ސާފް ޗެމްޕިއަންޝިޕަށް ރަނގަޅު ރެފްރީން މުހިއްމު: އަލަގިޗް

މެޗުގެ ތެރެއިން ލަންކާގެ ކޯޗު އާމިރް އަލަގިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މެޗުގެ ތެރެއިން ލަންކާގެ ކޯޗު އާމިރް އަލަގިޗް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝް އަތުން 1-0 އިން ސްރީ ލަންކާ ބަލިވިއިރު، އެ ޓީމުގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް މެޗުގެ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ބަންގްލަދޭޝް އިން ލަންކާ ބަލިކުރި ގޯލު ޖެހީ މެޗުގެ 55 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކު ޓޯޕޫ ބަރްމަން ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދިންއިރު، ލަންކާގެ މުހިއްމު ޑިފެންޑަރު ޑަކްސަން ޕުސްލަސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އެ ހިސާބުން ލަންކާ އިން މެޗު ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލަގިޗް ވަނީ އެ ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރަށް ތައުރީފުކޮށްފަ އެެވެ. އަދި މުޅި މެޗަށް ބަލާއިރު، ޕެނަލްޓީއާ ހަަމައަށް ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އެ ހިސާބުން ހުރިހާ ކަމެއް ބަދަލުވީ ކަމަށެެވެ.

"ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް އަހަރެމެން ވަރަށް ފައިސާ ހަރަދުކުރަން. ސާފް ފެންވަރުގެ މި ލެވަލްގެ މުބާރާތަށް މި އަށް ވުރެ ރަނގަޅަށް އިންސާފުކުރާ ރެފްރީން މުހިއްމު. އަހަރެން އިތުރު ވާހަކަތަކެއް ދައްކައިފިނަމަ އަދަބެއް ލިބިދާނެ. އެކަމަކު މިއީ ވިސްނާލުން ވަރަށް ރަނގަޅު ކަމެއް ކަންނޭނގެ. މުބާރާތުގެ ލެވަލް ރަނގަޅުވާނީ މިހެން ހުންނަ ކަންތައްް ރަނގަޅުކޮށްގެން،" ކުރިން ނިއު ރޭޑިއަންޓަށް ކުރު މުއްދަތަކަށް ކޯޗުކޮށްދިން އަލަގިޗް ބުންޏެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އަލަަގިޗް ބުނީ އޭނާ މެޗަށް ރޭވި ގޮތަށް ބަލާއިރު، ޕެނަލްޓީއާ ހަމައަށް ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި މެޗަށް ނުކުތްއިރު ރޭވީ 60 ވަނަ މިނިޓާ ހަމައިން ތިން ފޯވާޑުންނަށް ހަދައި އެޓޭކްކުރަން ކަމަށާއި އެކަމަކު އެކަން ނުކުރެވުނީ މުހިއްމު ކުޅުންތެރިއާ ޑަކްސަން އަށް ރަތް ކާޑު ދެއްކުމުން ޑިފެންސަށް ވިސްނައިގެން ބަދަލުތަކެއް ކުރަން ޖެހުމުން ކަމަށެވެ.

އަލަގިޗް ބުނީ ބަންގްލަދޭޝަކީ މުބާރާތުގެ ތަށްޓައް ވެސް ވާދަކުރެވޭނެ ޓީމެއް ކަމަށާއި އެ ފަދަ ޓީމެއް ކަައިރިން ޕެނަލްޓީ އަކުން ކުޅުންތެރިއަކު ވެސް މަދުކޮށް ބަލިވުމަކީ ހުރިހާ ކަމެއް ނިމުނީ އެއް ނޫން ކަމަށެވެ، އަދި ކުޅުންތެރިން ހަމަހަމަކޮށް މުޅި މެޗު ނިންމާލަން ފުރުސަތު ލިބުނު ނަމަ މި މެޗުގެ ނަތީޖާ ތަފާތުވުން އެކަށީގެންވާ ކަމަށެވެ.

"އެއް އަތް މަދު މީހަކަށް ވެސް ފައިޓްކުރަން އުނދަގޫވާނެ. ހަަމަ އެ ގޮތަށް އެއް ކުޅުންތެރިއަކު މަދުކޮށް އޮތް ޓީމަކަށް ހުރިހާ ކުޅުންތެރިން ހަމަ ޓީމަކާ ވާދައެއް ނުކުރެވޭނެ،" އަލަގިޗް ބުންޏެވެ.

ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ އަލަގިޗްގެ ހުރިހާ ވާހަކަ އަކަށް އެއްބަސްވެވެން ނެތް ކަމަށާއި މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް މޮޅުވެވޭ ވަރަށް ކުޅުނީ ބަންގްލަދޭޝް އިން ކަމަށެވެ.

"ކޮންމެ މީހެއްގެ ވެސް ހިޔާލެއް އޮވެދާނެ. އަހަރެންގެ ނަޒަރުގައި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އަހަރެމެން. މޮޅެއް ލިބޭ ވަރަށް ކުޅުނު. އަހަރެމެންނަށް ފަހުން ގިނަ ފުރުސަތުތަކެއް ލިބުނު ގޯލު ޖަހަން. ގިނަ ގޯލު ނުޖެހުމަކީ ކަންބޮޑުވުމެއް. އެއީ އަހަރެމެންނަށް ކުރިން ވެސް ދިމާވާ މައްސަލަ އަކީ،" މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެކަނި ބަންގްލަދޭޝްއާ ހަވާލުވި އޮސްކާ ބުންޏެވެ.

ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބުނީ މި މެޗުން ހުރިހާ ގޮތަން ބެލިޔަސް ބަންގްލަދޭޝަށް މޮޅުވާން ޖެހޭ ކަމަށެވެ. އެއީ ފީފާ ރޭންކިން އަށް ބަލާއިރު، ލަންކާ އޮތީ ބަންގްލަދޭޝަށް ވުރެ ދަށުގައި ކަމަށްވާތީ އެވެ.

"އެ ގޮތަށް ބަލާއިރު މޮޅުވުން މަޖުބޫރު މެޗެެއްގައި ކާމިޔާބު ލިބުމުގެ ހިތްހަމަ ޖެހުން އެބައޮތް،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ޓީމުގެ ފިޓްނަސް ލެވަލް ރަނގަޅުކަން މެޗުގެ ފަހު ކޮޅުގައި ފެނުނު ކަމަށާއި އެއީ ވެސް މި މުބާރާތުގެ މެޗުތަކުގައި ވާދަކުރަން ބަލާއިރު ބަންގްލަދޭޝަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.

ބަންގްލަދޭޝް އިން މޮޅަކުން މުބާރާތް ފެށިއިރު، އޮސްކާ ބުނީ މިއީ ޓީމަށް އިތުބާރު ލިބޭނެ ނަތީޖާއެއް ކަމަށެވެ. އަދި ބަންގްލަދޭޝް އިން ކުޅޭ ދެ ވަނަ މެޗުގައި ހޯމަ ދުވަހު ހަވީރު އިންޑިއާއާ ވާދަކުރާއިރު، މި މޮޅުގެ އެޑްވާންޓޭޖް އޮންނާނެ ކަމަށް އޮސްކާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިރޭ ކުޅޭ މެޗުގައި މުބާރާތް ހޯސްޓްކުރާ ރާއްޖޭން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މެޗު ފަށާނީ ގަޑިން 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox