ވެމްކޯގެ ކުރީގެ އެމްޑީގެ ޝިފާއުގެ މައްޗަށް އަނެއްކާވެސް ކޮރަޕްޝަނުގެ ދައުވާއެއް

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝިފާއު: ކުރިން ޝިފާއުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޑަމްޕްޓްރަކެއް ހޯދުމުގައި ހިޔާނަތް ހިންގި ކަމަށް ބުނެ. -- ފޮޓޯ: ޕީއެސްއެމް ނިއުސް

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝިފާއު: ކުރިން ޝިފާއުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޑަމްޕްޓްރަކެއް ހޯދުމުގައި ހިޔާނަތް ހިންގި ކަމަށް ބުނެ. -- ފޮޓޯ: ޕީއެސްއެމް ނިއުސް

ވެމްކޯގެ ބޭނުމަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ސޮފްޓްވެއާއަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނީ، "ވެށިފާރަ" ނަމުގައި ކަސްޓަމާ މެނޭޖްމަންޓް ސޮފްޓްވެއާއެއްގެ މަސައްކަތް ޖޫން 11، 2017 ގައި އެއްވެސް އިއުލާނުކުރުމެއް ނެތި ނޮނި ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަަމަށެވެ. އަދި އެއް މިލިއަން ރުފިޔާއަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އެމަޖެންސީ މަސައްކަތެއްގެ ގޮތުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ތަހުގީގަށް ފާހަގަވި ގޮތުގައި، ނޮނި ސޮލިއުޝަންސްގެ ވެރިޔާއާއި ޝިފާއުއާ ދެ މީހުންގެ ގާތްގުޅުމެއް އޮވެ އެވެ. އަދި މިކަމާ ގުޅިގެން ކުރެވުނު ތަހުގީގުގައި މި ސޮފްޓްވެއާ ނޮޮނި ސޮލިއުޝަންސްއާ ހަވާލުކުރުކުމުގެ މަސައްކަތް ކުރެވުނީ ސީދާ ޝިފާއުގެ ބެލުމުގެ ދަށުން ކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން މިކަމާ ގުޅޭ ހުރިހާ އެއްބަސްވުންތަކެއް ވެސް ސޮއިކުރީ ޝިފާއު ކަމަށް އޭސީސިން ބުންޏެވެ. އަދި އޭގެ ފަހުން އެކި ދުވަސްމަތިން ނޮނި ސޮލިއުޝަންގެ ވެރިޔާގެ އެކައުންޓުން ޝިފާއުގެ އެކައުންޓަށް ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ.

މި މައްސަލައިގައި ޝިފާއުގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން ނާޖައިޒު މަންފާ ހޯދައިދިނުމުގެ ދައުވާއަކާއި ނާޖާއިދު ފައިދާ ހޯދުމުގެ ދައުވާއެކެވެ.

މިއީ ޝިފާއު ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި ދުވަސްވަރު ހިންގި ކަމަށް ތުހުމަތުކުރެވޭ ދެވަނަ ހިޔާނާތުގެ މައްސަލަ އެވެ. އަނެއް މައްސަލައިގައި އޭނާއަށް ދައުވާކުރަން ފޮނުވީ ބާ ޑަމްޕްޓްރަކެއް އާ އެއްޗެއްގެ ގޮތުގައި ގަނެގެން އެހެން މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމުގެ މައްސަލައެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox