އޭޝިއާ މުބާރާތުގައި ގައުމީ ޓީޓީ ޓީމަށް ވަރުގަދަ ފެށުމެއް

Sep 30, 2021, 3:38 AM
ގައުމީ އަންހެން ޓީޓީ ޓީމު ކުޅުންތެރިންނާއި ކޯޗު: (ކ.ވ) މިޝްކާ، ލައިސާ، ކޯޗު ކޮންސްޓަންޓީނޯސް، ދީމާ އަދި ރަފާ.-- ފޮޓޯ: ޓޭބަލް ޓެނިސް އެސޯސިއޭޝަން

ގައުމީ އަންހެން ޓީޓީ ޓީމު ކުޅުންތެރިންނާއި ކޯޗު: (ކ.ވ) މިޝްކާ، ލައިސާ، ކޯޗު ކޮންސްޓަންޓީނޯސް، ދީމާ އަދި ރަފާ.-- ފޮޓޯ: ޓޭބަލް ޓެނިސް އެސޯސިއޭޝަން

ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުތަކުން ރަނގަޅު ކާމިޔާބެއް ހޯދައިފި އެވެ.

އެގޮތުން އިއްޔެ އަންހެން ޓީމު ވަނީ ޓީމު އިވެންޓް ބައިގައި ގަތަރާއި ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ގަތަރުގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ. ފުރަތަމަ ޓައި އައިޝަތު ރަފާ ނާޒިމް ތިން ސެޓު އެއް ސެޓުން މޮޅުވިއިރު، ދެ ވަނަ ޓައި ފާތިމަތު ދީމާ ވަނީ ތިން ސެޓު ދެ ސެޓުން ބަލިވެފަ އެވެ. ތިން ވަނަ ޓައިގައި ލައިސާ ފަތުހުﷲ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ދެން ކުޅުނު ޓައި އިން ދީމާ ވަނީ ތިން ސެޓުން މޮޅުވެފަ އެވެ.

އަންހެން ދެ ވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް އަންހެން ޓީމުން ހޯދީ ފުރިހަމަ މޮޅެކެވެ. ރަފާ އާއި ދީމާ އަދި ލައިސާ ކުޅުނު ތިން ޓައި ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

ފިރިހެން ޓީމަށް ބަލާއިރު، އޮމާންގެ މައްޗަށް ކުރިހޯދީ ފޯރިގަދަ މެޗަކަށް ފަހު 3-2 އިންނެވެ. ފުރަތަމަ ޓައި އިން މޫސާ މުންސިފް ވަނީ އޮމާން ކުޅުންތެރިޔާ އަތުން ބަލިވެފަ އެވެ. ދެ ވަނަ ޓައި އިން ޝައްފާން އިސްމާއިލް މޮޅުވީ 3-1 ސެޓުންނެވެ. އަނެއްކާ ވެސް އޮމާނުން ވަނީ ދެން ކުޅުނު ޓައި ގައި ރާއްޖޭގެ ޒީސްތު ނަސީމް 3-2 އިން ބަލިކޮށްފަ އެވެ. ހަތަރު ވަނަ ޓައިގައި މުންސިފް ވަނީ އޮމާންގެ ކުޅުންތެރިޔާ 3-2 ސެޓުން ބަލިިކޮށްފަ އެވެ. ފަސް ވަނަ ޓައިގައި ޝައްފާން ވަނީ 3-1 ސެޓުން އޮމާން ކުޅުންތެރިޔާ ބަލިކޮށް ރާއްޖެ މޮޅުކޮށްދީފަ އެެވެ.

ޓީޓީ އެސޯސިއޭޝަނުން އޭޝިއާ މުބާރާތެއްގެ ޓާގެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެކުނު އެފްރިކާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީމް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުމެވެ. މި ފަހަރުގެ އޭޝިއާ މުބާރާތުގައި ގައުމީ ޓީޓީ ޓީމަށް އިރުޝާދުދޭނީ މިދިޔަ މާޗް މަހު ގައުމީ ޓީޓީ ޓީމާ ހަވާލުވި ގްރީސްގެ ފެންވަރު ރަނގަޅު ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުމަށް ފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ޓީޓީ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެެެވެ. ގައުމީ ޓީޓީ ޓީމު މި ގޮތަށް އެންމެ ފަހުން ވާދަކުރީ 2019 ވަަނަ އަހަރު ޑިސެމްބަރުގައި ކަތުމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. މިދިޔަ މަހު މާލޭގައި ބާއްވަން ބެލި ބައިނަލްއަގުވާމީ ދެ ޓީޓީ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox