ޖާބިރަށް ސެކިއުރިޓީ ދޭން އެމްއެންޑީއެފްގައި މަޖިލީހުން އެދިއްޖެ

ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު: އޭނާއަށް ސެކިއުރިޓީ ދޭން ވަނީ އެދިފައި

ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު: އޭނާއަށް ސެކިއުރިޓީ ދޭން ވަނީ އެދިފައި

ކާށިދޫ ދާއިރާގެ މެމްބަރު، އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު، އަބްދުﷲ ޖާބިރުއަށް ސެކިއުރިޓީ ދޭން ރައްޔިތުން މަޖިލީހުން އެމްއެންޑީއެފްއަށް އަންގައިފި އެވެ.

މަޖިލީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު "އަދަދު"އަށް ވިދާޅުވީ އއ. މަތިވެރީ ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރާ ދެކޮޅަށް އަޑުއުފުލައި، އޭނާއަށް ހަމަލާ ދިން މައްސަލާގައި މެމްބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އެހެންވެ, ޖާބިރު އެދިވަޑައިގެންނެވި ގޮތަށް އޭނާއަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ސެކިއުރިޓީ ފޯރުކޮށްދެން އެމްއެންޑީއެފްގައި މަޖިލީހުގެ ފަރާތުން އެދިފައިވާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހަށް ޖާބިރު ފޮނުއްވި ސިޓީގައި ވަނީ އޭނާ މަރާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ލިބެމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އެމްއެންޑީއެފްގެ އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީއަށް އެދިވަޑައިގެންފަ އެވެ.

މި ސިޓީގެ އިތުރުން ޖާބިރު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ދެ ސުވާލެއް ކުރައްވަން ހުށަހަޅުއްވާފަ އެވެ.

titledesc

މަތިވެރީ ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރާ ދެކޮޅަށް އަޑުއުފުލަން ނިކުތީ އޭނާގެ ގެސްޓްހައުސްއެއް ހަދާފައިވާ އެރަށުގެ ބިމަކަށް ކުލި ނުދައްކާ ކަމަށް ބުނެ އެވެ. ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެ ބިމުގެ ކުލީގެ ގޮތުގައި ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށް މަތިވެރީ ރައްޔިތުން ބުނެ އެވެ. ތުހުމަތު ކުރާ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން އެ ބިމަށް ކުލި ނުދައްކަ އެވެ.

މިފަހުން ޖާބިރު މަތިވެރި ކައުންސިލް ރައީސްއަށް އިންޒާރުތަކެއް ދިނުމަށްފަހު ހުތުރުބަހުން މުއާމަލާތު ކުރައްވާ އޯޑިޔޯއެއް ވެސް އާންމުވެފައިވެ އެވެ. އެ ރަށަށް ޖާބިރު ވަޑައިގެންނެވުމުން ހަމަނުޖެހުން ހިނގީ އެ އޯޑިޔޯ ލީކްވުމަށްފަހު އެވެ.

މަތިވެރީ ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރާ ދެކޮޅަށް އަޑުއުފުލައި، އޭނާއަށް ހަމަލާ ދިނުމުން ޖާބިރު އެންމެ ފުރަތަމަ ވަޑައިގެން ހިމާޔަތް ހޯއްދެވީ ޕޮލިސް ސްޓޭޝަނުންނެވެ.

ފަހުން އެސްއޯ ފުލުހުންގެ ފައުޖެއްވެސް ވަނީ އެ ރަށަށް އަރާ މެމްބަރަށާއި އާއިލާއަށް ހިމާޔަތް ދީފަ އެވެ. ޖާބިރާއެކު އޭނާ ދަރިއެއް ވެސް އެ ރަށުގައި ހުއްޓެވެ.

ޖާބިރަށް ހަމަލާދޭން އުޅުނީ ޓެރެރިސްޓުންގެ ޖަމާއަތެއް ކަމަށް ބުނެ އޭނާ ލީޑްކުރާ ޑީއާރުޕީއިން ވަނީ މިއަދު ބަޔާނެއް ނެރި، އެ އަމަލު ކުއްވެރިކޮށްފަ އެވެ. އަދި, ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވެސް މަތިވެރީގައި ހަރުކަށި ފިކުރުގެ ބަޔަކު އޮޕަރޭޓް ކުރަމުންދާ ކަމަށް ވިދާޅުވެ, އެކަން ބެލުމަށް ގޮވާލައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox