ދިފާއުގައި އަޑުއުފުލުމުން ފަލަސްތީނުގެ ޝުކުރު ރާއްޖެއަށް

Sep 21, 2021, 5:12 PM
މީގެކުރިން ފަލަސްތީނުގެ ޑެލިގޭޝަން, ރައީސް ސޯލިހާ ބައްދަލު ކުރައްވަނީ; އެ ގައުމުން ވަނީ ރާއްޖެއަށް ޝުކުރު އަދާކޮށްފައި

މީގެކުރިން ފަލަސްތީނުގެ ޑެލިގޭޝަން, ރައީސް ސޯލިހާ ބައްދަލު ކުރައްވަނީ; އެ ގައުމުން ވަނީ ރާއްޖެއަށް ޝުކުރު އަދާކޮށްފައި

ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން އަނިޔާވެރިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގައި މިރޭ އެކަމުގެ ހައްލަކަށް ގޮވާލެއްވުމުން ފަލަސްތީނުން އުފާކޮށް, ރާއްޖެއަށް ޝުކުރު އަދާކޮށްފި އެވެ.

ފަލަސްތީނުން ރާއްޖެއަށް ޝުކުރު އަދާކުރީ, އދ. ގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާކަން ފާހަގަކޮށް އދ.އަށް ފަލަސްތީނުން ކަނޑައަޅާފައިވާ މިޝަންއިން ކުރި ޓްވީޓެއްގަ އެވެ.

ރައީސްގެ ތަގުރީރުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގުދުސްގައި ބިނާ ކުރުމަށް ރާއްޖޭން ކުރަމުން އަންނަ ވަކާލާތު ތަކުރާރު ކުރައްވައި، "ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން ތިބީ" ފަލަސްތީނާއެކު އެކުކަމުގެ ޔަގީންކަން އެރުއްވި އެވެ.

"އދ. ގެ އެތައް އަހަރެއްގެ މަސައްކަތުން ވެސް އެމީހުންގެ ހައްގުތައް ވަނީ ކަށަވަރުކޮށްނުދެވި. އިޒްރޭލުން ފަލަސްތީނުގެ އަންހެނުން، ފިރިހެނުން، އަދި ކުދިބޮޑު އެތައް ބައެއްގެ ހައްގުތައް ތަކުރާރުކޮށް އެބަ ނިގުޅައިގަނޭ،" އެކަމިނުފާނު ވިދާޅުވި އެވެ.

އާބާދީ މަދު، ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އދ. އިން ބަލައިގަނެފައިވާއިރު މިލިއަނުން އާބާދީގައި މީހުން ހިމެނޭ ފަލަސްތީނު އެއީ ދައުލަތެއްގެ ގޮތުގައި ބަލައިނުތަމުގެ އުޒުރަކީ ކޮބައިތޯ ރައީސް މިރޭ ސުވާލު އުފެއްދެވި އެވެ.

"އދ. ގެ އާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ، ފަަލަސްތީނުގެ ހައްގު،" ރައީސްގެ ތަގުރީރުގައި ވިދާޅުވި އެވެ.

"އެބަޔަކު، އަޅުގަނޑު މިތާ ހުރެ ތަމްސީލު ކުރާ ދިވެހީން ބޭނުންވަނީ އދ. އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަަލަސްތީނު ބަލައިގަތުން."

ރައީސް ސޯލިހު, 2019 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހަށް ވަޑައިގެން ކުރެއްވި ތަގުރީރުގައި ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރެއްވި އެވެ. އަދި, އޭގެއިތުރުން ވެސް ފަލަސްތީނުގެ ހައްގުގައި ރާއްޖެ އޮތްކަން އެކި ފަހަރު މަތިން ހާމަކުރައްވާފަ އެވެ.

މިފަހުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ކަންކަމާއި ދެމުންދިޔަ ހަމަލާތަކާ ގުޅިގެން މުޅި ރާއްޖޭގައި އަޑުއުފުލި އެވެ. އަދި, ފަލަސްތީނުގެ ދިދައާއެކު ގިނަ ބަޔަކު މަގުތަކަށް ނުކުތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox