދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ބޭނުންކުރުމަށް، ފަރުމާކޮށްފައިވާ އޮފިޝަލް ޖޯޒީ ވިއްކުމަށް ބޭނުންވަނަމަ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ތިޔަ އެހެންމެހާ ފަރާތްތަކުން އަމަލުކޮށް ދެއްވުމަށެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

ގައުމީ ޓީމުން ބޭއްވި ޕްރެކްޓިހެއް ފެށުމުގެ ކުރިން: (ކ.ވ) ދަަގަނޑޭ، އީސަ، އުމެއިރު އަދި ސެންޓޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އައިލެންޑް އެޕަރަލްސް އިން ވަނީ ގައުމީ ޓީމު ބޭނުންކުރާ އޮފިޝަލް ޖޯޒީ އަށް އޯޑާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ޖޯޒީ ގަންނަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބާ ކުރުމަށް އައިލެންޑް އެޕެރަލްސް އިން އެދެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމުން ބޭނުންކުރާ ޖޯޒީގެ ހުރިހާ މަސައްކަތެއް ކުރާނީ ރާއްޖޭގައި ކަމަށް އައިލެންޑް އެޕަރަލްސް އިން މައުލޫމާތު ދެ އެވެ. ގައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައިވަނީ ޑިޒައިނަރު، ޢަބްދުﷲ ނަޝާތު އެވެ.

މީގެ ކުރިން ގައުމީ ޓީމުން ރާއްޖޭގައި ކުޅުނު އެކި މުބާރާތްތަކުގެ ޖޯޒީގެ ޑިމާންޑް ވަރަށް ބޮޑުވި އެވެ. އެ ގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޖޯޒީ އާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ޓީމުން ބޭނުންކުރި ޖޯޒީ ގިނަ ބަޔަކު ވަނީ ގަނެފަ އެވެ.

މި ފަަހަރުގެ މުބާރާތުގައި އެކި ކުންފުނިތަކާއި ސަޕޯޓަރުންގެ ގްރޫޕްތަކުން ވެސް ވަނީ ހާއްސަ ޖޯޒީތަކެއް އެކި ޑިޒައިންތަކަށް ފަރުމާކޮށްފަ އެވެ. އެ ގޮތަށް ފަރުމާކޮށްފައިވާ ޖޯޒީތަކުގެ ޑިމާންޑް ވެސް ވަރަށް ބޮޑެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox