އިންޑިއާގައި ތަމްރީނު ހަދަމުން ދިޔަ ދިވެހި ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
"އަަދަދު" އަށް އިނގެފައިވާ ގޮތުގައި އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމް މަރުވީ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑެމީގައި ތަމްރީން ހަރަކާތެއްގައި އުޅެނިކޮށެވެ.
އެމްއެންޑީއެފްއިން ވަނީ ތަމްރީންތަކެއްގައި ރާއްޖެއިން ބޭރުގައި އުޅުނު ދިވެހި ސިފައިންގެ މީހަކު މަރުވެފައިވާކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް, އެކަމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މައްޔިތާގެ ހަށިގަނޑު ރާއްޖެ ގެނެއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.














