ގުދުސްގައި އިޒްރޭލް ފުލުހުން އަންހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ގުދުސްގައި އިޒްރޭލު ފުލުހުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަލަސްތީނުގެ ތިން މީހަކު މަރާލި ސަރަހައްދު. -- ފޮޓޯ: އޭއެފްޕީ

ގުދުސްގައި އިޒްރޭލު ފުލުހުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަލަސްތީނުގެ ތިން މީހަކު މަރާލި ސަރަހައްދު. -- ފޮޓޯ: އޭއެފްޕީ

ގުދުސް (ސެޕްޓެމްބަރު 30) - ގުދުސްގައި އިޒްރޭލް ފުލުހުންގެ ގަޔަށް ވަޅި ހަރަން އުޅުނު ކަމަށް ބުނެ، ފަލަސްތީނު އަންހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އިޒްރޭލް ފުލުހުންގެ ބަޔާނެއްގައި ބުނީ އަލް އަގްސާ މިސްކިތަށް ދާން އޮންނަ މަގެއްގައި ފުލުހެއްގެ ގަޔަށް ވަޅި ހަރަން އަންހެން މީހާ މަސައްކަތް ކުރި ކަމަށެވެ.

އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ބަޑި ޖެހި އަޑު އިވިފައި ވާއިރު، އަންހެން މީހާގެ ހަށިގަނޑު ބިންމަތީގައި އޮތް މަންޒަރު ވެސް ފެނިފައި ވެ އެވެ.

އިޒްރޭލް ފުލުހުން ބުނީ "ހަމަލާ ދޭން އުޅުނު މީހާގެ ގަޔަށް" ބަޑި ޖެހި ކަމަށާއި އެ ތަނަށް އައި ސިއްހީ އެހީތެރިން އޭނާ މަރުވެފައިވާ ކަމަށް ކަނޑައެޅި ކަމަށެވެ.

އުމުރުން 30 އަހަރުގެ އަންހެން މީހާގެ ނަން ހާމަކޮށްފައި ނުވާއިރު، އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލީ އަލް އަގްސާ މިސްކިތުން ނުކުމެގެން ދަނިކޮށެވެ.

އަލް އަގްސާ މިސްކިތުގެ ކޮމްޕައުންޑަށް ވަދެވެން އޮންނަ ހުރިހާ ދިމާލެއްގައި އިޒްރޭލު ފުލުހުން ތިބެ އެވެ. ނަމަވެސް މިސްކިތް ހުންނަ އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ބިމެކެވެ.

އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން އެ ބިމަށް އަރައިގެން އުޅުނު ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައިން އެކަން ބަލައެއްނުގަނެ އެވެ.

މިދިޔަ މޭ މަހު އަލް އަގްސާ މިސްކިތުގެ ކޮމްޕައުންޑުގައި ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލް ފުލުހުންނާ ދެމެދު ގިނަ ކުރިމަތިލުންތަކެއް ހިނގުމަށް ފަހު 11 ދުވަސް ވަންދެން އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު ހަމަލާ ބަދަލުކުރި އެވެ.

އިޒްރޭލުން އަރައިގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެސް މިދިޔަ އާދީއްތަ ދުވަހު ފަލަސްތީނުގެ ފަސް މީހުން މަރުވި އެވެ. އެ އެންމެންނަކީ ހަމާސްގެ މެމްބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox