ވަގުތުން ކުރުން

މިދިޔަ ރޯދަ މަހު ބަޔަކު މިސްކިތުގައި ބަންގީގެ އަޑުގެ އިންތިޒާރުގައި: އިސްލާމް ދީނުގައި ކަންކަން ކަނޑައަޅުއްވާފައިވަނީ އެކަމަށް ވަކި ވަގުތުތަކެއް އެކަށައަޅައިގެން. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ ރޯދަ މަހު ބަޔަކު މިސްކިތުގައި ބަންގީގެ އަޑުގެ އިންތިޒާރުގައި: އިސްލާމް ދީނުގައި ކަންކަން ކަނޑައަޅުއްވާފައިވަނީ އެކަމަށް ވަކި ވަގުތުތަކެއް އެކަށައަޅައިގެން. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ވަގުތަށް ކަމޭހިތުމުގެ މައްޗަށް ހުރި މުސްކުޅި ބުނުންތަކާއި ނަސޭހަތާއި އިރުޝާދުތައް ނެތް މުޖުތަމައުއެއް ދުނިޔޭގައި ނެތެވެ. ދިވެހިންގެ ތެރޭގައި ނަމަ، ވެހޭތާ ފެން ނަގާށެވެ! މަޝްހޫރު ޝަހްސިއްޔަތު، ބެންޖަމިން ފްރޭންކްލިން އަށް "ވަގުތަކީ ފައިސާ" އެވެ. އިނގިރޭސީންގެ ނަޒަރުގައި "ވަގުތާއި މޫސުން އެއްވެސް މީހެއްގެ އިންތިޒާރުގައެއް ނޯންނާނެ" އެވެ. މި އިރުޝާދުތަކަކީ ބޯދާ ބަހޭ ހީކޮށް ދޫކޮށްލުމަށް ވުރެ ބޮޑު ގޯހެއް، އެއަށްވުރެ ކޮސް ކަމެއް މި ދުނިޔެއަކު ނެތެވެ.

މާތް ﷲ އެންގެވި ގޮތަކަށް، އޭގެ ސަބަބާމެދު ސުވާލު ކުރުމެއްނެތި މާތް ނަބިއްޔާ ދެއްކެވި ގޮތެއްގެ މަތީން ކުރުމަށް އެންގެވި އެންމެ ބޮޑެތި އަޅުކަންތަކުގެ ގޮތުގައި ހިމެނެނީ ދީނުގެ ރުކުންތަކެވެ. އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އަމަލުތައް ހިމެނިގެންވަނީ ހަތަރު ރުކުނެއްގަ އެވެ. އެކަމަކު މި އަޅުކަންތައް އޭގެ ޒާތުން ވަރަށް ތަފާތެވެ. ނަމާދުގައި އޮތީ ޒިކުރުތަކަކާއި ހަރަކާތްތަކަކެވެ. ރޯދައިގައި އޮތީ ކަންތައްތަކަކުން މަނާވެގަތުމެވެ. ޒަކާތް އަދި މާ ތަފާތެވެ. މުދަލުން މިންވަރެއް ނެރެ ސަދަގާތް ކުރުމެވެ. ހައްޖުގައި މައިގަނޑު ބިނާވަނީ ދަތުރެއްގެ މައްޗަށެވެ. އަދި އެއް ބިމުން އަނެއް ބިމަށް ނަގުލުވުން ހިމެނޭހެން ހިންގޭ އަޅުކަމުގެ ތަފާތު ސިލްސިލާ ހަރަކާތްތަކެއްގެ މައްޗަށެވެ. އެކަމަކު މިހުރިހާ ކަމެއްގައިވެސް އެއްގޮތްވާ ސިފައެއް ވެ އެވެ. އެއީ ވަގުތުގެ ސިފަ އެވެ. ވަގުތުން ކުރަންޖެހުމުގެ ސިފަ އެވެ. ވަގުތުން ނުކުރުމުން އެކަމެއްގެ އުޚްރަވީ ފައިދާ ގެއްލުން ނުވަތަ ސަވާބު ނުލިބުން ނޫނީ ފާފަވެރިވުން ހިމެނިގެންވުމުގެ ސިފަ އެވެ.

އިބްރާހީމް ސޫރަތުގެ 33 ވަނަ އާޔަތަށް ނަޒަރު ކުރައްވާށެވެ.

"އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު ހިދުމަތްތެރި ކުރެއްވި އެވެ. ކެނޑިނޭޅި ހިނގާ ގޮތުގަ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ ހިދުމަތްތެރި ކުރެއްވި އެވެ."

މިއާޔަތުގައި މާތް ﷲ ސިފަކުރައްވާ ގޮތުން ވަގުތު އެމައްޗަށް ދައުރުވާ އިރާއި ހަނދު ލެއްވިފައިވަނީ އިންސާނުންގެ ހިދުމަތްތެރީންކަމުގަ އެވެ. އަދި ޖެހިގެން އޮތް އާޔަތުގައި މާތް ﷲ އަންގަވަނީ އެކަލާނގެ ނިއުމަތްތައް ގުނާ އަދަދު ކުރިޔަސް އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަމުން ވަގުތަކީ އެކަލާނގެ ލެއްވި ބޮޑު ނިއުމަތެއްކަން އެނގެ އެވެ.

ކީރިތި ގުރުއާނުގެ އެތައް ތަނެއްގައި މާތް ﷲ ވަގުތުގެ އެކި ހިސާބުތަކާއި އެކި މިންވަރުތައް ގަންދެއްވައި ހުވާ ކުރައްވާފައިވެ އެވެ. އެގޮތުން ތަފާތު އިބާރާތުން ޒަމާން ގަންދެއްވާފައިވެ އެވެ. ރޭގަނޑު ގަންދެއްވަ އެވެ. ބައެއް ފަހަރަށް ދުވާލު އަދި ދުވާލުގެ އެކި ވަގުތުތަކަށް ކިޔާ ނަންތައް ގަންދެއްވައި ވެސް ބަސް ވަހީކުރައްވާފައިވެ އެވެ.

އިމާމް ފަޚްރުއްދީނުއްރާޒީ އޭނާގެ ތަފްސީރުގައި ވިދާޅުވެފައިވާ ގޮތުން ޒަމާނާއި އެކި ވަގުތުތައް ގަންދެއްވައި ބަސްފުޅު ވަހީ ކުރެއްވުމުގެ އެއް ސަބަބަކީ، ޒަމާނާއި ތަނަކީ ﷲ ހެއްދެވި ތަކެތީގެ ތެރެއިން އެންމެ ޝަރަފުވެރި ތަކެތިކަމުގައި ވުމެވެ. އަލްޢައްލާމާ ޔޫސުފުލްޤަރަޟާވީ ވިދާޅުވެފައިވެ އެވެ. މާތް ﷲ އެއްޗެއް ގަންދެއްވައި ހުވާގެބަސްފުޅު ވަހީ ކުރައްވަނީ އެއެއްޗެއްގެ ލާބަޔާއި މަންފާއާމެދު އެކަލާނގެ އަޅުތަކުން ސަމާލު ކުރުވުމަށެވެ. މިކަމަކީ ތަފްސީރު އިލްމުވެރިންގެ އަރިހުގައި އެނގިގެންވާ ކަމެކެވެ. އަދި މުސްލިމުންގެ ހިއްސުން ވެސް ދެނެގަނެވޭ ކަމެކެވެ.

މީސްތަކުން އެ ދެ ނިއުމަތަކާމެދު އިހުމާލުވާ ދެ ނިއުމަތެއްވާކަމަށާއި އެއީ ސިއްހަތާއި ހުސްވަގުތުކަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. އަދި ގިޔާމަތްދުވަހުގައި ވަކި ކަންތައްތަކަކާ ބެހޭގޮތުން ސުވާލުކުރެވުމަށްފަހު މެނުވީ ހުރިތަނުން ފައި ގުޑުވާނުލެވޭނެ ކަމަށް އެންގެވި ހަދީސްފުޅަށް ވިސްނާއިރު، އޭގެ ތެރެއިންވެސް ވަގުތަށް ހާއްސަކުރެވިފައި ދެކަމެއް ވާތަން ފެނެ އެވެ. އުމުރު ހޭދަކުރި ގޮތާބެހޭގޮތުން ސުވާލު ކުރެވެ އެވެ. އަދި ވަކީން ހާއްސަކޮށް ޒުވާންކަން ހޭދަކޮށްލިގޮތާމެދު ސުވާލު ކުރެވެ އެވެ.

އިސްލާމްދީންގެ ރުކުންތަކުން ފެށިގެން ގޮސް ދެންނެވުނު އިރުޝާދުތަކާއި އުސޫލުތައް ދަސްކޮށްދެނީ ހަމައެކަނި އުޚްރަވީ ހަޔާތުގެ ކާމިޔާބަށް ވާސިލުވާނެ މަގެއް ނޫނެވެ. ދުނިޔަވީ ބާއްޖަވެރިކަމަށް އެދޭ ނަމަވެސް ތަރުބަވީ އެންމެ މުހިންމު ފިލާވަޅުތައް ދެންނެވުނު ކަންކަމުން ލިއްބައިދެ އެވެ. ވަގުތުގެ މުހިންމު ކަމެވެ.

އޮފީހަށް ދާންވާނީ ގަޑިނުޖެހި އެވެ. އޮފީހުގެ މަސައްކަތްތައް ނިންމަންވާނީ ކަނޑައެޅިފައިވާ ވަގުތާއި މުއްދަތަށެވެ. އެހެންނޫނީ ސަރުކާރުދާނީ ބޮއްސުންލަމުންނެވެ. އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އޮތީ ހަމަ މި ހަމަ އެވެ. ގަޑިއަށް ނުހުޅުވޭ ފިހާރައެއްގެ ވިޔަފާރި ދާނީ ދަށްވަމުންނެވެ. މާސިންގާ ބޮޑެތި ޕްރޮޖެކްޓްތައް އޭގެ މުއްދަތުގައި ނުނިންމުމުން އުންމީދުކުރި ނަފައެއް ނުލިބޭނެ އެވެ. ބައެއް ފަހަރަށް ދަރާ ވިކޭނީ އެވެ. އެއް ދުވަހު ކޮށްލާފައި އަނެއް ދުވަހު ނުކުރެވޭ ކަސްރަތަކުން އުންމީދުކުރާ ނަތީޖާއެއް ނުނުކުންނާނެ އެވެ. ބާރަގަޑިއިރު ހުސްބަނޑާ ހުރެފައި ހަދަންޖެހޭ މެޑިކަލް ޓެސްޓް ވެސް ހަދަންވާނީ ކަނޑައެޅިފައިވާ މުއްދަތަށް މިނިޓަށް ހުސްބަނޑާ ހުރެފަ އެވެ.

މިހެން ގޮސް ލިސްޓް ތަފާތުވެސް ކުރެވިދާނެ އެވެ. ދިގުވެސް ކުރެވިދާނެ އެވެ. ދުނިޔޭގެ ކާމިޔާބު ގުޅިފައި އޮތްތަން ފެންނާނީ ވަގުތާ އެވެ. އުޚްރަވީގޮތުން ކާމިޔާބުވުމަށް ހުރި އިރުޝާދުތަކުގައި އެ ގޮވާލެވެނީ ނުވަތަ ތަރުބިއްޔަތު ދެވެނީ ދެ ދުނިޔޭގެ ނަސީބާއި ކާމިޔާބު ހޯދުމުގެ މަގަށެވެ. މިކަން ވަގުތުން ދެނެގަންނާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox