ޓެކާސް މުބާރާތުގެ "ގްރޭޓާ މާލޭ ކަޕް" ހުކުރު ދުވަހު ފަށަނީ

Sep 20, 2021, 7:33 AM
ޓެކާސް މުބާރާތުގެ ޓްރޮފީއެއް.-- ފޮޓޯ: އަދަދު

ޓެކާސް މުބާރާތުގެ ޓްރޮފީއެއް.-- ފޮޓޯ: އަދަދު

ސްޕޯޓްސް އިވެންޓް މެނޭޖްމަންޓް ކުންފުނި، ޓެކާސް އިން އިންތިޒާމްކުރާ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ، "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް" ގެ ގްރޭޓާ މާލޭ ކަޕް އަންނަ ހުކުރު ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އަންނަ ހުކުރު ދުވަހު ފަށާ ގްރޭޓާ މާލޭ ކަޕް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ފުރަތަމަ މެޗުގައި ޓީމު އިނގުރައިދޫ ބައްދަލުކުރާނީ އެފްސީ ފައިގަތަޅާއާ އެވެ.

ގްރޭޓާ މާލެ ކަޕްގައި 32 ޓީމު ވާދަކުރާއިރު، ޗެމްޕިއަން ޓީމަށް 50،000 ރ ދޭނެ އެވެ. އަދި ރަނަރަޕަށް ދާ ޓީމަށް 25,000ރ ގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

ޓެކާސް އިން މުބާރާތް ކުރިއަށް ގެންދާއިރު ފޯރިގަދަ ކުރުމުގެ ގޮތުން ވަނީ ކޮމެންޓްރީ ދިނުމަށް ދިވެހި ދެ ފަންނާނުން ހަމަޖައްސައިފަ އެވެ. އެއީ ލަވަކިޔުންތެރިޔާ އިބްރާހިމް އަމާން ހުސެއިންގެ އިތުރުން ޓިކްޓޮކްގައި ފާހަގަކޮށްލެވޭ އައިމިނަތު ޝާނާ އެވެ.

ޓެކާސް ކަޕްގެ ގުރުއަތުލުމުގެ އިވެންޓްގެ ތެރެއިން.-- ފޮޓޯ: ޓެކާސް

ގްރޭޓާ މާލެ ކަޕަކީ "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް" އެއް ބަޔެވެ. އެއަށް ފަހު އޮންނަ "ޓެކާސް ރިސޯޓް ކަޕް" ގައި ރާއްޖޭގެ 60 ރިސޯޓް ބައިވެރިކުރާނެ އެވެ. އަދި "ޓެކާސް މޯލްޑިވްސް ކަޕް" ގެ ނަމުގައި ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އޮންނާނީ އަތޮޅު ފެންވަރުން ފެށިގެން މުޅި ރާއްޖޭން ޗެމްޕިއަނެއް ހޮވާ ގޮތަށެވެ. ދެން އޮންނާނީ ޓެކާސްގެ ގްރޭންޑް މުބާރާތް ޗެމްޕިއަންސް ކަޕް އެވެ.

ރާއްޖޭގެ ފުޓްސަލްގައި ބޭއްވޭ އެންމެ އޮގަނައިޒް މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ޓެކާސް އިން އަމާޒު ހިފާފައިވާއިރު، މުބާރާތުގެ މެޗުތައް އައިސްޓީވީ އިންނާއި ޓެކާސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނާނެ އެވެ. އަދި މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ޓެކާސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޓެކާސްގެ ވެބްސައިޓުން ފެންނާނެ އެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރުގެ ގޮތުގައި ޓައިޓަލް ނަގާފައިވަނީ "މައިލޯ" އެވެ. ގޯލްޑް ޕާޓްނަރުންނަކީ އުރީދޫ މޯލްޑިވްސް، އަލް ޝާލީ މެރިން މޯލްޑިވްސް، އެމްޓީސީސީ، ވެލިގާ ހާޑްވެއާ، މޯލްޑިވްސް ގޭސް، މޯލްޑިވިއަން، ވެލްވޮލިން، މީޑިއާނެޓް އަދި ޕާސަނަލް ކޮމްޕިއުޓާސް އެވެ. ސިލްވާ ޕާޓްނަރުންނަކީ ސަން ފްރަންޓް، ސޮނީ ސްޕޯޓްސް، ކޮޕިއާ ޕްލަސް، ލިންކް ސާވް، ޕްރިންޓް ލެބް، ދިވެހި އިންޝުއަރެންސް އަދި އިވެންޓް މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ.

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox