ރައީސް ސޯލިހަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރަން އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ރައީސް ސޯލިހަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ގެންދެވިކަމަށް އަލީ ތުހުމަތު ކުރޭ-- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ރައީސް ސޯލިހަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ގެންދެވިކަމަށް އަލީ ތުހުމަތު ކުރޭ-- ފޮޓޯ: ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ކުރެއްވި ތުހުމަތުތައް ތަހުގީގު ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައްވައިފި އެވެ.

ރޭޕާއި ޖިންސީ ގޯނާގެ ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައި ހުންނަވާ ބޭއްވި ތިން ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަނީ ރައީސަށް ބޮޑު ތުހުމަތެއް ކުރައްވައިފަ އެވެ.

އެގޮތުން އަލީ ވިދާޅުވީ އޭރު އެމްޑީޕީގެ ލީޑާޝިޕްގައި ތިބި އެންމެ އިސް ފަސް މީހުންގެ ތެރެއިން މީހަކު ރެހެންދި ފްލެޓުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ ހަވާލުވި ކަމަށެވެ.

އޭގެފަހުން ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ މިހާރުގެ ރައީސް ސޯލިހް ހަވާލުވެވަޑައިގެން ކަމަށެވެ.

އެ ތުހުމަތާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެފަދަ ބޮޑު ތުހުމަތެއް ކުރެވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެކަން ވަރަށް ރަނގަޅަށް ބެލުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ.

"ރައީސް ސޯލިހަށް ގޮވާލަން މި މައްސަލަ އިންސާފުވެރިކަމާ އެކީގައި ތަހުގީގު ކުރުމަށް ޖާގަ ދެއްވުމަށްޓަކައި މަނިކުފާނު އިސްތިއުފާ ދެއްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ފައިސާ ނެންގެވިކަން އޭރު ފުލުހުންގެ ވެރިންނަށް އެނގޭނެ ކަމަށް އަލީ ވަހީދު ތުހުމަތުކޮށްފައިވާތީ، އަބްދުއްރަހީމް މިއަދު ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް އިސްތިއުފާ ދެއްވަން ގޮވާލައްވާފަ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ފައިސާ ލިބުނު މީހުންގެ ލިސްޓެއް އާންމުކޮށްފައިވާއިރު އެއްވެސް ތަހުގީގެއްގައި ރައީސް ސޯލިހާ ހިޔާނާތުގެ ފައިސާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ހާމަވެފައެއް ނުވެ އެވެ.

އަލީ ވަހީދު ދެން ވިދާޅުވީ ކީކޭ؟

ރޭ ބޭއްވި ބައްދަލުވުމުގައި އަލީ ވަނީ އޭނާއަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު ތަކަށްވެސް ހޫނު ރައްދުތަކެއް ދެއްވާފަ އެވެ. އެގޮތުން މާގިރި ހޮޓަލުގައި ޖިންސީ ގުޅުން ހިންގަން ތިބި ކަމަށް ބުނާ ވީޑިއޯ މިހާރު ނައްތާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން އޭނާ ވަނީ މައާފަށް އެދިފަ އެވެ.

އަލީ ވިދާޅުވީ މި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ޔާމީން ޖަލަށް ލެއްވުމަށް ނޫން ކަމަށެވެ. ނަމަވެސް އިދިކޮޅުން "މާބޮޑެތި" ޖަލްސާތަކެއް ބޭއްވެވުމުން ޖަލަަށް ލުމަށް ނިންމީ ކަމަށް އަލީ ވިދާޅުވި އެވެ.

އެގޮތުން ކާނިވާ ސަރަހައްދުގައި ތިން ޖަލްސާއެއް ބޭއްވުމުން ޔާމީން ޖަލަށް ލެއްވުމުގެ މަސައްކަތް ސަރުކާރުން ފެށި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީން މިރެއިން މިރެއަށް މިނިވަން ކުރަން ޖެހޭ. އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީނަށްގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެ،" އަލީ ވިދާޅުވި އެވެ.

އެކަން މި ސަރުކާރުގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox