ޕަފޯމަންސް އެލަވަންސް އަލުން ދޭން ފެށޭނީ އާމްދަނީ ރަނގަޅުވެގެން: އަމީރު

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެއަށް މީހަކު ވަންނަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެއަށް މީހަކު ވަންނަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން، ސިވިލް ސާވިސް މުވައްޒަފުންނަށް ދެމުން އަންނަ ޕަފޯމަންސް އެލަވަންސް އަލުން ދޭން ފެށޭނީ އާމްދަނީ ހާލަތު ރަނގަޅުވުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުން ފެށިގެން ސިވިލް ސާވަންޓުންނަށް ސެޓްފިކެޓް އެލަވަންސާއި ޕަފޯމަންސް އެލަވަންސް ދިނުން ހުއްޓާލާފައިވާ ކަމުގެ ޝަކުވާ ބައެއް މުވައްޒަފުންގެ ފަރާތުން ލިބެމުންދާތީ އެ އެލަވަންސްތައް އަލުން ދޭން ފެށޭނެ ތާރީހާ ގުޅޭގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުالله ޝަފީގު ކުރެއްވި ސުވާލަށް އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައި އޮތީ ކޮވިޑާއެކު އާމްދަނީ ލިބުން ދަތިވުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި ކަމަށެވެ.

އެގޮތުން، މުވައްޒަފުންނަށް ހިނގާ ހަރަދު ފަދަ ކޮވިޑަށް ނުވާ ހަރަދުތައް ކުޑަކުރުމުގެ ތެރެއިން ސިވިލް ސާވަންޓުންނަށް ދެމުން އައި ސެޓްފިކެޓް އެލަވަންސްއާއި ޕަފޯމަންސް އެލަވަންސް ދިނުން މެދުކަނޑާލަންޖެހުނު ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑުގެ ކުރީގެ ހާލަތަށް އިގުތިސޯދާއި ދައުލަތުގެ މާލީ ހާލަތު ރުޖޫއަވާނެ ކަމަށް ލަފާކުރެވެނީ 2023 ގައި ކަމަށްވާއިރު، ޑެފިސިޓާއި ދަރަނި އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ހަރަދުތައް ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓަންޖެހެ އެވެ.

ދައުލަތުގެ މާލީ ހާލަތު އެގޮތަށް އޮތް ނަމަވެސް، ގިނަ އިދާރާތަކެއްގެ އެދުމުގެ މަތިން، ޕްރޮމޯޝަނާއެކު ސިވިލް ސާވަންޓުންނަށް ލިބޭ ސެޓްފިކެޓް އެލަވަންސް މިހާރު ދޭން ފަށާފައިވާކަމަށް އަމީރު ވިދާޅުވި އެވެ.

"ޕަފޯމަންސް އެލަވަންސް އަދި ދޭން ފަށާފައިނުވާއިރު، މި އެލަވަންސް ދޭން ފަށަން އެންމެ އެކަށީގެންވަނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައިގެންގޮސް، ފިސްކަލް ސްޓްރެޓަޖީ ދެމެހެއްޓެނިވި މިންގަޑަކަށް ރުޖޫއަވުމުން ކަމަށް ފެނޭ،" މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވި އެވެ.

އަމީރު
އަމީރު

ފިނޭންސް މިނިސްޓަރު އަމީރު މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެކަން ތަންފީޒު ކުރާނެ އިންތިޒާމެއްގެ ހޯދުމުގެ އިތުރުން، ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްތަކުގެ ހަމަހަމަކަން އިތުރުކުރުމުގެ މަސައްކަތްތައް ނެޝަނަލް ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި ކޮވިޑާ ގުޅިގެން ދައުލަތަށް ގެއްލިގެންދިޔަ އާމްދަނީއަކީ މުސްތަގުބަލުގައި ވެސް ލިބެން އޮތް އާމްދަނީއެއް ނޫން ކަމުން، މި އެލަވަންސްތައް ނުލިބި ދުވަސްތަކަށް ފައިސާ ދޭން ނުފެންނަ ކަމަށް ވެސް އަމީރު ވިދާޅުވެފައި ވެ އެވެ.

މުސާރައިގެ މައްސަލައިގައި ބޮޑުވެފައި

މުސާރައިގެ ކަންބޮޑުވުންތައް ހައްލުކޮށް ދިނުމަށް ގޮވާލައި، މިދިޔަ ހަފްތާގެ ތެރޭގައި ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންތަކެއް ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ އެ ހަރަކާތަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުރި ހިމޭން އިހުތިޖާޖެކެވެ. އެގޮތުން، ކަޅުހެދުމުގައި އޮފީސްތަކަށް ނުކުތުމުގެ އިތުރުން ބައެއް އޮފީސްތަކުގައި މަސައްކަތް ވެސް ހުއްޓައިލި އެވެ.

އެކަމާ ގުޅިގެން ޕޭ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މުސާރައިގެ އާ އޮނިގަނޑާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.

ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށާއި އެ ކަން މިއަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އޭރަށް މުސާރަ ކަނޑައަޅާއިރު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އިލްމާއި ގާބިލްކަމާއި މަސައްކަތުގެ ބުރަކަމުގެ އިތުރުން މަސައްކަތު މާހައުލުގައި ކުރިމަތިލާން ޖެހޭނެ ބުރަތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރު އިއުލާން ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ. އޭރަށް ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox