އޭޝިއާ މުބާރާތަށް ގައުމީ ޓީޓީ ޓީމު ގަތަރަށް

Sep 25, 2021, 4:33 AM
އޭޝިއާ މުބާރާތަށް ގައުމީ ޓީޓީ ޓީމު ގަތަރަށް

އަންނަ އަންގާރަ ދުވަހު ގަތަރުގެ ދޯހާގައި ފަށާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރޭ ގައުމީ ޓޭބަލް ޓެނިސް ޓީމު ގަތަރަށް ފުރައިފި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޝިއާގެ ޓީޓީ ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުގައި ހިމެނެނީ ޖުމްލަ އަށް ކުޅުންތެރިންނެވެ. އެއީ އަންހެން ހަތަރު ކުޅުންތެރިންނާއި ފިރިހެން ހަތަރު ކުޅުންތެރިންނެވެ.

ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ހަތަރު އަންހެން ކުުޅުންތެރިންނަކީ ފުރަތަމަ ފަހަރަަށް ބައިނަލްއަގުވާމީ މި ފެންވަރުގެ މުބާރާތެއްގައި ވާދަކުރާ އުމުރުން 13 އަހަރުގެ މިޝްކާ މުހައްމަދު އިބްރާހިމް އާއި ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ އެވެ. ފިރިހެން ހަތަރު ކުޅުންތެރިންނަކީ އަކްޔާލް، މޫސާ މުންސިފް، ޝައްފާން އިސްމާއިލްގެ އިތުރުން ޒީސްތު ނަސީމް އެވެ.

ޓީޓީ އެސޯސިއޭޝަނުން އޭޝިއާ މުބާރާތެއްގެ ޓާގެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެކުނު އެފްރިކާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީމް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުމެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުމަށް ފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ޓީޓީ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެެެވެ. ގައުމީ ޓީޓީ ޓީމު މި ގޮތަށް އެންމެ ފަހުން ވާދަކުރީ 2019 ވަަނަ އަހަރު ޑިސެމްބަރުގައި ކަތުމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. މިދިޔަ މަހު މާލޭގައި ބާއްވަން ބެލި ބައިނަލްއަގުވާމީ ދެ ޓީޓީ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

މި ފަހަރުގެ އޭޝިއާ މުބާރާތުގައި ގައުމީ ޓީޓީ ޓީމަށް އިރުޝާދުދޭނީ މިދިޔަ މާޗް މަހު ގައުމީ ޓީޓީ ޓީމާ ހަވާލުވި ގްރީސްގެ ފެންވަރު ރަނގަޅު ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެވެ. ކޮންސްޓަންޓީނޯސްގެ އެދުމަށް މިދިޔަ މަހު ގްރީސްގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ޕެނަޖިއޯޓިސް ޖިއޯނިސް ވަނީ ދިވެހި ކުޅުންތެރިންނާ އެކު ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. ޖިއޯނިސް ރާއްޖެ އައީ ޓޯކިޔޯ އޮލިމްޕިކްސް އަށް ފަހު ޗުއްޓީ އަކަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox