ޖޭއެސްސީ އިސްލާހުކުރަން ހިމެނީ ބަރުލަމާނީ ނިޒާމުގެ ތެރެއިން: ނަޝީދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެން ވާ ގޮތް ބަދަލުކުރުމުގެ ވައުދު ނުފުއްދައިގެން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެ ކޮމިޝަން އިސްލާހުކުރުން ހިމަނާފައިއޮތީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ ތެރެއިން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އިންނަވަން ނުޖެހޭ ކަމަށް އިއްޔެ ވިދާޅުވުމަށްފަހު، އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕެއްގައި ނަޝީދު އިތުރަށް ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރުމުގެ ގޮތުން އެ ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުން އޮތީ އެމްޑީޕީއިން އއ. އުކުޅަހުގައި ހުށަހެޅި ޖަޒީރާ މެނިފެސްޓޯގައި ކަމަށެވެ.

އެމްޑީޕީގެ 800 އަށް ވުރެން ގިނަ މެމްބަރުންނާއެކު އެ މެނިފެސްޓޯ ހުށަހެޅީ 30 ޖޫން 2018 ގައި ބޭއްވި ކޮންގްރެސްގަ އެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކާއި އެކު އިއްތިހާދުވެ، އެކުލަވައިލައި މިހާރު ސަރުކާރުން އަމަލުކުރަމުންދާ މެނިފެސްޓޯއިން އެބައި ވަނީ އުނިކޮށްފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް ޝާއިއުކޮށްފައިވާ އެ މެނިފެސްޓޯގައި ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމުގެ ސީދާ ވާހަކައެއް ނެތެވެ.

ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން އޮތީ ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލުގެ ތެރެއިން ކަމަށެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން ނިންމާފައި ވަނީ ވެރިކަމުގެ ނިޒާމްއަށް ގެންނަ ބަދަލާއެކު. މެނިފެސްޓޯ އެކުލަވާލިއިރު މިކަން ކަމަށްވަނީ ވަރަށް ސާފުކޮށް އެއްބަސްވެފައި.

ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ނިންމުމުގެ ކުރިން، އެމްޑީޕީން އެކުލަވައިލި ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި ވަނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށެވެ. އެ ސަރުކާރުން ކުރާނެ ކަމަކީ ހެޔޮވެރިކަމުގެ ނިޒާމެއް އުފެއްދުމެވެ. އޭގެ ފަހުން ގާނޫނުއަސާސީ އިސްލާހުކުރުމަށް ފަހު އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް މަޖިލިސް ތެރެއިން އެކުލަވާލުމެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށްފަހު ޖޭއެސްސީއަށް ގެންނާނެ ބަދަލުތައްވެސް އެ ވައުދު ނާމާގައި ވެ އެވެ.

titledesc

އެމްޑީޕީގެ މެނިފެސްޓޯ ކުރިން އާންމުކުރި ނަމަވެސް ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ މެދުގައި އޭރު އޮތީ ގުޅިފައިވާ ވެރިކަމެއް އުފެއްދުމަށް އެއްބަސްވުމަކަށް އާދެވިފަ އެވެ. އަދި ލީޑަރުންނަށް އެއްބަސްވެވޭ ގޮތަށް ސަރުކާރު އެކުލަވާލުމަށް ނިންމައިފަ އެވެ.

އެއާއެކު އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ވައުދުތައް ހިމެނޭ ގޮތުން ގުޅިފައިވާ ކޯލިޝަންގެ މެނިފެސްޓޯއެއް ނެރުމަށް ނިންމުނެވެ.

އެ ނިންމުމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ރާއްޖޭގެ ނިޒާމު ބަދަލުކުރުމުގެ ބަޔާއި، ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރުމުގެ ބައި ވަނީ އުނިކޮށްފަ އެވެ.

މެނިފެސްޓޯގައި ސީދާ ނެތް ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ވަރަށް ހަރު އަޑުން ދެއްކި އެވެ. ނަމަވެސް، ވެރިކަމަށް އައުމަށްފަހު އެކަން ކޮށްފައިނުވާއިރު، ރިޔާސީ ވައުދަކާ ހިލާފުވެފައިވާ ކަމުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެއާއެކު ޖޭއެސްސީއަށް މެމްބަރުން ކަނޑައަޅާ އުސޫލު ބަދަލު ކުރުން ލަސްވެފައިވާ ކަމަށާއި އެކަމަކު ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެކަން ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮންނަ ގޮތް

ގާނޫނުއަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތަށް ބަލާއިރު އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިހާރު ތިއްބަވަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަ އެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

އެހެންވެ ޖޭއެސްސީ މެދުވެރިކޮށް، އެ ކޮމިޝަންގައި އޭރަކު ތިއްބަވާ ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަކަށް ޝަރުއީ ނިޒާމު ބައްޓަން ކުރަމުންދާ ކަމަށް ބުނެ، އެކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެކަން ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމަކު މިހާތަނަށް އައިއިރު ވެސް ޖޭއެސްސީގެ އެކުލެވުން އެ އޮތް ގޮތަށް ބާއްވައިގެން ކުރިއަށް ދާތީ އާންމުންގެ ގިނަ ފާޑުކިއުމެއް އެމްޑީޕީއަށާއި ސަރުކާރަށް ދަނީ އަމާޒު ކުރެވެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox