މައްސަލަތަކަށް ހައްލު ހޯދަން ސައުދީ އާއި އިރާނުން މަޝްވަރާކޮށްފި

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާދް އަލް ސައުދު.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާދް އަލް ސައުދު.

ރިޔާދް، ސައުދީ އަރަބިއްޔާ (އޮކްޓޯބަރު 3) - ބޮޑެތި މައްސަލަތަކަށް ހައްލު ހޯދަން ވާދަވެރި ސައުދީ އަރަބިއްޔާ އާއި އިރާނުން މަޝްވަރާކޮށްފި އެވެ.

މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގައި ސުންނީ ސައުދީ އަރަބިއްޔާ އާއި ޝިއައީ އިރާނުގެ ވިސްނުން އެއް ގޮތެއް ނޫނެވެ. ދެ ގައުމުން ވަނީ 2016 ވަނަ އަހަރު ގުޅުން ކަނޑާލައިފަ އެވެ.

ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާދް އާދީއްތަ ދުވަހު ވިދާޅުވީ އޭޕްރިލް މަހު ފެށި މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު ނިމުނީ ސެޕްޓެމްބަރު 21 ގައި ކަމަށެވެ.

"މި މަޝްވަރާތައް އަދިވެސް އޮތީ އަޖުމަ ބެލުމުގެ މަރުހަލާގައި. އަޅުގަނޑުމެންގެ އުއްމީދަކީ ދެ ފަރާތުގެ މެދުގައިވާ ހިޔާލު ތަފާތުވުންތައް ހައްލު ކުރަން އެޅޭ ބިންގަލަކަށް މި މަޝްވަރާތައް ވާނެ ކަމަށް،" ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން ޕޮލިސީ ޗީފް ޖޮސެޕް ބޮރެލްއާ އެކު އޮތް ޕްރެސް ކޮންފެރެންސެއްގައި ފައިސަލް ވިދާޅުވި އެވެ.

މަޝްވަރާތައް ބޭއްވި ތަނަކާއި ބައިވެރިވި ފަރާތްތަކުގެ ތަފްސީލް އޭނާ ހާމައެއް ނުކުރައްވަ އެވެ. ބޮރެލް ވިދާޅުވީ އިރާނާއި ސައުދީ އަރަބިއްޔާގެ މަޝްވަރާތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

އިރާގުގެ މަސްދަރުތަކުން މިދިޔަ މަހު ބުނީ އިރާނާއި ސައުދީގެ އޮފިޝަލުން ބަގުދާދުގައި ބައްދަލުކުރި ކަމަށެވެ.

މެދުއިރުމަތީގެ މައްސަލަތަކުގައި ސުލްހައިގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން އިރާގުން ބޭނުންވެ އެވެ. އިރާގުގައި ފެށި މަޝްވަރާތައް ލޯންޗުކުރީ އިރާނުގެ ކުރީގެ ރައީސް ހަސަން ރޫހާނީގެ ވެރިކަމުގަ އެވެ. މިދިޔަ އޯގަސްޓު މަހުން ފެށިގެން އެ ގައުމުގައި ވެރިކަން ކުރައްވަނީ ރައީސް، އިބްރާހިމް ރައިސީ އެވެ.

އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދް ހާތިބްޒާދޭ ސެޕްޓެމްބަރު 23 ވަނަ ދުވަހު ވިދާޅުވީ މަޝްވަރާތަކުގެ ސަބަބުން ގަލްފުގެ ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި "ސީރިއަސް ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށެވެ.

އިރާނާއި ސައުދީ އަރަބިއްޔާ އިން ދެބަސްވާ ގިނަ ކަންކަމުގެ ތެރޭގައި ޔަމަނާއި ސީރިއާގެ ހަނގުރާމަ ހިމެނެ އެވެ.

ބޮރެލް ވިދާޅުވީ އޭނާ ސައުދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޔަމަނުގެ ހާލަތާ ގުޅޭ ކަންކަމުގައި މަޝްވަރާ ކުރައްވާނެ ކަމަށާއި ޔަމަނުގެ ރައީސް މަންސޫރު ހާދީއާ ބައްދަލުކުރައްވާނެ ކަމަށެވެ.

"ޔަމަނުގައި ހިނގަމުންދާ ކަންކަމަކީ އެ ގައުމުގެ ރައްޔިތުންނަށް ބޮޑު ހިތާމައެއް. އޭގެ އަސަރު މުޅި ސަރަހައްދަށް ވަނީ ކޮށްފައި،" ބޮރެލް ވިދާޅުވި އެވެ.

ޔަމަނު ހަނގުރާމައިގެ ތެރެއަށް ސައުދީ އަރަބިއްޔާ އިން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގަންނަ ޔަމަނުގެ ގާނޫނީ ސަރުކާރުގެ ފަރާތުންނެވެ. އޭގެ ދުވަސްކޮޅޭއް ކުރިން އިރާނުގެ ތާއީދާއެކު އުޅޭ ހޫތީ ހަނގުރާމަވެރިން ވަނީ ވެރިރަށް ސަނާ ހިފާފަ އެވެ.

ހޫތީ ހަނގުރާމަވެރިން އަންނަނީ ބޯޑަރު ހުރަސްކޮށް ތަކުރާރުކޮށް ސައުދީ އަރަބިއްޔާ އަށް ހަމަލާތައް ފޮނުވަމުންނެވެ.

ޔަމަނުގެ ހަމަނުޖެހުމުގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ރެފިއުޖީންނަށް ވެފައި ވާއިރު، އެއީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައި އދ. އިން ސިފަކުރެ އެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އދ. އިން ޕްރެޝަރު ކުރަމުން ދާއިރު، ހޫތީން ބުނީ ސުލްހައިގެ މަޝްވަރާއަށް އިށީންނާނީ ސަނާ އެއާޕޯޓު އަލުން ހުޅުވުމުން ކަމަށެވެ. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާ އިން ވަނީ އެ އެއާޕޯޓު އޮޕަރޭޓް ނުކުރެވޭ ގޮތް ހަދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox