ކޮންމެ މީހަކަށް ފަސް ޓިކެޓް، އެންމެންގެ ވެކްސިން ކާޑު ބޭނުންވާނެ

Sep 29, 2021, 5:06 AM
2016 ވަނަ އަހަރު ކުޅުނު ގައުމީ ޓީމުގެ ހާއްސަ މެޗެއްގެ ތެރެއިން.-

2016 ވަނަ އަހަރު ކުޅުނު ގައުމީ ޓީމުގެ ހާއްސަ މެޗެއްގެ ތެރެއިން.-

އަންނަ ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކަން މިއަދު މެންދުރު ފަހު ފަށަން ނިންމާފައިވާއިރު، ކޮންމެ މީހަކަށް ވެސް ގިނަވެގެން ފަސް ޓިކެޓް ވިއްކާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން ބުނީ ކޮންމެ މީހަކަށް ފަސް ޓިކެޓް ވިއްކާގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެ ޓިކެޓަށް ދަނޑަށް ވަންނަ ކޮންމެ މީހެއްގެ ވެކްސިން ކާޑާއި އައިޑީ ކާޑު ޓިކެޓް ގަންނަން އަންނަ މީހާ ގެންނަން ޖެހޭނެ ކަމަށެވެ. މި ގޮތަށް ހަމަޖެއްސީ ޓިކެޓަށް ދަނޑަށް ވަންނަ މީހަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ މީހަކަށް ހެދުމަށެވެ.

މި ފަހަރުގެ މުބާރާތުގެ ޓިކެޓް ވިއްކާނީ ކޮންމެ "މެޗު ޑޭ" އެއް ވަކިންނެވެ. އެެހެން ކަމުން މިއަދާއި މާދަމާ ޓިކެޓް ވިއްކާނީ ހުކުރު ދުވަހު ކުޅޭ މުބާރާތުގެ ފުރަތަމަ ދެ މެޗަށެވެ.

ހުކުރު ދުވަހު ހަވީރު ސްރީލަންކާ އާއި ބަންގްލަދޭޝް ކުޅޭއިރު، އެރޭ ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލް އެވެ. ކޮންމެ މެޗެއްގެ ޓިކެޓް ވެސް ވިއްކާނީ ވަކި ކައުންޓަރަކުންނެވެ. އެ ގޮތުން ރާއްޖެ މެޗުގެ ޓިކެޓް ވިއްކާނީ އޮލިމްޕަސް ކައިރި ކައުންޓަރުންނެވެ. އަދި ލަންކާ އާއި ބަންގްލަދޭޝް މެޗުގެ ޓިކެޓް ގަންނަން ލިބޭނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ސިޑިބަރި ކައިރީ ކައުންޓަރުންނެވެ.

ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75ރ އެވެ. މިއަދު މެންދުރު ފަހު 14:00 އިން ފެށިގެން މިރޭ 23:00 އަށް ޓިކެޓް ވިއްކާނެ އެވެ. އަދި މާދަމާ ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ވަގުތުތަކަކީ 10:00 އިން 18:00 އަށާއި 20:00 އިން 23:00 އަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗު ޝެޑިއުލް.

ކޮވިޑް-19ގެ ސަބަބުން ސިއްހީ ގައިޑްލައިންތަކަށް އަމަލުކުރުމުގައި ސަމާލުވުމުގެ ގޮތުން އެފްއޭއެމުން ވަނީ ބައެއް ކަހަލަ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. ދަނޑުތެރޭގައި އުޅޭއިރު ސަޕޯޓަރުން އަމަލުކުރަން ޖެހޭ ގައިޑްލައިނެއްގެ ގޮތުގައި އެންމެ ބޮޑަށް ކަނޑައަޅާފައިވަނީ މާސްކް އެޅުމާއި ގައިދުރު ކަމަށް އިސްކަން ދިނުމަށެވެ. ދަނޑުގެ އެކި ސަރަހައްދުގައި ސެނިޓައިޒާ ފުޅިތަކެއް ބެހެއްޓުމަށް ވެސް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމުން ނިންމާފައިވަނީ ދަނޑަށް މެޗު ބަލަން ވަނުމަށް ފަހު ނުކުމެވޭނީ މެޗު ނިމުމުން ކަމަށެވެ. މިއީ ކޮވިޑްގެ ހާލަތެއް ކަމަށްވާތީ ސަޕޯޓަރުން ވަދެ ނުކުމެ އުޅުން މަދުކުރަން ދަނޑުގައި ކެންޓީން ފަދަ ތަންތަން ހެދުމަށް ވަނީ ނިންމައިފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ކޮވިޑް-19ގެ ހާލަތަށް ފަހު ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅޭނެ ފުރަތަމަ މުބާރާތެވެ. މިދިޔަ މަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް މާލޭގައި ހޯސްޓްކުރިއިރު، ސަޕޯޓަރުން ވައްދަން ހުއްދައެއް ނެތެވެ. ސާފް ޗެމްޕިއަންޝިޕަށް ސަޕޯޓަރުން ވައްދަން ހުއްދަ ލިބުނީ އެފްއޭއެމުން ސަރުކާރާ ގުޅިގެން ކުރި ގިނަ މަޝްވަރާތަކަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox