އިންޑިއާގައި އަސްކަރީ ތަމްރީނެއް ފުރިިހަމަކުރަމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުންނުވުމުން، އެކަންނުކުރާ ކަމަށް ސިފައިންގެ އިން ބުނެފި އެވެ.
ސުލްތާންގެ ހަށިގަނޑު މިއަދު ވަނީ މާލެ ގެނެސްފަ އެވެ. އޭނާގެ މައްޗަށް މިރޭގެ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ކަށުނަމާދުކުރުން އޮންނާނެ އެވެ. ޖަނާޒާގެ ކަންކަން ކުރިއަށްގެންދާނީ ރަސްމީ އިއްޒަތުގަ އެވެ.
ސުލްތާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އޭނާ ނިޔާވީ ވަރަށް ބުރަ ފިޒިކަލް ޓްރޭނިންއެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ.
"އިންޑިއަން އެކްސްޕްރެސް" އަށް ޕޫނާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕޮނިމާ ގައިކްވަޑް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ސުލްތާންގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނެތް ކަމަށެވެ. އެހެންނަމަވެސް އިންޑިއާގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން މަރު ތަހުގީގުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އާއިލާ އިން ދެކޮޅު ހެދުމުން އެކަން ނުކުރަން ނިންމީ އެވެ.
އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް ކޯހުގެ ތަމްރީނުތަކުގައި ސުލްތާން ގުޅުނީ މި އަހަރުގެ މާޗު މަހު އެވެ. އޭނާގެ ކޯސް ނިމޭ ގޮތަށް އޮތީ މާޗު 2024 ގަ އެވެ.
ސުލްތާނަކީ އޭނާގެ އާއިލާގައި ތިބި އެއްބަނޑު އެއްބަފާ ކުދިންގެ ތެރެއިން އެންމެ ހަގު އަދި ހަމައެކަނި ފިރިހެން ކުއްޖާއެވެ.













