އިޒްރޭލުގެ ޖަލުން ފިލި ފަލަސްތީނުގެ ހަ މީހުންނަށް ދައުވާކޮށްފި

ގިލްބޯއާ ޖަލުން ފިލުމަށް ގައިދީން ވަނީ ބިމު އަޑިން މަގެއް ކޮނެފައި. -- ފޮޓޯ: އޭއެފްޕީ

ގިލްބޯއާ ޖަލުން ފިލުމަށް ގައިދީން ވަނީ ބިމު އަޑިން މަގެއް ކޮނެފައި. -- ފޮޓޯ: އޭއެފްޕީ

ގުދުސް (އޮކްޓޯބަރު 3) - އިޒްރޭލުގެ ހައި ސެކިއުރިޓީ ޖަލަކުން ފިލި ފަލަސްތީނުގެ ހަ މީހުންނާ ދެކޮޅަށް ދައުވާ އުފުލާފައިވާ ކަމަށް އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ގިލްބޯއާ ޖަލުން ފިލިކަމުގެ ދައުވާ ހަ މީހަކަށް އުފުލާފައިވާ ކަމަށާއި އިތުރު ފަސް މީހުންގެ މައްޗަށް އުފުލީ އެ މީހުންނަށް އެހީވިކަމުގެ ދައުވާ ކަމަށެވެ.

ފިލި ހަ ގައިދީންގެ ތެރެއިން އެކަކު ނިސްބަތްވަނީ ފަތަހް ޖަމާއަތަށެވެ. އަނެއް ފަސް މީހުންނަކީ އިސްލާމިކް ޖިހާދު ގްރޫޕުގެ މެމްބަރުންނެވެ. އެންމެން ވެސް ބަންދުކޮށްފައި ތިބީ ޔަހޫދީ ދައުލަތަށް ހަމަލާދިންކަމުގެ ތުހުމަތަށެވެ.

ދައުވާ ޝީޓުގައިވާ ގޮތުން 2020 ވަނަ އަހަރުގެ ފަހުކޮޅު އެ މީހުން ވަނީ ޖަލުގޮޅީގެ ފާހާނާގެ ސިންކު ދަށުން ބިމު އަޑީގެ ބިންގަރާހެއް ކޮންނަން ފަށާފަ އެވެ.

"ތުހުމަތުވާ މީހުން ކޮންމެ ދުވަހަކު ވެސް ޝިފްޓުތަކަށް ބަހައިގެން ކޮނުމުގެ މަސައްކަތް ކުރި،" ދައުވާ ޝީޓުގައި ބުނެފައި ވެ އެވެ.

ފިލި ހަ ގައިދީންގެ ތެރޭގައި ހިމެނޭ މަހްމޫދު އަބްދުﷲ އަރްދާހް ހައްޔަރު ކުރުމުން ބުނެފައި ވަނީ ކޮނުމަށް ބޭނުން ކުރީ ސަމުސަލާއި ތައްޓާއި ކުރައެއްގެ އަތްގަނޑު ކަމަށެވެ.

ސެޕްޓެމްބަރު ފަސް ވަނަ ދުވަހާ ހަމައަށް ދިޔައިރު، 30 މީޓަރު ދިގު ބިންގަރާހުގެ މަސައްކަތް ނިމުނީ ޖަލުގެ ފާރުން ބޭރާ ހަމައަށް ފޯރުމުންނެވެ. ގައިދީންތައް ފިލީ އެ ރޭ ދަންވަރު އެވެ.

އެ ހަ މީހުންނަކީ ބަތަލުންގެ ގޮތުގައި ފަލަސްތީނު ރައްޔިތުން ބަލައިގެންފައި ވާއިރު، އެ އެންމެން ވެސް ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރީ ސެޕްޓެމްބަރު މަހު އެވެ.

ފިލި ގައިދީންގެ ތެރޭގައި ހިމެނޭ އަރްދާހް އަކީ އިސްލާމިކް ޖިހާދުގެ މެމްބަރެކެވެ. ޖަލުން ފިލާނެ ގޮތް ރޭވުމުގެ "މާސްޓާމާއިންޑަކީ" އޭނާ ކަމަށް އިޒްރޭލުގެ މީޑިއާ އިން ސިފަކުރެ އެވެ.

ދެން ހިމެނޭ ގައިދީންނަކީ ފަތަހްގެ ޒަކަރިއާ ޒުބެއިދީ އަދި އިސްލާމިކް ޖިހާދުގެ އައިހަމް ކަމާމްޖީ، މުނާދިލް އިންފިއާތު، ޔައުގޫބް ގަދްރީ އަދި މުހައްމަދު އަރްދާހް އެވެ.

ހައި ސެކުއިރިޓީ ޖަލަކުން ގައިދީންތަކެއް ފިލުމުން، އިޒްރޭލުން ވަނީ އެކަން ހިނގައިދިޔަ ގޮތް ބަލަން ތަހުގީގެއް ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox