ކުރު ވާހަކަ: ވޭންތަކުންދިން

ކުރު ވާހަކަ: ވޭންތަކުންދިން

ދުވެދުވެ ވަރުބަލިވަނީ އެވެ. މީހާ ގުނބުހިލި މާނޭވާ ލެވޭގޮތް ވަނީ އެވެ. ކުއްލިއަކަށް ކޮށިއެރި އެވެ. ހީވީ ކަރުބުޑުގައި އެއްޗެއް ތާށިވީހެންނެވެ. ފެންކޮށި އެރުމުން ވާކަހަލަ ގޮތްތަކެއް ވަނީ އެވެ. އަރުތެރެއިން ތޫނު ދިލައެއްގެ އިހުސާސްކުރެވެނީ އެވެ. އަނެއްކާ ވެސް ފެންނާން ފެށީ ބިންމަތީގައި މީހަކު އޮވެ މަރަށް ތެޅޭ މަންޒަރެވެ. އެ މީހާގެ އަނގައިންނާއި ނޭފަތުން ހުދުކުލައިގެ ފޮނަތައް ފައިބަމުން ދިޔަ އެވެ. އޭނާއަށް އަޅައިލާނެ، ހޭހަންކޮށްލާނެ މީހަކު ނެތެވެ. ވަށައި ތިބީން ނަށަނީ އެވެ. ހެނީ އެވެ. މަޖާކުރަނީ އެވެ. ހީވަނީ އެހެން ދުނިޔެއެއްގައި އުޅޭހެންނެވެ. އިންސާނީވަންތަކަން ވެސް ނެތް ހެންނެވެ.

"ހަމީޒާ. ޕްލީޒް. އެންމެ ފަހަރަކު ދަމާލިޔަސް އޯކޭވާނޭ." ކުއްލިއަކަށް ހީވީ ކަންފަތް ބުޑުގައި މީހަކު ސިއްރުން ވާހަކައެއް ބުނެލިހެންނެވެ. ދެ ކަންފަތްމަތީ އަތް އެޅިފައި އިންކަން ހަނދާންނަށް އައީ ވެސް އެ ވަގުތެވެ.

"ނޫން، ނޫން. ދެން އެހެން ނުހެދޭނެ. ނުހެދޭނެ. އަހަރެން ބަދަލުވެއްޖައިން. އެ ދުނިޔެއިން ނުކުމެއްޖައިން." ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

ދެ އަތުން އިސްތަށިގަނޑުގައި ހިފައި ދަމަމުން ދެފައި އެނދުމަތީގައި ކާއްތަމުންނެވެ. ލޯހުޅުވާލެވުނީ މީހަކު ކޮނޑުގައި ހިފައި ތަޅުވާލުމުންނެވެ. އަހަންނަށް ބަލައިލެވުނީ އެނދުމަތީ އިން ޒުވާނާ އަށެވެ. އެއީ އަމީނެވެ. ދެ ލޯ ކާށި ކިބަޔަކަށް ހަދައިގެން އަމީނު އިންގޮތް ފެނިފައި އަހަރެން ބިރު ގަންނަ ގޮތްވި އެވެ. ލުއިގޮތަކަށް ހިނިތުންވެލައި ތުންފަތުގައި ހިނިތުންވުމެއް ކުރަހައިލީމެވެ. ގަދަކަމުން ގެނެވުނު ހަރަކާތާއެކު އަމީނުގެ ދެ ލޮލުން ކާށިކިބަ ނެއްޓުނެވެ.

"ހުވަފެނެއްދޯ. ހަމަޖެހިލަމުން ނޭފަތުން ވައިތައް ބޭރުކޮށްލާ." ފެންތަށްޓާއެކު ބޭސް ދިއްކޮށްލަމުން ނިޔަނެތި ރާގެއްގައި އަމީނު ބުނެލި އެވެ.

ތަށީގައި ހިފައި އެއް ނޭވާއިން ފެންތަށި ދަމައިލާ ބޭސްގުޅަ ދިރުވާލީމެވެ. ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ރަޖާގަނޑުދަށަށް ވަދެ ބާލީހުގައި ބައްދައިލީމެވެ. އެހެން އޮއްވާ ނިދީގެ ވާދީއަށް އަމީނު ދަތުރުކުރި އަޑު އިވެން ފެށި އެވެ.

ތެދުވެ ދެފައިވަށްކޮށްލައިގެން އެނދުގައި އިށީނދެލީމެވެ. ބަލައިލެވުނީ އަމީނުގެ މޫނަށެވެ. އެ މައުސޫމު މޫނުން ފެންނަނީ ނަޒާހަތްތެރިކަމުގެ ސިފަތަކެވެ. އޯގާތެރިކަމާއި ވަފާތެރިކަމެވެ. ލޯތްބާއި ކުލުނެވެ. އަހަރެން ލަދުގަންނަ ގޮތްވި އެވެ. އިސްޖަހައިލެވުނެވެ. އަމިއްލަ ނަފުސާއި އަމީނުގެ ސިފަތަކާ އަޅައި ކިޔައިލެވުނީމަ އެވެ. ދެމީހުން މިޒާޖާއި ޤަބޫލުކުރުން އެއް ކަށްޓާއަކުން ކިރައިލީމެވެ. ޖަވާބު ނުލިބޭނީސް އެއްކަލަ ސުވާލު ތަކުރާރުވި އެވެ. އަމީނަށް އަހަރެން އެކަށީގެން ވޭ ހެއްޔެވެ؟

އާއެކެވެ. އަހަންނަކީ މިއަދު ތެދު އަލިފެއްހެން ފެނުނަސް އަލިފެއް ނޫނެވެ. އުޅެވުނު ގޮތުން ހަޔާތުގެ ރޮނގު ކުރެހުނީ ޢަރަބީގެ ސީނެއްގެ ބައްޓަމަށެވެ. އަލިފާނާއި ފެން ވަކި ނުވަނީސް މައިންބަފައިން އަހަރެން ދޫކޮށްލައިފި އެވެ.

އެ މީހުން ދެއްކި މަގުން ނުދިޔުމުން ކަމަށް ބުނެ އެވެ. އެމީހުންގެ ނުގަބޫލުގައި އަހުސަނަށް ހިތްދެވުނީމަ އެވެ. އޭނާގެ ހިޔަނީގައި ޅަފުރާ ގުނުނީމަ އެވެ. އަހުސަނުގެ އެދުމަށް އެންމެ ފަހަރަކު ދަމައިލެވުނު ސިނގިރޭޓާއެކު އަހަރެން ގެންގޮސް ބެހެއްޓީ އެހެން ދުނިޔެއެއްގަ އެވެ. މަންމަމެންގެ ޝަކުވާތަކާއެކު ބަރާވަމުން ދިޔަ ސިކުނޑިއަށް ލުއި ކޮށްލުމަށް އަހުސަނާއެކު ކޮންމެ ރެޔަކު އެ ސަކަރާތެއްގައި އުޅެނިކޮށް އަހުސަނު އޯވަޑޯޒްވީ އެވެ. އެހައި ހިސާބުން އަހަރެންގެ ވިސްނުމުގެ ކަށި ހަރަކާތްކުރާން ފެށީ އެވެ. އަހުސަނަށް ވީގޮތާއި އޭނާ އުޅުނު ހާލު ނިދައިފައި އޮތަސް ހޭލާ ހުއްޓަސް ތަކުރާރުވަނީ އެވެ. އަހުސަނު މަރަށް ތެޅިތެޅި އޮއްވާ އަހަރުމެންނަށް އެކަން މަޖަލަކަށްވީ ގޮތުންނެވެ. އަހަންނަށް ވެސް އެހެންވެދާނެތީ ބިރުގަންނާން ފެށީ އެވެ.

އަހުސަނުގެ ޚިޔާލުތަކާއެކު މީހާ ގެނބެމުންދިޔަ އަޑިގަނޑުން އެރުނީ ފަޒާލްގެ އަތުގައި ހިފުނީމަ އެވެ. ސްކޫލުގައި އުޅުނު އިރުން ފެށިގެން އަހަންނަކީ އައިޓީއަށް އަހުލުވެރި މީހެކެވެ. އަހުސަނާއެކު އުޅުނުއިރު، އައިޓީ ދާއިރާގެ ކިބަޅިފަރާތަށް ވަދެވުނެވެ. ވައްކަމާއި ފަސާދައިގެ ދޮރުހުޅުވާނެ ގޮތްތައް ދަސްވި އެވެ. ކުންފުނިތަކުގެ ސައިޓުތައް ހެކުކޮށް އޮފީސްތަކުގެ އޮންލައިން ޕޯޓަލްތަކުން ސިއްރުން މައުލޫމާތު ހޯދުމަކީ ދުވަހީ މަސައްކަތަށްވި އެވެ. ވަޒީފާއެއް ގޮތަށް އެކަން ކުރާން ފަޒާލު ފުރުސަތުދިނެވެ. ބަދަލުގައި އޭނާގެ ފަރާތުން ލޯތްބާއި އަޅައިލުން އޮހެންފެށި އެވެ. ޙައްޤަކަށް ނުޙައްޤަކަށް ބެލުމެއްނެތި ތަނަވަސްކަމާއި ތިޔާގިކަމުގައި އުދުހެވެން ފެށުނެވެ. އެހެންވެ ފަސާދައާ ދެކޮޅަށް މަސައްކަތްކުރާ ދައުލަތުގެ ފާރަވެރި ލޯތައް އަހަރުމެންނަށް އަމާޒުވެ، ޤާނޫނުގެ ދިގުއަތް އަހަރުމެންނާ ހަމައަށް ފޯރި އެވެ.

އަމީނު އަހަންނަށް ފެނުނީ ފިރިހެނުން މަތިން ފޫހިވެފައިވާ ހާލު ކުޑަގޮޅީގެ ބިއްދޮށުގައި އިންދަ އެވެ. ޑޮކުޓަރެއްގެ ގޮތުގަ އެވެ. އޭނާ ފަރުވާދިނީ އަހަރެންގެ ހިތަށެވެ. އަހަރެންގެ ވިސްނުން ބަދަލުކުރުވީ އޭނާއެވެ. ހުރިހާ ފިރިހެނުން އެއްގޮތް ނުވާނެކަމަށް އަންގައިދީގެންނެވެ. ކުށެއް ކުރެވުމަކީ ދުނިޔެ މަތީން ފޫހިވާން ޖެހޭކަމެއް ނޫންކަން ބުނެދީގެންނެވެ. ތައުބާގެ ދޮރުތައް އަބަދުމެ ހުޅުވިފައި ހުންނަކަން ކިޔައިދީގެންނެވެ. މިފަދަ ހުރިހާ ކަމެއް އާއްމުވަނީ މުޖުތަމައުގައި ފަސާދައަށް ހުޅުވިފައިވާ ދޮރުތައް ބަންދު ނުކުރެވޭތީކަން ބުނެދީގެންނެވެ. އެ ދޮރުތައް ބަންދުކުރުމުގައި ވެސް ފަރުދީ ޒިންމާ އޮތްކަން ވިސްނައިދީގެންނެވެ.

މިއަދު އަހަރެން ބޭނުންވަނީ އުނގު ފަޅުފިލާނެ ގޮތެކެވެ. އެކަން ވާކަށް ނެތެވެ. އެއީ ފަސާދައިގެ ދުނިޔެއިން އަހަންނަށް ދިން ހިތިވޭނެވެ. މީހުންނާއި ނުމީހުން އޮޅި، ހުރަސްކުރާން ނުވާ ރޮނގުތައް ހުރަސް ކުރުމުގެ ކައްފާރާ އެވެ. އަމީނު އަހަރެންގެ އަތުގައި ހިފީ މި ހުރިހާ ކަމަކުން އަހަރެން ސަލާމަތްކޮށްދީ ފަރުދީ ޒިންމާއެއް އޮތްކަން ބުނެދެމުންނެވެ. އަރާމު ނިންޖެއްގައި އޮތް އަމީނުގެ މޫނަށް ޝުކުރުވެރިކަމާއެކު ބަލައިލަމުން އެނދުގައި އޮށޯވެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ވޭންތަކުން ދިން ހިތި މާޒީން ބާޒީ އަތުލުމުގެ ވިސްނުމުގައެވެ. އެ ޢަޒުމުގަ އެވެ. (ނިމުނީ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox