ރޯނުއެދުރު ބައްޔަށް ފަރުވާއެއް

ބަޔަކު ރާޒުވާ ކުޅެނީ: ސިކުނޑި ހުޅުވާލުމަކީ ރޯނުއެދުރު ބައްޔަށް އޮތް ފަރުވާއެއް. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ބަޔަކު ރާޒުވާ ކުޅެނީ: ސިކުނޑި ހުޅުވާލުމަކީ ރޯނުއެދުރު ބައްޔަށް އޮތް ފަރުވާއެއް. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މަޝްހޫރު ބޭންޑް މެޒޯގެ ލަވައެއްގައި ކިޔަ އެވެ.

"އަތޮޅު ތެރޭ ގިނަވެއްޖޭ ރޯނުއެދުރު

ދޭދޭ މީހުން މެދުގައި ގޮތްކިޔަމުން ހިނގާ އެދުރު"

މިއީ ދިވެހިންނަށް އޭރުވެސް އަދި މިހާރުވެސް ފަރިތަ މައްސަލައެކެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެ ބުނާ ފަދަ ރޯނުއެދުރަކު ދަންނާނެ އެވެ. އޭނާއަށް އާ ކަމެއް ނުވަތަ ނޭނގޭ ކަމެއް ދަސްކޮށްދޭނޭ އެއްވެސް މީހެއް ވާކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވޭނެ އެވެ. މީހަކު އޭނާއަށް ދޭނޭ ނަޞީޙަތެއް، އިރުޝާދެއް ނޯންނާނެ އެވެ. އޭނާ އުނގުނެންޖެހޭ އެއްވެސް ކަމެއްވެސް ދުނިޔެއަކު ނޯންނާނެ އެވެ. ހުރިހާ ކަމެއްގެވެސް މާހިރަކީ އޭނާ އެވެ. އެދުރަކީ އޭނާ އެވެ. އޭނާ އެ މަޢުލޫމާތަކާ އަދާހަމަ ނުވާ އެއްވެސް މަޢުލޫމާތެއް ނޯންނާނެ އެވެ. އެންމެ މޮޅު ކަމަކީ، އޭނާއަކީ މިއިން އެއްވެސްކަމެއްގެ މާހިރެއްކަން ސާބިތުކޮށްދޭނޭ ޢިލްމެއް، ހުނަރެއް، ފާޑުވެރިކަމެއް އަދި ތަޖުރިބާއެއްވެސް އޭނާގެ ކިބައިގައި ނުހުންނާނަކަމެވެ.

މި ފަދަ މީހުންނަށް ކިޔައި އުޅޭ އެހެން ނަމެއްވެސް އޮވެ އެވެ. ސިކުނޑި ބަންދުކޮށްގެން އުޅޭ މީހުންނެވެ. ނުވަތަ ތިމާއަށް ކަމެއް ނޭނގެއޭ ބުނަން ލަދުގަންނަ މީހުންނެވެ. އެހެންނަމަވެސް މި ވިސްނުން ގެންގުޅުމުން ހަނިވަނީ ޚުދު ތިމާގެ ޤާބިލިއްޔަތެވެ. އަހަރެމެން އިންސާނުންނަށް އައިސްފައިވާ ތަރައްޤީ އާއި ތަހުޒީބުގެ ފަހަތުގައިވަނީ ތިމާމެންނަށް ނޭނގޭ އެތައް ކަމެއް ވާކަން ބަލައިގަނެ އެކަންކަން ހޯދައި ދަސްކުރުމުގެ މުހިއްމުކަމުގެ ފަލްސަފާ އެވެ. ޢިލްމު އުނގެނުމުގެ ފަލްސަފާ އެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި ވަކި ފަންތިއެއްގެ ސަނަދެއް ލިބުމާއެކު އޭނާ އެކަމަކުން "އެދުރު"ވީ އެވެ. އެ މައިދާނުގައި އޭނާއަށް ނޭނގޭ އެއްވެސް ކަމެއް ދެނެއް ނޯންނާނެ އެވެ. އެ މާއްދާގައި ފަހުބަސް ބުނާނީ އޭނާ އެވެ. އެހެން މީހުންގެ ޚިޔާލާއި ހުށަހެޅުންތަކަށް އޭނާ ދެން ދޭނީ ބީރު ކަންފަތެކެވެ. ފެންނަން ހުންނަ ހެކިތަކަށްވެސް އޭނާ ދެން ކަނުވާނެ އެވެ. އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ އެއްވެސް އިންސާނަކު، އެއީ އެތައް ދާއިރާއަކުން ޕީ.އެޗް.ޑީ ނަގާފައިވާ މީހަކަށްވިޔަސް، ހުރިހާ ކަމެއް އެނގޭ މީހަކަށް ނުވާނޭ ކަމެވެ.

ތިމާއަކީ ޙަޤީޤަތުގައިވެސް ކަމެއްގެ މާހިރެއް ކަމުގައިވިޔަސް، ތިމާއަށް ވުރެ މަދު ތަޖުރިބާ ލިބިފައި ހުރި، ތަޢުލީމީ ފެންވަރު ދަށް މީހާގެ ކިބައިންވެސް ތިމާއަށް އާކަމެއް ދަސްވެދާނޭކަން ހަނދާންކުރާށެވެ. އަމުދުން ޑިޖިޓަލް މި ޒަމާނުގައި ބޫމާސް އާއި މިލީނިއަލްސް އެކުގައި މަސައްކަތުގެ މާހައުލުގައި އުޅޭ އިރު، ބޫމަރުންގެ ޢިލްމާއި ތަޖުރިބާ، މިލީނިއަލުންގެ ޓެކްނޮލޮޖީގެ ރަހުމަތްތެރިކަމާ އެކުލަވައިލެވިއްޖެނަމަ، އޭގެން ނިކުންނަ ނަތީޖާ އެތައް ގުނައެއް ފޮނިވާނެކަން، އެފަދަ ހުޅުވާލެވިފައިވާ ވިސްނުމެއްގައި މަސައްކަތްކުރާ ބަޔަކަށް އެނގޭނެ އެވެ.

ދެން މިހާހިސާބުން އަމިއްލަ ނަފުސާމެދު ވިސްނާލަމާ ހެއްޔެވެ؟ ތިމާއަށް ވުރެ މޮޅަށް ފުށްގަނޑެއް މޮޑެލެވޭނޭ މީހަކު ނުވާނޭކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ތިމާއަށް ވުރެ މޮޅަށް ޕްރެޒެންޓޭޝަން ދެވޭނޭ މީހެއް ނުވާނޭ ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ތިމާ ނޫން މީހަކަށް މަގުމަތީ ރަނގަޅަށް ސައިކަލު ނުދުއްވޭނޭކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ތިމާއަށް ވުރެ މޮޅަށް ދަރިފުޅުގެ ލަންޗްބޮކްސް ތައްޔާރުކުރެވޭނޭ މީހެއް ނުވާނޭކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ސޯޝަލް މީޑިއާގައްޔާއި ކެފޭތަކުގެ މޭޒުތަކުގައި، ތިމާއަށް ފާޑުކިޔަން ނޭނގޭ ޤައުމީ މައްސަލައެއް ނޯންނާނޭކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ އެއްވެސް ހާލަތެއްގައި އެއްވެސް މީހަކާ ދިމާއަށް ގުދޯގުދޯގޮވިފައިވޭ ހެއްޔެވެ؟ އެހެންވިއްޔާ، ޚުދު އަހަރެމެން މި ވަނީ ސިކުނޑި ހޮއެ ރޯނުއެދުރުންނަކަށް ނޫން ހެއްޔެވެ؟

ތުއްތު ދަރިންނަށް ފިލާވަޅު ދަސްކޮށްދޭ ވަގުތަކީ އަހަރެމެންގެ ރޯނުއެދުރުކަން މޯޅިއަކަށް ދެމިލައި އަހަރެމެންގެ ޢިލްމާއި ޤާބިލިއްޔަތާ މެދު ފޮނިދައްކާލަން ފަރިވާ ވަގުތެވެ. ތުއްތު ކުއްޖާއަށް ފިލާވަޅު ބައްޓަންކޮށްފައި ހުންނާނީ ޔުނިވާސިޓީ ތަޢުލީމު އުގެނިފައި ހުންނަ މީހާއަށް ފިލާވަޅު ބައްޓަންކޮށްފައި ހުންނަ ގޮތަށް ނޫންކަން ހަނދާނުން ކައްސާލަނީ ހާދަހާ އަވަހަށެވެ. އަހަރެމެން ތުއްތު އިރު ކިޔެވި މަންހަޖާއި މިހާރުގެ މަންހަޖު ތަފާތުކަންވެސް ހަނދާނުން ކައްސާލަނީ، "މަންމަމެން ކިޔެވިއިރު ތިޔަށް ވުރެ މާ ބޮޑެތި އުނދަގޫ ތަކެތި ކިޔެވީމޭ" ކިޔައި ކަނޑާލެވޭ ފޮންޏަކުންނެވެ. މި އާދައިން ސާބިތުކޮށްދެނީ ތިމާގެ ޤާބިލިއްޔަތެއް ނޫނެވެ. ތިމާގެ "ބޮޑުކަން" ދެއްކުމުގެ ނިޔަތުގައި ކުރެވޭ ކަމަކުން، ބޭއިޚުތިޔާރުގައި ނަމަވެސް ތިމާގެ އަމިއްލަ ދަރިފުޅު އޭނާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ގެއްލުވާލެވެނީ ނޫންތޯއެވެ؟ މިކަން ތިމާއަށް ދެނެނުގަނެވުމަކީ، ތިމާގެ ރޯނުއެދުރުކަން ނޫންތޯއެވެ؟

މިއީ ފަރުވާއެއް ނެތް "ބައްޔެއް" ނޫނެވެ. ފުރަތަމަ ކަމަކީ އަހަރެމެންނަށް އެ "ބަލި" ޖެހިފައިވާކަން އަމިއްލައަށް ބަލައިގަތުމެވެ. ޢިލްމުވެރިން ބުނެއުޅެ އެވެ. ތިމާއަށް ނޭނގޭ މިންވަރު އެނގެނީ އުގެނުނު ވަރަކަށެވެ. އެހެންކަމުން އުގެނޭށެވެ. އާ ކަންކަމަށް ސިކުނޑި ހުޅުވާލާށެވެ. އެހެން މީހުންގެ ޚިޔާލާއި ތަޖުރިބާތަކުގެ އަގުވައްޓާނުލާށެވެ. އެ ކަންކަމަށް އިހުތިރާމުކުރާށެވެ. ބައްދަލުވުންތަކާއި މި ނޫންވެސް މި ފަދަ މެހެފިލުތަކުގައި ސަމާލުކަންދީގެން އަޑުއަހަން ދަސްކުރާށެވެ. ޢިމްލަކީ ފުންމިން އެނގެން ނެތް ކަނޑެއްކަން ބަލައިގަންނާށެވެ. ތިމާގެ ޤާބިލިއްޔަތާ މެދު ތެދުވެރިވާށެވެ. "ނޭނގޭ" ބުނުމަކީ ދެރަ ކަމެއް ކަމަށް ދުށުން ހުއްޓާލާށެވެ.

ބަދަލުގައި އަޑުއަހާށެވެ. ސުވާލުކުރާށެވެ. ތިމާ ޖާހިލުކަމަށް ދެކޭ މީހާ ދޭ ޚިޔާލުންވެސް ތިމާއަށް ލިބިދާނޭ ދަރުސެއް ނުތަވަ ޙާޞިލްކުރެވިދާނޭ ޢިބުރަތެއް އޮވެދާނެކަން ބަލައިގަންނާށެވެ. ޙަޤީޤީ ކާމިޔާބީ އާއި ތަހުޒީބަކީ، އެހެން މީހުންގެ ޤާބިލިއްޔަތަށްވެސް އިޙުތިރާމުކުރަން ދަސްވުމެވެ. އަދި ތިމާގެ ޤާބިލިއްޔަތާމެދު ހިތްތިރިކުރަން ދަސްކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox