މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަނެއް ބުރަށް

Sep 21, 2021, 9:04 PM
ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ މިނަމީނޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ މިނަމީނޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ސެޕްޓެމްބަރު 21) - އިނގިރޭސި ލީގު ކަޕްގައި މިރޭ ނޯވިޗް ސިޓީ އަތުން ލިވަޕޫލް 3-0 އިން މޮޅުވިއިރު، މެންޗެސްޓާ ސިޓީން 6-1 އިން ވައިކަމްބް ބަލިކޮށް ލީގު ކަޕްގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުލައި ލިވަޕޫލުން ކުޅުނު މި މެޗުގައި އެ ޓީމަށް ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އެވެ. ނޯވިޗަށް ފުރަަތަމަ ހާފުގައި ނަތީޖާ ހަމަހަަމަކުރަން ރަނުގެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. މެޗުގެ 42 ވަނަ މިނިޓްގައި ނޯވިޗްގެ ކްރިސްޓޯސް ޒޯލިސް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ކޯމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލަށް މެޗުގެ 50 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަހައިދިނީ ކޮސްޓަސް ސިމިކާސް ނަގައިދިން ހުރަހަކުން ޑިވޮކް އޮރީގީ ބޮލުންނެވެ. އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން ދިން ބޯޅައަކުން މެޗުގެ 80 ވަނަ މިނިޓްގައި ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި މިނަމީނޯ އެވެ. މިއީ މި ސީޒަނުގައި މިނަމީނޯ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

ލަނޑު ޖެހުމަށް ފަހު ސިޓީގެ ޑިބްރޭނާ (ވ) އާއި ޓޮރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ 22 ވަނަ މިނިޓްގައި ވައިކަމްބް އިން ލީޑުނެގީ ބްރެންޑަން ހަންލަން ޖެހި ގޯލުންނެވެ. ސިޓީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ކެވިން ޑިބްރޭނާ، ފިލް ފޯޑެން އަދި ރިޔާދު މާރޭޒް އެވެ. ދެ ވަނަ ހާފްގައި ސިޓީގެ އަނެއް ތިން ގޯލު ޖެހީ މާރޭޒާއި ފެރާން ޓޮރޭޒް އަދި ކޯލް ޕާމާ އެވެ.

ލީގު ކަޕްގެ އެހެން ނަތީޖާތަކަށް ބަލާއިރު، އެވަޓަން ވަނީ ޕެނަލްޓީ ޖަހައިގެން 8-7 އިން ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އަތުން ކަޓައިފަ އެވެ. ވަޓްފޯޑް އަތުން 3-1 އިން ސްޓޯކް ސިޓީ މޮޅުވިއިރު، ބާންލީ ވަނީ 4-1 އިން ރޮޗްޑޭލް ބަލިކޮށްފަ އެވެ.

ލީޑްސް ޔުނައިޓެޑާއި ސައުތެމްޓަނުން މިރޭ ކުޅުނު މެޗުން ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. ޕެނަލްޓީގައި ލީޑްސް އިން ފުލަމް ބަލިކުރީ 6-5 އިންނެެވެ. އަދި ސައުތެމްޓަނުން ޝެފީލްޑްގެ މައްޗަށް ކުރިހޯދީ 4-2 އިންނެވެ.

ލީގު ކަޕްގައި މާދަމާރޭ ކުޅޭ ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ވެސްޓް ހޭމްއާ ދެކޮޅަށެވެ. ޗެލްސީން އެސްޓަން ވިލާއާ ބައްދަލުކުރާއިރު، ޓޮޓެންހަމް ކުޅޭނީ ވުލްވްސްއާ އެވެ. އަދި އާސެނަލުން ވިމްބަލްޑަންއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox