ދިވެހި ފުޓްބޯޅަ އަށް "މީ އެ ފަހަރޭ": ސިމްބޮލިކާއި އަދަދުގެ ފޯރިގަދަ ހަދިޔާ އެއް!

Sep 30, 2021, 5:42 PM
ދިވެހި ފުޓްބޯޅަ އަށް "މީ އެ ފަހަރޭ": ސިމްބޮލިކާއި އަދަދުގެ ފޯރިގަދަ ހަދިޔާ އެއް!

"ފެއްސާ ރަތާ ހުދުގެ ލަޝްކަރޭ މީ، ހަލުވިކޮށް ދުވާނެ ރަތް މަސްތަކޭމީ،"

"ހޯދާނެ ފަހަރެމީ ސާފްކަޕްގެ ރަސްކަމެއްމީ، ހަށިން ނެރެ ދައްކާ ގަދަ ފަންވަރޭ މީ،"

މާދަމާ، ސާފް ޗެމްޕިއަންޝިޕްގެ ގަދަ އަޑު ދިވެހި ޖައްވުގައި ފަޅައިގެންދާ އިރު، ސިމްބޮލިކް ރިކޯޑްސްގެ މި އަސަރުގަދަ ލަފްޒުތަކުން ހިއްސުތަކަށް އެނގުން ކޮށްލާނެ އެވެ. ހިތުގެ ހިނގުން އަވަސްކޮށްލައި، ގައުމީ ލޭ ކައްކުވައިލާނެ އެވެ. ފުޓްބޯޅައިގެ ފޯރިން އެންމެން އެތަންކޮށްލާނެ އެވެ. ރެޕުގެ ތަހުތުގައި އޮވެ، ސިމްބޮލިކުން މިރޭ "އަދަދާ" އެކު ނެރުނު ވީޑިއޯ ލަވަ، "މީ އެ ފަހަރޭ" އިން ދެނީ މި ޔަގީން ކަމެވެ.

"މިއީ ރެޕާއި ހިޕްހޮޕް ގެ ފޯރި ގަދަ، ޖޯޝު ހުރި ލަވައެއް. މި ކަހަލަ ގައުމީ މުނާސަބަތެއްގައި ހިދުމަތެއް ކޮށްދެވިފަ އޮތުމަކީ ލިބޭ ފަހުރެއް ކަމަށް ސިމްބޮލިކުން ދެކޭތީ، ރާއްޖޭގެ ހިޕްހޮޕް ކޮމިއުނިޓީގެ ފަރާތުން މި މުބާރާތަށް ސަޕޯޓްކުރުމުގެ ގޮތުން އަދަދާ ގުޅިގެން މި މަސައްކަތް ކުރެވުނީ،" ސިމްބޮލިކްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު (އޭޑީ) ބުންޏެވެ.

އެހެންވީމަ، "މީ އެ ފަހަރޭ" އަކީ ސިމްބޮލިކް ރިކޯޑްސް އާއި "އަދަދު" ނޫހުން މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ މުނާސަބަތުގައި ދިވެހިންނަށް ދޭނެ އެންމެ ހިތްގައިމު ހަދިޔާ އަށް ވާނެ އެވެ.

މި ލަވަ ކިޔާފައިވަނީ ސިމްބޮލިކްގެ އަށް އާޓިސްޓެކެވެ. ލިރިކްސް ލިޔުނީ ވެސް އެ ލަވަކިޔުންތެރިން އަމިއްލަ އަށެވެ. ވީޑިއޯ ޕްރޮޑަކްޝަން ގެ މަސައްކަތް ކޮށްފައިވަނީ އަދަދުގެ ކްރިއޭޓިވް ޓީމުންނެވެ. ވީޑިއޯ ޝޫޓްކޮށް، ޑައިރެކްޓްކުރީ އަދަދުގެ ވީޑިއޯ ކޮންޓެންޓް ކްރިއޭޓާ އާއިމް ޒަމީރު އެވެ.

"މީ ފަހަރޭ" ގެ ވޯކަލިސްޓުން

ޑރ. ފާތިމަތު ޝިފްނާ (ޝިފޫ)

މުހައްމަދު މާހިދު (މާޓު)

ހުސައިން އަދީލް (ލިމިޓްސް)

އަހުމަދު ޖައިލަމް (ބޭ)

ހުސައިން ޒިޔާދު (ޒިޔާ)

މުހައްމަދު ނަބީލް ނިޔާޒް (ޓޯއި)

އިބްރާހިމް އަރުޝަދު (އަރޭ)

ރައްޔާން މުހައްމަދު (ރައިޑޭ)

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާ (ކ) އާއި އަދަދުގެ ސީއީއޯ ފިޔާޒް މިރޭ ލަވަ ލޯންޗުކުރަނީ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާ (ކ) އާއި އަދަދުގެ ސީއީއޯ ފިޔާޒް މިރޭ ލަވަ ލޯންޗުކުރަނީ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާ (ކ) އާއި އަދަދުގެ ސީއީއޯ ފިޔާޒް މިރޭ ލަވަ ލޯންޗުކުރަނީ.

"މިއީ އަޑު އިވުނީމަ ވަރަށް ކިކު އަންނާނެ ގައުމީ ޖޯޝާއި ފީލް ވަރުގަދަ ލަވައެއް. އެހެންވީމަ އަދަދުން އަސްލު ބޭނުންވީ މި ފަހަރުގެ ސާފު ޗެމްޕިއަންޝިޕަށް ހާއްސަކޮށް އައިކޮނިކް ލަވަ އެއް ހަދަން. ލަވަ އާ އެއްވަރަށް ވީޑިއޯ ވެސް ރީތިކޮށް ހަދަން،" އަދަދުގެ ކްރިއޭޓިވް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) ބުންޏެވެ.

އަބޯ ބުނީ އޭނާގެ ޓީމުން ލަވަ ޝޫޓްކޮށް އެއްކޮށް ނިންމަން ހޭދަކުރީ ޖުމްލަ ތިން ދުވަސް ކަމަށެވެ. އެހެންވީމަ، "މީ ފަހަރޭ" އަކީ ސިމްބޮލިކާއި، ހާއްސަކޮށް އަދަދުގެ ޓީމަށް ވަރަށް ހާއްސަ ލަވައެއް ކަމަށެވެ.

"މި ލަވައިން ފެންނާނެ ބޮޑު ބެރު، ގައުމީ ނެށުން. ފުޓުބޯޅައިގެ ފޯރި. އެހެންވީމަ މިހާ ފުރިހަމަކޮށް ދެތިން ދުވަސް ތެރޭ ވީޑިއޯ ޝޫޓް މި ކޮށްލެވުނީ ވަރަށް ގިނަ މީހުންގެ އެހީތަކާ އެކު. ހާއްސަކޮށް ފާހަގަކޮށްލަން އެފްއޭއެމުން ދިން ބޮޑު އެއްބާރުލުން،" އަބޯ ބުންޏެވެ.

މި ލަވަ، ސިންބޮލިކްގެ ސައުންޑްކްލައުޑް އެކައުންޓުންނާއި ޔޫޓިއުބް އަދި އަދަދުގެ ފޭސްބުކް ޕޭޖު ވެސް އަޑުއަހައިލެވޭނެ އެވެ.

ލަވަ ލޯންޗުކޮށްދެއްވީ ސާފް ޗެމްޕިއަންޝިޕުގެ ފޯރިގަދަކުރަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މާފަންނުކޮޅުގައި މިރޭ ބޭއްވި ހަރަކާތެއްގައި، މުބާރާތުގެ ޓައިޓަލް ސްޕޮންސަރު އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox