ޕްރެޝަރު ބޮޑުވެ ކޫމަން ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތެއް ނުދިން!

Sep 22, 2021, 5:22 PM
ޕްރެޝަރު ބޮޑުވެ ކޫމަން ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތެއް ނުދިން!

ބާސެލޯނާ (ސެޕްޓެމްބަރު 22) - ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން އަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކަށް އެއްވެސް ފުރުސަތެއް ނުދީ ބައްދަލުވުން ނިންމާލައިފި އެވެ.

އެންމެ ފަހުން ބާސެލޯނާ ކުޅުނު ދެ މެޗުން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވިއިރު، ގްރަނާޑާއާ ވަނީ ފަހު ވަގުތު 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ، ކޫމަން މަގާމުން ދުރުކުރަން އުޅޭ ވާހަކަ މީޑިއާގައި އޮތީ ދެކެވިފަ އެވެ.

އުމުރުން 58 އަހަރުގެ ކޫމަން މިއަދު ނޫސްވެރިންގެ ބައްދަލުވުން ފެށި ގޮތަށް އޭނާ ދެކޭ ގޮތަށް ބައެއް ކަންތައްތައް ވަނީ ނޫސްވެރިންނަށް ކިޔައިދީފަ އެވެ.

އެ ގޮތުން ކޫމަން ބުނީ ބާސެލޯނާ އަށް މިހާރު ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން ޓީމަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި މީގެއިން ހައްލެއް އޮތީ މިހާރު ތިބި ކުޅުންތެރިންނަށް ވަގުތު ދީގެން ކަމަށެވެ.

"މި ޓީމުން މިހާރު ފުރުސަތު ދެމުން މި އަންނަ ޒުވާން ކުޅުންތެރިންނަކީ މުސްތަގުބަލުގައި ދުނިޔޭގެ ފެންވަރުގެ ތަރިންނަށް ވުމުގެ ފުރުސަތު އޮތް ކުޅުންތެރިން. ޒަވީ އާއި އިނިއެސްޓާ އަށް ވެސް ފުރުސަތު ލިބުނު ގޮތަށް މިހާރު ތިބި ކުޅުންތެރިންނަށް ވަގުތު ބޭނުންވޭ. އަހަރެމެން ކެތްތެރިވާން ޖެހޭ،" ކޫމަން ބުންޏެވެ.

މިހާރު ބާސެލޯނާ އޮތް ހާލަތުން ބަޔާން ފަދަ ޓީމުތަކާ ވާދަކުރާއިރު، ނަތީޖާ ނުކުންނަނީ މި ވަގުތު ކަންތައްތައް ހުރި ގޮތުން ކަމަށް ކޫމަން ވަނީ ބުނެފަ އެވެ. އަދި ބާސެލޯނާ އިން މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކުރާނަމަ މި ވަގުތަށް ވިސްނަންވީ ހަމައެކަނި މެޗުތަކުގެ ނަތީޖާ އާއި ލީގުގައި އެ ޓީމު އޮތް މަގާމަށް އެ ނޫން ކަމަށް ވެސް ކޫމަން ބުންޏެވެ.

"މި އުނދަގޫ ވަގުތުގައި ކްލަބާ ގުޅުންހުރި އެންމެންގެ ފަރާތުން އެހީ އަށް އަހަރެން އެދެން. އެންމެ ފަހުން ގްރަނާޑާ މެޗުގައި އެ ލިބުނު ކަހަލަ ސަޕޯޓެއް ލިބުނީތީ ވަރަށް އުފާކުރަން،" ކޫމަން ބުންޏެެވެ.

ކޫމަންގެ ވާހަކަތަކަށް ފަހު ނޫސްވެރިން ސުވާލު ކުރަން އަތްނަގައިގެން ތިއްބައި ކޫމަން ވަނީ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޫމަން މި ގޮތަށް ކަންތައް ކޮށްފައިމިވަނީ ބާސެލޯނާގެ ސީނިއާ އެއްވެސް މީހަކާ މަޝްވަރާ ކުރުމެއް ނެތި އެވެ.

މި ސީޒަނުގެ ނިޔަލަށް (އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް) ބާސެލޯނާގެ ކޮންޓްރެކްޓްގައި ކޫމަން ހުރިއިރު، އޭނާ މިހާރު މަގާމުން ވަކިކޮށްފިނަމަ ކޮންޓްރެކްޓްގެ މުއްދަތަށް މުސާރަ ދޭން ޖެހޭނެ އެވެ. އަނެއް ކޮޅުން މަގާމުން ވަކިކޮށްގެން ކޫމަން ބަދަލު ހޯދަން ކޯޓަށް ހުށަހަޅައިފިނަމަ ކޮންޓްރެކްޓާ ހިލާފުވާ ޖޫރިމަނާއާ އެކު ބާސެލޯނާ ދައްކަން ޖެހޭ އަދަދު އިތުރުވާނެ އެވެ. މިކަމުގައި ހައްލެއް ލިބެން އޮތީ ކޫމަންގެ ރުހުމުގައި އޭނާގެ ކޮންޓްރެކްޓް ކެންސަލް ކޮށްގެންނެވެ.

ސްޕެއިނާއި އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޫމަން ވަކިކުރުމަށް ފަހު ބާސެލޯނާ އިން ގެންނަން މަސައްކަތްކުރާ ކޯޗުންގެ ލިސްޓުގެ ކުރީގައި އޮތީ ބެލްޖިއަމް ގައުމީ ޓީމާ ހަވާލުވެ ހުރި ސްޕެއިނުގެ ކޯޗު ރޮބާޓޯ މާޓީނޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox