ޖާބިރު ތައުބާވެ، މާފަށް އެދެފި!

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - ފޮޓޯ: ރައްޔިތުން މަޖިލީސް

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - ފޮޓޯ: ރައްޔިތުން މަޖިލީސް

ދީނީ މިންގަނޑުތަކުން ބޭރުވެ، ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލި މައްސަލާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާއެކު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާފަށް އެދި ތައުބާވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅޭގޮތުން އިއްޔެގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ދީނީ މިނިވަންކަމަށް ގޮވާލެއްވީ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ.

"ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން އައިސް ނަމާދުކޮށް މިތާނގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް،"

މި ވާހަކަތައް އިސްލާމިކް މިނިސްޓަރުގެ ޑރ. އަހުމަދު ޒާހިރުގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމްވެސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

އެދެބޭފުޅުންވެސް ވިދާޅުވީ ޖާބިރު ދީނީ މިންގަނޑުތަކުން ބޭރުވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއް ކަމުގައި ވިޔަސް، އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކައެއް މަޖިލީހުގެ ތަޅަމުގައި ނުދެއްކޭނެ ކަމަށާއި، އެފަދަ ވާހަކައެއް ދައްކައިފި ނަމަ ފިޔަވަޅުއަޅަން ޖެހޭނެ ކަމަށެވެ.

ފާޑުކިޔުންތައް އަމާޒުވެ، ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް، ޖާބިރު "އަދަދު" އާ މިއަދު ވާހަކަދައްކަވަމުން ވަނީ ކުރެވުނު ކުށަށް ތައުބާވި ކަމަށް ވިދާޅުވެފަ އެވެ.

އަދި އެފަދަ ވާހަކައެއް މަޖިލީހުގެ ތަޅަމުގައި ދެއްކެވުމުން ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ އެފަދައިން ވިދާޅުވެވުނީ ޖޯޝުގައި ކަމަށެވެ. އަދި މި ގައުމުގައި އެހެން ދީންތަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ މަޖިލީހުގައި ދެއްކެވި ވާހަކަތައް އަނބުރާ ގެންދަވައިފަ އެވެ.

އަޅުގަނޑަށް އެހެން ބުނެވުނީ ޖަޒުބާތުގައި. ވަރަށް ބޮޑަށް މާފަށް އެދެން. ޖާބިރު ދެން އެކަހަލަ ވާހަކައެއް ނުދައްކާނެ. އިސްލާމް ދީނަށް އުނިކަމަށް އައިސްދާނެ ވާހަކައެއް ދެކެވުމުން އެކަމަށް އަޅުގަނޑު ތައުބާވެއްޖައިން. އަޅުގަނޑުގެ ތައުބާ ގަބޫލުކުރައްވައި، ކުރެވެނު ކުށަށް މާފުކުރައްވާށި. އާމީން.

ޖާބިރު މިއަދު މާފަށް އެދިވަޑައިގެންފައިވާއިރު، އޭނާ ދެއްކެވި ވާހަކަ މަޖިލީހުގެ އިދާރާގެ އިސްނެގުމާއެކު އަންނަނީ ބަލަމުންނެވެ.

އެ އިދާރާގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އިއްޔެ ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިމްތިޔާޒް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ ވާހަކަތަކަށް ބޮޑެތި އިމްތިޔާޒްތަކެއް ލިބެ އެވެ.

ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް ލިއްބައިދީފައިވާ އިމްތިޔާޒްތަކުގެ ދަށުން މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގައި، ދައުވާކޮށް، ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ

ނަމަވެސް، އެ ގޮތަށް ބަޔާންކުރާ މާއްދާގައި ބުނަނީ އެ އިމްތިޔާޒް ލިބޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް މެމްބަރުން ދައްކާ ވާހަކަތަކަށް ކަމަށެވެ.

titledesc

އެގޮތުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އެ ދީނަކީ ރާއްޖޭގެ ގާނޫނުގެ އެންމެ މައިގަނޑު މަސްދަރުގެ އިތުރުން އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެކަމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ސާފުކޮށް ބުނެފައި ވެ އެވެ.

އެހެންކަމުން، ޖާބިރާމެދު އެއްވެސް ފިޔަވަޅެއް އެޅޭނީ އޭނާ ދެއްކެވި ވާހަކަ އިސްލާމްދީނުގެ އަސްލަކާ ހިލާފުކަމަށް ކަނޑައެޅިއްޖެނަމަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން، މަޖިލީހުގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ވެސް އެހެން މެމްބަރުންނާ ހިލާފަށް އުޅުއްވާ ޖާބިރުގެ އަމަލުތައް މިފަހުން ވަނީ މާބޮޑަށް ގޯސްވެފަ އެވެ.

އެގޮތުން، އާންމު ތަންތަނުގައި އަޑުގަދަކޮށް، ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އޯޑިއޯތަކާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިޔާގައި މިފަހުން ވަނީ އާންމުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox