ވަނުއަޓޫ އިން މޫސުމީ ބަދަލުގެ މައްސަލަ އދ. ގެ ކޯޓަށް ގެންދަނީ

ވަނުއަޓޫ އަށް އެރި ތޫފާނެއްގައި ރިސޯޓަކަށް ބޮޑެތި ގެއްލުންތައް ލިބިފައި. -- ފޮޓޯ: އޭއެފްޕީ

ވަނުއަޓޫ އަށް އެރި ތޫފާނެއްގައި ރިސޯޓަކަށް ބޮޑެތި ގެއްލުންތައް ލިބިފައި. -- ފޮޓޯ: އޭއެފްޕީ

ސިޑްނީ، އޮސްޓްރޭލިއާ (ސެޕްޓެމްބަރު 25) - މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރާ ގުޅޭ ގާނޫނީ ލަފަޔެއް ހޯދުމަށް ވަނުއަޓޫ އިން އދ. ގެ އެންމެ މަތީ ކޯޓަށް ދާން މަސައްކަތް ފަށައިފި އެވެ.

ވަނުއަޓޫ އަކީ ޕެސިފިކް ކަނޑުގައި އޮންނަ ކުޑަ، ޖަޒީރާ ގައުމެކެވެ. ރާއްޖެއާ އެއް ގޮތަށް، ވަނުއަޓޫއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމެވެ.

އދ. ގެ އެންމެ މަތީ ކޯޓަށް ދާން ވަނުއަޓޫ އިން ނިންމިކަން އިއުލާނުކޮށްފައި ވާއިރު، މޫސުމީ ބަދަލާ ގުޅޭ އދ. ގެ ބޮޑު ބައްދަލުވުން އޮންނާނީ އަންނަ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގަ އެވެ.

ވަނުއަޓޫގެ އަމާޒަކީ މޫސުމީ ބަދަލުގެ ސަބަބުން އުފެދިފައިވާ ކާރިސާގެ ބޮޑުކަން ދުނިޔޭގެ އެންމެ މަތީ ގާނޫނީ އިދާރާ މެދުވެރިކޮށް ހާމަކުރުމެވެ.

ނަމަވެސް އެ ކޯޓުން ނެރޭ ގާނޫނީ ލަފަޔަކީ އެއަށް އަމަލު ކުރުން ކޮންމެހެން މަޖުބޫރު އެއްޗެއް ނޫނެވެ. ނަމަވެސް ވަނުއަޓޫ އިން އުއްމީދު ކުރަނީ އެ ލަފާގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ މުސްތަގްބަލަށް ބޭނުންވާ ބައިނަލްއަގްވާމީ ގާނޫނުތައް ހެދުމުގެ މޫސުމީ ބަދަލުން އިންސާނީ ހައްގު ގެއްލޭ ގޮތުގެ މައްޗަށް ބަލާނެ ކަމަށެވެ.

ނަމަވެސް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުގެ ލަފަޔަކަށް އެދި އެއްވެސް ދައުލަތަކަށް ހުށަނޭޅޭނެ އެވެ.

އެހެންވެ، 300،000 މީހުންގެ އާބާދީއެއް އޮންނަ ވަނުއަޓޫ އިން މަސައްކަތް ކުރާނީ ކޯޓުގެ ލަފާ ހޯދަން ދިޔުމަށް އެހެން ގައުމުތަކުގެ ތާއީދު ހޯދުމަށެވެ.

ވަނުއަޓޫ ސަރުކާރުގެ ތަރުޖަމާނު ޔްވޮން ބެސިލް ވިދާޅުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަށާ އދ. ގެ އާއްމު މަޖިލީހުގައި އެކަމާ ގުޅޭ ވޯޓަކަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކެޓެގަރީ ދޭއްގައި ހިމެނޭ ތެ ތޫފާން އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ވަނުއަޓޫ އަށް ލޮނުގަނޑު އުފުލުމުގެ މައްސަލަ އާޢި ރަށް ގިރުމުގެ މައްސަލަ ވެސް ދިމާވެ އެވެ.

އެ ގައުމުން ބުނީ ޕެސިފިކް ކަނޑުގައި އޮންނަ އެހެން ގައުމުތަކާއި މޫސުމީ ބަދަލާ ގުޅޭ ކަންކަމުގައި އެއް ވިސްނުމެއް ގެންގުޅޭ ގައުމުތަކުގެ ތާއީދު ހޯދާނެ ކަމަށެވެ.

"މޫސުމީ ބަދަލާ ގުޅިގެން ހިނގާ ކަންކަމުގައި ބޮޑެތި ގެއްލުންތައް ލިބުމުގެ ވާހަކަތަކަކީ މިހާރު މާ ހާއްސަ ވާހަކަތަކެއް ނޫން،" އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އޭގެ ބަދަލުގައި މިހާރު އެއީ އާދައިގެ ކަމަކަށް ވެއްޖެ. ޖަޒީރާ ހުރިހާ ގައުމަކާއި އެހެން ބައެއް ގައުމުތަކާއި ހިސާބުތަކުގައި ވެސް އެއީ މިހާރު ނިއު ނޯމަލް."

މޫސުމީ ބަދަލުގެ މައްސަލަ އދ. ގެ ކޯޓަށް ގެންދަން އަޑު އުފުލަމުން ދިޔަ ޕެސިފިކް ޖަމިއްޔާއަކުން ވަނީ ވަނުއަޓޫ ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

"ޕެސިފިކް ރައްޔިތުންނާއި އެހެން ފްރަންޓްލައިން ކޮމިއުނިޓީތަކުގެ ހައްގު ހޯދުމަށް، މި ކާރިސާ ހައްލު ވާނެ ގޮތްތައް ބަލަން ޖެހޭ،" ޕެސިފިކް އައިލެންޑްސް ސްޓުޑެންޓްސް ފައިޓިން ކްލައިމެޓް ޗޭންޖުގެ ބަޔާނެއްގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox