ޗެލްސީ އެއް ވަނަ އަށް، އާސެނަލް އެއްވަރު

Oct 2, 2021, 7:30 PM
ލަނޑު ޖެހުމަށް ފަހު ވާނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ވާނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން 3-1 އިން ސައުތެމްޓަން ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ރަނގަޅު ފޯމެއްގައި އޮތް ބްރައިޓަން އާއި އާސެނަލް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

ޗެލްސީ އެއް ވަނަ އަށް އެރީ ކުރިން އެ މަގާމުގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ޗެލްސީ އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ލިވަޕޫލް އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. މާދަމާރޭ މެންޗެސްޓާ ސިޓީ އަތުން މޮޅުވެގެން ލިވަޕޫލަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަަތަރެއްގައި އޮތް އެވަޓަން ވަނީ މިއަދު 1-1 އިން އެއްވަރުވެފަ އެވެ. އެ ދެ ޓީމަށް ވެސް ހަތް މެޗުން ވަނީ 14 ޕޮއިންޓް ލިބިފަ އެވެ.

ޖެހިޖެހިގެން ދެ މެޗުން ބަލިވުމުން ޗެލްސީން މިރޭގެ މެޗަށް ނުކުތީ މޮޅެއް ހޯދައި ފޯމަކަށް އެޅުމަށެވެ. އެ ޓީމުން މިރޭގެ މެޗުގައި ލީޑުނެގީ ނުވަ ވަނަ މިނިޓްގައި ޒުވާން ޑިފެންޑަރު ޓްރެވޯ ޗަލޯބާ ބޮލުން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ޓިމޯ ވާނާ ޖެހި ގޯލަކުން ޗެލްސީން ލީޑުފުޅާކުރި ކަމަށް ބެލެވުނު ނަަމަވެސް އެ އެޓޭކުގައި ޗެލްސީގެ ސެޒާ އަޒްޕިލިކުއޭޓާ ވަނީ ސައުތެމްޓަންގެ ކައިލް ވޯކާ ޕީޓާސް އަށް ފައުލުކޮށްފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އެ ގޯލު ބަލައިނުގަންނާށެެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 61 ވަނަ މިނިޓްގައި ސައުތެމްޓަން އިން އެއްވަރުކުރީ ޖޭމްސް ވޯޑް-ޕްރައުސް ޖެހި ގޯލުންނެވެ. ވޯޑް-ޕްރައުސް މި ގޯލު ޖެހި ޕެނަލްޓީ އަކީ ޗެލްސީގެ ބެން ޗިލްވެލް ސައުތެމްޓަންގެ ޓީނޯ ލިވްރަމެންޓޯ އަށް ފައުލުކުރުމުންނެވެ. ސައުތެމްޓަން އަށް މައްސަލަ ދިމާވީ މެޗުގެ 77 ވަނަ މިނިޓްގައި ވޯޑް-ޕްރައުސް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ޖޯޖީނިއޯ އަށް ކުރި ނުރައްކާތެރި ފައުލަށް ވޯޑް ޕްރައުސް އަށް ރަތް ކާޑެއް ދެއްކީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ.

އާސެނަލާއި ބްރައިޓަން ކުޅުނު މެޗުގެ ތެރެއިން އާސެނަލް ކީޕަރު ރަމްސްޑޭޭލް ބްރައިޓަންގެ ބޯޅައެއް ހުއްޓުވަނީ.

ސައުތެމްޓަންގެ ކުޅުންތެރިއަކު މަދުވިތާ ހަތް ވަރަކަށް މިިނިޓް ފަހުން ވާނާ ވަނީ ޗެލްސީ އަށް ލީޑުނަގައިދީފަ އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރޮސް ބާކްލީ އުފެއްދި އެޓޭކެއްގައި އަޒްޕިލިކުއޭޓާ ދިން ބޯޅަ އަކުން ވާނާ ޖެހި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި ވާނާ ޖެހި ފުރަތަމަ ގޯލެވެ.

ޗެލްސީގެ ފަހު ގޯލު ޖެހީ ޗިލްވެލް އެވެ. ޗިލްވެލް ޖެހި ބޯޅަ ސައުތެމްޓަންގެ ކީޕަރު އަލެކްސް މެކާތީ އަށް ބޭރުކުރެވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުންނެވެ. މި ގޯލު ބަލައިގަތީ ގޯލް ލައިން ޓެކްނޮލޮޖީގެ ބޭނުން ކޮށްގެންނެވެ.

ބްރައިޓަން ދަނޑުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭނުމެއް ނުކުރެވުނެވެ. ބްރައިޓަންގެ ނީލް މޯޕޭ އާއި ޝޭން ޑަފީ އަށް ރަނގަޅު ބޯޅަތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އާއި އެމީލް ސްމިތު ރޯވް އަށް ލަނޑު ޖަހަން ލިބުނު ބޯޅަތައް ބޭކާރުވީ އެވެ.

ހަތް މެޗުން 14 ޕޮއިންޓް ހޯދައިގެން ބްރައިޓަން އޮތީ ފަސް ވަަނައިގަ އެވެ. އާސެނަލް އޮތީ ހަތް މެޗުން 10 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ވުލްވްސް ވަނީ 2-1 އިން ނިއުކާސަލް ބަލިކޮށްފަ އެވެ. ލީޑްސް ޔުނައިޓެޑުން 1-0 އިން ވަޓްފޯޑް ބަލިކުރިއިރު، ބާންލީއާ ލަނޑެއް ނުޖެހި އެއްވަރުކޮށް ނޯވިޗް ސިޓީ ވަނީ ސީޒަނުގެ ފުރަތަމަ ޕޮއިންޓް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox