އަންހެނުން ވަޒީފާ އަދާކުރުން މަނާކުރުމުން އަފްގާނިސްތާނުގައި ހިތްހަމަނުޖެހުން

އަފްގާނިސްތާނުގައި އަންހެނުން މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގައި އަންހެނުން މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 20) - އަފްގާނިސްތާނުގައި އަންހެނުން ވަޒީފާ އަދާކުރުން މަނާކޮށްފައި ވާތީ އާއްމުން ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަ ދެ އެވެ.

އަންހެނުންގެ ހައްގުތައް ދިނުމަށް ޑިމާންޑު ކުރަމުން ދަނިކޮށް، އަންހެން މުވައްޒަފުންނާ އެކު އަންހެން ދަރިވަރުންނަށް ކިޔަވައިދޭ ހައި ސްކޫލުތައް ހުޅުވަން ހުއްދަދީފައި ނުވާތީ، އާއްމުން ތިބީ ރުޅިގަދަވެފަ އެވެ.

މިދިޔަ މަހު ވެރިކަމަށް އައި ތާލިބާނުން ކުރިން ބުނީ އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް 1990 ގެ އަހަރުތަކުގައި އޮތް އުސޫލު އަދިވެސް ބަދަލެއް ނުވެ އެވެ.

"އަހަރެން މިހާރު ދެން މިހެން އުޅުމުގެ ބޭނުމެއް ނެތް،" ފޮރިން މިނިސްޓްރީގެ އިސް މަގާމަކުން ކަނޑާލި އަންހެނަކު ބުންޏެވެ.

"އަހަރެން ހުރީ މުޅި ޑިޕާޓްމަންޓުގެ ވެރިޔަކަށް. އަހަރެންގެ ދަށުން ގިނަ އަންހެން މުވައްޒަފުން ތިބި. މިހާރު އެ އެންމެންގެ ވަޒީފާ ވެސް ގެއްލިއްޖެ،" އޭނާ ބުންޏެވެ.

ވެރިރަށް ކާބުލްގެ ވަގުތީ މޭޔަރު އިއުލާނު ކުރައްވާފައިވާ ގޮތުގައި މި ވަގުތު މުނިސިޕަލް ވަޒީފާތަކުގައި ތިބި އަންހެނުންގެ ބަދަލުގައި ފިރިހެނުން މަސައްކަތަށް ނެރޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހައި ސްކޫލުތައް ހުޅުވާފައި ވާއިރު، ކިޔެވުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަންހެން ކުދިންގެ ސްކޫލުތައް ހުޅުވުމާ ބެހޭ ގޮތުން ތާލިބާނުން ވަކި އެއްޗެއް ނުބުނެ އެވެ.

އޭގެ އިތުރުން މިދިޔަ ހުކުރު ދުވަހު އަންހެނުންގެ ކަންކަމާ ބެހޭ މިނިސްޓްރީ އުވާލުމަށް ފަހު، ކުރީގެ ތާލިބާން ވެރިކަމުގައި ހިންގި "ރަނގަޅު ކަންކަން ކުރިއަރުވައި ނުބައި ކަންކަން މަނާކުރާ މިނިސްޓްރީ" ވަނީ ގާއިމްކޮށްފަ އެވެ.

އަންހެނުން ވަޒީފާއަށް ދިޔުން މަނާކޮށް ރަސްމީކޮށް ތާލިބާން ސަރުކާރުގެ ސިޔާސަތު އިއުލާނުކޮށްފައެއް ނުވެ އެވެ. ނަމަވެސް ވަކިވަކި އޮފީސްތަކުން ދަނީ އަންހެނުން ވަޒީފާއިން ކަނޑާލިކަން އަންގަމުންނެވެ.

މީގެ ދެ ހަފުތާ ކުރިން އިއުލާނު ކުރި ތާލިބާން ސަރުކާރުގައި އެއްވެސް އަންހެނަކު ނުހިމެނެ އެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭގައި އަފްގާން އަންހެނުން ހޯދާފައިވާ ކުރިއެރުމަށް ލިބުނު ދެރައެކެވެ.

އަފްގާނިސްތާނުގެ އަންހެނުން އަންނަނީ ވަކީލުކަމާއި، ފަނޑިޔާރުކަމާއި، ޕައިލެޓުކަމާއި ފުލުސްކަން ވެސް އަދާކުރަމުންނެވެ. ނަމަވެސް މިހާރު އެ އެންމެންނަށް ވަނީ ގޭގައި ތިބެން ޖެހިފަ އެވެ.

އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ އަފްގާން ހަމަނުޖެހުމުގައި ވަރަށް ގިނަ އާއިލާތަކުގެ ފިރިހެނުން މަރުވެފައި ވާތީ ބަޔެއް އަންހެނުން ވަޒީފާ އަދާކުރަން ފެށީ މަޖުބޫރުވެގެންނެވެ.

އެހެންކަމުން، ވަޒީފާ ގެއްލުމުން ވަރަށް ގިނަ އާއިލާތަކެއްގެ އާމްދަނީ ހުއްޓި ހާލުގައި ޖެހޭނެ އެވެ. ތާލިބާނުން ބުނާ ގޮތުގައި ގޭގައި ތިބެން ޖެހެނީ ރައްކާތެރިކަން ހޯދުމަށެވެ.

ފިރިހެނުންނާއި އަންހެނުންނަށް ވަކިވަކިން ވަޒީފާ އަދާކުރާ މާހައުލުގައި އުޅެވޭނެ ގޮތް ފަހިވުމުން އަންހެނުން ވަޒީފާއަށް ނުކުންނަން ހުއްދަ ދޭނެ ކަމަށް ތާލިބާނުން ބުނެ އެވެ.

"އެކަން ވާނީ ކޮން އިރަކުން؟،" އަންހެން ޓީޗަރަކު ބުންޏެވެ.

"ކުރިން ވެސް ދިމާވީ ހަމަ މިގޮތަށް. ތާލިބާނުން ބުނަމުން ދިޔެއީ ހަމަ މިހެން. ވަޒީފާއަށް ދާން ފުރުސަތު ދޭނަމޭ. އެކަމަކު އެ ދުވަހެއް ދުވަހަކު ވެސް ނައި."

ތާލިބާނުން 1996 އިން 2001 އަށް ވެރިކަން ކުރިއިރު، އާއްމު ދިރިއުޅުމުގެ ކަންކަމުގައި އަންހެނުންނާ ގިނަ ހުރަސްތަކާ ކުރިމަތިވި އެވެ. އެގޮތުން އާއިލާގެ ފިރިހެން މެމްބަރަކު ނެތި ގެއިން ނުކުތުން ވެސް މަނާކުރި އެވެ.

"ރަނގަޅު ކަންކަން ކުރިއަރުވައި ނުބައި ކަންކަން މަނާކުރާ މިނިސްޓްރީ" އަކީ އޭރު އިސްލާމީ ހުކުމްތައް ތަންފީޒު ކުރަން ތާލިބާނުން އުފެއްދި ތަނެވެ.

މިދިޔަ އާދީއްތަ ދުވަހު، އަންހެނުންތަކެއް ވަނީ އެ މިނިސްޓްރީ ކައިރިއަށް ޖަމާވެ މުޒާހަރާކޮށްފަ އެވެ. ނަމަވެސް ތާލިބާން އޮފިޝަލުން ފަހުން އައިސް އެ މީހުން ފޮނުވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox