މިސްރުގެ ގައުމީ އެއާލައިނުން ފުރަތަމަ ފަހަރަށް އިޒްރޭލަށް ދަތުރުކޮށްފި

އިޖިޕްޓުއެއާގެ ފްލައިޓެއް.

އިޖިޕްޓުއެއާގެ ފްލައިޓެއް.

ގުދުސް (އޮކްޓޯބަރު 3) - މިސްރުގެ ގައުމީ އެއާލައިން، އިޖިޕްޓުއެއާގެ ލޯގޯ ޖެހި ފްލައިޓެއް ފުރަތަމަ ފަހަރަށް އިޒްރޭލުގެ ފަސްގަނޑަށް ޖައްސައިފި އެވެ.

އިޒްރޭލުގެ އެއާޕޯޓްސް އޮތޯރިޓީން އެކަން ސިފަކުރީ "ތާރީހީ" ދަތުރެއްގެ ގޮތުގަ އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން އިޒްރޭލާއެކު އެންމެ ފުރަތަމަ ގުޅުން ގާއިމް ކުރީ މިސްރުންނެވެ. ދެ ގައުމުން 1979 ގައި ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ސީދާ ދަތުރުތައް ވެސް ފެށި އެވެ.

ނަމަވެސް މީގެ ކުރިން މިސްރުން އިޒްރޭލަށް ދަތުރު ކުރީ އިޖިޕްޓުއެއާގެ ސަބްސިޑަޔަރީ ކުންފުނީ އެއާ ސައިނާ އިން އެކަންޏެވެ. އެ ކުންފުންޏަކީ އިޒްރޭލު ރޫޓަށް ހާއްސަކޮށް އުފެއްދި ކުންފުންޏެކެވެ.

އިޒްރޭލުގެ އެއާޕޯޓްސް އޮތޯރިޓީގެ ތަރުޖަމާނު އޯފާ ލެފްލާ ވިދާޅުވީ މިއަދުން ފެށިގެން އިޖިޕްޓުއެއާގެ ހަތަރު ފްލައިޓު ކޮންމެ ހަފުތާއަކު ވެސް އިޒްރޭލަށް ދަތުރު ކުރާނެ ކަމަށެވެ.

މިސްރުގެ ގައުމީ އެއާލައިނުން އިޒްރޭލަށް ދަތުރު ފަށާފައި މި ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް މިދިޔަ މަހު މިސްރަށް ވަޑައިގެން އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީއާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.

އެ ދަތުރާ ގުޅޭ ގޮތުން ބެނެޓް ވިދާޅުވީ ދެ ލީޑަރުން އެއްބަސްވީ "މުސްތަގްބަލުގައި ގުޅުން ދަމަހައްޓަން ބޭނުންވާ ބިންގާ އެޅުމަށް" ކަމަށެވެ.

ކޮންމެ އަހަރަކު ވެސް އެތައް ހާސް އިޒްރޭލް ފަތުރުވެރިން މިސްރަށް ދަތުރުކުރެ އެވެ. މިސްރުގެ މަގްބޫލް ރެޑް ސީ ރިސޯޓުތަކާއި ސައިނާގެ ސަހަރާތަކަށް އެ މީހުން ޒިޔާރަތް ކުރެ އެވެ.

މިސްރަށް ފަހު އިތުރު ފަސް އަރަބި ގައުމަކުން ވަނީ އިޒްރޭލާއެކު ގުޅުން ގާއިމްކޮށްފަ އެވެ. އެއީ 1994 ވަނަ އަހަރު އުރުދުން އާއި 2020 ވަނަ އަހަރު ޔޫއޭއީ، ބަހްރެއިން، ސޫދާން އަދި މޮރޮކޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox