ރާއްޖެ އަށް ދިމާވީ ހޯމް ސަޕޯޓްގެ ޕްރެޝަރު: ނޭޕާލް ކޯޗު މުތައިރީ

Oct 17, 2021, 7:04 AM
ރާއްޖޭގެ ކެޕްޓަން އަކުރަމް (ކ) އާއި މުތައިރީ ރޭގެ މެޗަށް ފަހު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގެ ކެޕްޓަން އަކުރަމް (ކ) އާއި މުތައިރީ ރޭގެ މެޗަށް ފަހު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ދިމާވީ ހޯމް ސަޕޯޓްގެ ޕްރެޝަރުގެ މައްސަލަ ކަމަށް ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި ނޭޕާލުން ވަނީ ކުޅުނު ފުރަތަމަ މެޗުން ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. ރާއްޖެ އަތުން ހޯދި މޮޅުގެ އެހީގައި ނޭޕާލް ވަނީ ލީގު ބުރުގެ ދެ ވަަނަ ހޯދައި ފައިނަލުގައި ވެސް ފުރަތަމަ ފަހަރަށް ވާދަކޮށްފަ އެވެ. ރޭ ކުޅުނު ފައިނަލުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއާ ވާދަކޮށް ނޭޕާލް ބަލިވީ 3-0 އިންނެވެ.

ރޭގެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި މުތައިރީ ބުނީ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ރަނގަޅު ކަމަށާއި އޭނާގެ ނަޒަރުގައި ރާއްޖެ އަށް 2023 ވަަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވެވިދާނެ ކަމަށެވެ.

"އެކަމަކު، އެއީ އެ ހުރި ހުރިހާ ޕްރެޝަރުތަކުގެ ތެރެއިން ސަލާމަތްވެވިގެން. ފަހަރެއްގައި ރާއްޖޭން މި މުބާރާތް (މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕް) ހޯސްޓްނުކުރިނަމަ އެ މީހުންނަކީ ޗެމްޕިއަނުން ކަމަށް ވެސް ވެދާނެ. އެއީ އަހަރެންގެ ވިސްނުން. އަމިއްލަ ދަނޑުގައި ކުޅޭއިރު ބައެއް ފަހަރު ވަރަށް އުނދަގޫވާނެ. މެންޓަލިޓީ އަށް ބަލާއިރު ވެސް ޗެލެންޖް އެބަހުރި އެ ފެނުނު. އަހަންނަށް ފާހަގަވި ބައެއް ކުޅުންތެރިންގެ ކިބައިން ހޯމް ސަޕޯޓްގެ ޕްރެޝަރު،" މުތައިރީ ބުންޏެވެ.

ނޭޕާލް މުބާރާތުގެ ރަނަރަޕަށް ދިއުމަކީ ތާރީހީ ކާމިޔާބެއްގެ ގޮތުގައި ދެކުނު ނަމަވެސް މުތައިރީ ވަނީ އޭނާ އަމިއްލަ އަށް ދެކޭ ގޮތް ހިއްސާކޮށްފަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ދެ ވަނަ އަށް ދިއުމަކީ ހަމަ އެންމެ ފުލަށް ދިއުން ފަދަ. އެކަމަކު، ފަހަރެއްގައި އަހަރެމެން މީގެ ކުރިން ދުވަހަކު ވެސް މި މުބާރާތުގެ ފައިނަލަށް ގޮސްފައި ނެތުމުން މިއީ ވެސް (ފައިނަލުގެ ޖާގަ އަކީ ވެސް) ނޭޕާލަށް ވަރަށް ހާއްސަ މަގާމެއް،" މުތައިރީ ބުންޏެވެ.

ރޭގެ މެޗުގައި މުތައިރީ އަށް ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ހުރުމުން އޭނާ ގޮނޑިބަރި ކައިރީގައި ހުއްޓިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"މިއީ އަހަންނަށް ވެސް ހާއްސަ ކަމެއް. މިއީ އަހަރެން ސީނިއާ ނެޝަނަލް ޓީމެއް ފައިނަލަކަށް ގެންދިޔަ ފުރަތަމަ ފަހަރު. އެ މީހުން އަހަރެންގެ ތަޖުރިބާއެއް ނެތޭ ބުންޏަސް ނޭޕާލް ކުޅުންތެރިން އެ މީހުންގެ ފެންވަރު ސާބިތުކޮށްދީފި. އަހަރެން ކޯޗެއްގެ ގޮތުގައި ވެސް ޕްރޫވްކޮށްދެވިއްޖެ،"

މުތައިރީ ބުނީ ތަށި ލިބުނުނަމަ ވަރަށް ފުރިހަމަވާނެ ކަމަށާއި އެކަމަކު ރިހި މެޑަލެއް ލިބުނީމަ ދެން ގަބޫލުކުރަން ޖެހޭ ކަމަކީ އަދިވެސް ކުރިއަށް ދެވިދާނެކަން ކަމަށެވެ.

ސާފްއާ މެދު މުތައިރީގެ ހިތްބުރަކަމެއް މިހާރު ނެތް

ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި ރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދުދޭން ބެންޗުގައި ނީނދެވޭ ގޮތަށާއި ދަނޑަށް ވެސް ނުދެވޭ ގޮތަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންނި ނިންމުމާ ދެކޮޅަށް ކުޅިވަރުގެ ކަންތައްތަކުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން (ކާސް) އަށް ދާނެ ކަމަށް މުތައިރީ އިއްޔެ ހެނދުނު ވަނީ ބުނެފަ އެވެ.

މުތައިރީ ފައިނަލުގައި ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑްކުރީ ލަންކާ އާއި ނޭޕާލް މެޗުގައި ރީނދޫ ކާޑު ދައްކައި، ދެ ކާޑު ހަމަވުމުގެ ސަަބަބުންނެވެ. އެކަމަކު، މުބާރާތުގެ ގަވާއިދުގައި ދެ ރީނދޫ ކާޑުގެ ސަސްޕެންޝަން އަންނަ ގޮތަށް ލިޔެފައި އޮތީ ކުޅުންތެރިންނަށް ކަމަށް މުތައިރީ ވަނީ ބުނެފަ އެވެ.

ރޭގެ ފައިނަލަށް ފަހު މުތައިރީ ބުނީ މިހާރު ހުރިހާ ކަމެއް އެއީ މާޒީ ކަމަށާއި ވެ ނިމިފައިވާ ކަމެއްގެ ވާހަކަ ދައްކައިގެން މޮޅެއް ނެތް ކަމަށެވެ. މީގެ އެންމެ ބުއްދިވެރި ގޮތަކީ ވާހަކަ ދައްކައިގެން ކަންކަން ރަނގަޅުކުރުން ކަމަށް އޭނާ ބުންޏެވެ.

"މުބާރާތް މި އޮތީ ނިމިފައި އަހަރެމެން ދެން މީގެ ދިމާވި ގޯސްތަކުގެ ވާހަކަ ދައްކައިގެން އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތް. މިއަދު ހެނދުނު (އިއްޔެ ހެނދުނު) އަހަރެން ހުރީ ވަރަށް ރުޅި އައިސްފައި. އެކަމަކު މިހާރު އަހަރެން މި ހުރީ ފަހުރުވެރިކަމާ އެކު ސައުތު އޭޝިއަން މެމްބަރެއްގެ ގޮތުގައި،" މުތައިރީ ބުންޏެވެ.

" ކޮންމެ މުބާރާތެއްގައި ވެސް މައްސަލަ ހުންނާނެ. އެއީ އިންސާނުން މިކަމުގައި މި އުޅެނީ މިއީ ކޮމްޕިއުޓަރުތަކެއް ނޫން. އަހަރެމެން އެންމެން އެކަކު އަނެކަކަށް އެހީވެގެން ކަންކަން ރަނގަޅުކުރަން މަސައްކަތްކުރަންވީ،"

ރޭގެ ފައިނަލަކީ މުތައިރީ ނޭޕާލަށް ކޯޗުކޮށްދިން ފަހު މެޗެވެ. އޭނާ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ގައުމީ ޓީމުން އިސްތިއުފާ ދީގެންނެވެ. އެކަމަކު، އެ އަށް އަމަލުކުރަން ފަށާނީ ސާފް ނިމުމުން ކަމަށް ނިންމައިގެންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން މުތައިރީ ދަނޑު މަތީގައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މުތައިރީ ބުނީ އޭނާގެ އެންމެ ފަހު ނޭވައާ ހަމައަށް ނޭޕާލް ދެކެ ލޯބިވާނެ ކަމަށާއި އެއްވެސް ބަަޔަކު އޭނާ އަށް އިތުބާރު ނުކުރާވަރަށް ނޭޕާލުގެ މީހުން ކުރި ކަމަށެވެ. މުތައިރީ ވަނީ މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގޭ ކަމަށް ބުނެފަ އެވެ. ފަަހަރެއްގައި ނޭޕާލުން އޭނާ އަށް ޓީމުގައި ހުންނަން ފުރުސަތު ދީފިނަމަ އިތުރު ކަންތައްތަކެއް ހާސިލްކުރަން މަސައްކަތް ކުރާނެ ކަމަށް މުތައިރީ ވަނީ ބުނެފަ އެވެ.

"މަގާމުގައި ހުރެފިނަމަ އަހަރެން މަސައްކަތް ކުރާނަން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް މި ޓީމު ކޮލިފައި ކޮށްދޭން. ވަރަށް އުނދަގޫ ކަމެއް އެއީ. އެކަމަކު، މިކަމާ ވިސްނޭނީ އަހަރެން ނޭޕާލްގައި މަޑުކޮށްފިއްޔާ. ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ މާތް ﷲ،" މުތައިރީ ބުންޏެވެ.

"އަހަރެން މި ތަނުން ދަތުރުކުރާނީ ދޯހާ އަށް. ވަރަށް އުނދަގޫ ހަ މަސް ދުވަސް މި ނިމުނީ. އަހަންނަށް ލިބޭ ކޮންމެ އޮފާއަކާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭނެ،"

މިދިޔަ އޭޕްރީލް މަހު ނޭޕާލްގެ ކޯޗުކަމާ ހަވާލުވި މުތައިރީ އާއި ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގެ ނައިބު ރައީސް ޕަންކަޖް ނެމްބަންގާ މައްސަލަ ޖެހި އޭނާ ވަނީ މީގެ ދެ މަސް ކުރިން މަގާމުން އިސްތިއުފާދީފަ އެވެ. އެކަމަކު، ފަހުން އޭނާ އަލުން މަގާމާ ހަވާލުވީ ވަކި ޝަރުތުތަކަކަށް އެއްބަސްވެވެގެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ނިޔަލަށް އޭނާ މަގާމުގައި ދެމިހުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox