ފޯރިގަދަ މެޗެއް، ލިވަޕޫލާއި ސިޓީ ޕޮއިންޓަކުން ފުއްދާލައިފި

Oct 3, 2021, 5:51 PM
ލިވަޕޫލްގެ ސަލާހު ކައިރިން ބޯޅަ ހޯދަން ސިޓީގެ ލަޕޯޓް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ސަލާހު ކައިރިން ބޯޅަ ހޯދަން ސިޓީގެ ލަޕޯޓް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޮކްޓޫބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހު ދެ ސީޒަން ޗެމްޕިއަނުން ކަމަށްވާ، ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ދެ ޓީމަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ އެއް ވަނައިގައި އޮތް ޗެލްސީ އަށެވެ. ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލާއިރު، ޗެލްސީ އެއް ވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

އެއް ވަނައިގައި އޮތް ޗެލްސީ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ދެ ވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ތިނެއްގައި އޮތް ސިޓީ އަށް ވަނީ ހަތް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ސިޓީއާ އެއްވަރަށް ތިން ޓީމަކުން ވަނީ 14 ޕޮއިންޓް ހޯދައިފަ އެެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަދި ބްރައިޓަން އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ލިވަޕޫލުން 15 ވަރަކަށް މިނިޓަށް ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފްގެ ބާކީ އެއްކޮށް ސިޓީން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެފަ އެވެ. ސިޓީގެ ފިލް ފޯޑެން ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއިރު، ކެވިން ޑިބްރޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ދެ ވަނަ ހާފް ފެށިގެން ލިވަޕޫލުން ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 59 ވަނަ މިނިޓްގައި ސަޑިއޯ މާނޭ އެ ޓީމަށް ލީޑުނަގައިދިނުމެވެ. މުހައްމަދު ސަލާހު ހުސްކޮށްލާފައި މާނޭ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ސިޓީން ނަތީޖާ ހަމަހަމަކުރީ އޭގެ 10 މިނިޓް ފަހުން ފޯޑެން ޖެހި ގޯލުންނެވެ. ގަބްރިއެލް ޖީސޫސް ދިން ބޯޅަ ކޮންްޓްރޯލް ކޮށްލުމަށް ފަހު ފޯޑެން ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސިޓީގެ ފޯޑެން (މ) ލިވަޕޫލް ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ދެ ވަނަ ފަހަރަށް ލީޑުނެގީ ސަލާހު ޖެހި މޮޅު ގޯލުންނެެވެ. މެޗުގެ 76 ވަނަ މިނިޓްގައި ސިޓީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ސަލާހު ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ފެނުނު އެންމެ މޮޅު އިންޑިވިޖުއަލް ގޯލެވެ.

އެކަމަކު، އެ ލީޑު ވެސް ހިފެހެއްޓުނީ ފަސް މިނިޓް ވަންދެނެވެ. ޑި ބްރޭނާ އޭރިއާތެރެއިން ޖެހި ޝޮޓް ލިވަޕޫލްގެ ޖޮއެލް މަޓިޕް ގައިގައި ޖެހިފައި ވަނީ ގޯލަށް ވަދެފަ އެވެ.

މެޗުގައި ތިން ވަނަ ފަހަރަށް ލިވަޕޫލަށް ލީޑުނަގައިދޭން ފަބީނިއޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހިލޭ ޖެހުމަކުން އަވަހަށް ކުޅުމަށް ފަހު ސަލާހު އޭރިއާތެރެއަށް މަތިން ހުރަސްކޮށްލި ބޯޅަ ފަބީނިއޯ އަށް ލިބުނުއިރު، އޭނާ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅަ ސިޓީގެ ރޮޑްރީ ވަނީ ސަލާމަތްކޮށްފަ އެވެ.

މި މެޗުގެ ދެ ވަަނަ ހާފްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ރެފްރީ ޕޯލް ޓިއޭނީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ގާޑިއޯލާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ ލިވަޕޫލްގެ ޖޭމްސް މިލްނާ އަށް ދެ ވަނަ ރީނދޫ ކާޑު ނުދެއްކުމުންނެވެ. ގާޑިއޯލާ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ތިން މެޗަށް ފަހު ޓޮޓެންހަމް ވަނީ މޮޅެއް ހޯދައިފަ އެވެ. އެސްޓަން ވިލާ އަތުން ޓޮޓެންހަމް މޮޅުވީ 2-1 އިންނެެވެ. ލެސްޓާ ސިޓީން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ކްރިސްޓަލް ޕެލަސް އިން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. ވެސްޓް ހޭމް ދަނޑުގައި ބްރެންޓްފޯޑް ވަނީ އިތުރު ވަގުތު ޖެހި ގޯލާ އެކު 2-1 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox