ހުކުރު ދުވަހު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ހޯދުމާއި، ޕޯސްޓެއް ޝެއާކޮށްގެން އަގުބޮޑު ޖީއެން ސައިކަލެއް ހޯދުމުގެ ފުރުސަތު "އަދަދު" އިން ހުޅުވާލައިފި އެވެ.
ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދޭން ފެށި ފުރަތަމަ އަމިއްލަ ދިވެހި ކުންފުނި، ސޮލެރަލް އިންޝުއަރެންސް އާ ގުޅިގެން ހުޅުވާލާ މި ފުރުސަތުގައި، ސްކޯ ދިމާކުރަން ޖެހޭނީ ކޮންމެ މެޗްގެ ފުރަތަމަ ކަށިގަނޑާ ހަމައަށެވެ.
"އަދަދު" ގެ ފޭސްބުކް ޕޭޖާއި ސޮލަރެލް އިންޝުއަރެންސްގެ ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށް ފަހު، މިކަމާ ގުޅޭ ޕޯސްޓްގެ ތިރިޔަށް ޓީމުގެ ނަމާއެކު ސްކޯ ޖަހަން ވާނެ އެވެ. ރަނގަޅު ސްކޯ ދިމާކުރާ ފަރާތްތަކުގެ ތެރެއިން، ކޮމްޕްރިކެންސިވް މޮޓޯ އިންޝުއަރެންސް އަހަރު ދުވަހަށް ލިބޭ ނަސީބު ވެރިޔާ ހޮވާނީ ގުރުއަތުންނެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް "އަދަދު"ން ސޮލަރެލް އިންޝުއަރެންސްއާއެކު އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

ޖީއެން ސައިކަލް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލާނީ ހުކުރު ދުވަހު އެވެ. ސައިކަލް ހޯދުމަށްޓަކައި، "އަދަދު" ގެ ރަސްމީ ފޭސްބުކް ޕޭޖާއި ސޮލަރެލް އިންޝުއަރެންސްގެ ރަސްމީ ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށް ފަހު، އެ ޕޯސްޓް ޝެއާކޮށްލާށެވެ.
ޒުވާނުންގެ މެދުގައި މަގުބޫލް، މާލޭގެ އަޑިގުޑަން މަގުތަކަށް ވެސް ވަރުގަދަ، މި ސައިކަލް ލިބޭ ނަސީބު ވެރިޔާ ހޮވާނީ މުބާރާތުގެ ފައިނަލް މެޗަށް ފަހު އެވެ.
ސޮލަރެލްގެ މެނޭޖަ ކްލެއިމްސް އަހުމަދު މުނައްވަރު ވިދާޅުވީ އަދަދު ނޫހާ ގުޅިގެން ހުޅުވާލި މި ފުރުސަތުގައި ޖީއެން ސައިކަލާއި ކޮންމެ މެޗަކަށް މޮޓޯ އިންޝުއަރެންސް ދޭން ނިންމީ، ޖީއެން ސައިކަލްއަކީ ޒުވާނުން ވަރަށް ލޯބިކުރާ ބްރޭންޑަކަށް ވުމާއި، އަތުން އެއްވެސް ފައިސާއެއް ނުގޮސް ސައިކަލެއް ލިބޭނެ ގޮތް ތަނަވަސްކޮށް ދިނުމަށާއި، ސާފުގެ ފޯރި ވަރުގަދަކުރުމަށް ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ފައިނަލް މެޗާއެކު ހަ ދުވަހެއްގައި ޖުމުލަ 11 މެޗް ކުޅެ އެވެ. މުބާރާތުގައި ބައިވެރިވަނީ ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީ ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ.
ސާފް ޗެމްޕިއަންޝިޕް 2008 އަދި 2018 ގެ ތަށި ހޯދާފައިވަނީ ދިވެހި ޓީމެވެ.













