ފުޓެސަލް މެޗަކާ ގުޅިގެން މަތިވެރި އާއި ބޮޑުފޮޅުދޫގެ މަޝްރަހު ހޫނުވެއްޖެ

ބޮޑުފޮޅުދޫއާ މަތިވެރި ރޭ ބައްދަލުކުރި މެޗުގެ ތެރެއިން. އެ މެޗަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައި އެކަކަށް އަނިޔާވެފަ. ފޮޓޯ: ޓެކާޒް

ބޮޑުފޮޅުދޫއާ މަތިވެރި ރޭ ބައްދަލުކުރި މެޗުގެ ތެރެއިން. އެ މެޗަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައި އެކަކަށް އަނިޔާވެފަ. ފޮޓޯ: ޓެކާޒް

ޓެކާޒް މައިލޯ ފުޓްސަލް ޗެމްޕިއަންޝިޕްގައި އއ. މަތިވެރިއާ އެ އަތޮޅު ބޮޑުފޮޅުދޫ އިއްޔެ ކުޅުނު މެޗުގައި ބޮޑު މަރާމާރީއެއް ހިނގައި ދެ ރަށުގެ މަސްލަހަތު ގެއްލިއްޖެ އެވެ.

ރޭ ކުޅުނު އެ މެޗުގައި މާރާމާރީ ހިނގައި ދިޔައީ އޮފިޝަލުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންގެ މެދުގަ އެވެ. އެ ހާދިސާއާ ގުޅިގެން އއ. މަތިވެރި ކައުންސިލުން ބަޔާނެއް ނެރެފައިވާއިރު ބޮޑުފޮޅުދޫ ކައުންސިލުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި ދެ ކައުންސިލުން ވެސް ވަނީ މާރަމާރީ ފެށުމުގެ ސަބަބެއްގެ ގޮތުގައި އެކި ސަބަބުތައް ދައްކައިފަ އެވެ.

އެ ހާދިސާއާ ގުޅިގެން މަތިވެރީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ރަށުގެ އާއްމު މަސްލަހަތަށް ބަލައި ބޮޑުފޮޅުދޫގެ ކުޅުންތެރިންނާއި އޮފިޝަލުން މަތިވެރިއަށް ދެން ދަތުރުނުކުރުމަށް އެދިފަ އެވެ.

މި ނޫހާ ވާހަކަދައްކަވަމުން އއ. މަތިވެރި ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒު ވެސް ވަނީ އެގޮތަަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފަ އެވެ.

"އިއްޔެގެ މެޗުގަ ކުޅިވަރުގެ ރޫހުގެ ތެރެއިން އައި ފޯރީގަ ހިނގައިދިޔަ ކަމެއް ކަމަށް ބެލެވެނީ އެއީ. އަޅުގަނޑުމެން އެގޮތަށް މަތިވެރިއަށް ނައުމަށް އެދުނީ އެއީ ރަށުގެ މަސްލަހަތު ގެއްލުނަ ނުދިނުމަށް،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަތިވެރި އާއި ބޮޑުފޮޅުދުއަކީ އަބަދުވެސް ކުޅިވަރުގެ ވާދަވެރިކަން އޮންނަ ދެ ރަށް ކަމަށެވެ. ކުޅިވަރުގެ ތެރެއިން މެޗުތަކުން މޮޅުވިޔަސް ބަލިވިޔަސް ދިމާކުރުމާއި އިންޒާރު ދިނުން ފަދަ ކަންކަން އަބަދުވެސް ހިނގައިދާ ކަމަށެވެ.

"ރޭގަ އެ މާރާމާރީ ހިނގައިދިޔައީ ބަނދަރު މަތިން އަދި މެޗު ނިންމާފަ ދަނިކޮށް އަވަގުރާނަފަދަ އެއްޗިހި ގޮވުމުން. ދެން މާރާމާރީ ހިނގައިދިޔަ އިރު މިރަށު ޒުވާނެއްގެ ކަންފަތް ވެސް އިރައިގެން ގޮސްފައިވޭ. އެއީ ބޮޑަށް ދަތް އަޅައިގެންކަމަށް މައުލޫމާތު ލިބެނީ،" ނާފިޒް ވިދާޅުވި އެވެ.

ހަމަނުޖެހުން ހިނގައިދިޔައީ މިފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން މަތިވެރި އަތޮޅުގެ ޗެމްޕިއަންކަން ނެގުމުން ކަމަށް ވެސް ނާފިޒް ލަފާކުރެއްވި އެވެ. އަދި އިއްޔެގެ ޓެކާޒް މެޗު ކުޅެން ބޮޑުފޮޅުދުއިން އައީ ގޯލްޑަން މުބާރާތުގެ ނާކާމިޔާބީގެ ބަދަލުހިފުމަށް ކަމަށް ވެސް އޭނާ ލަފާކުރެއްވި އެވެ.

މަތިވެރި ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އިއްޔެގެ މެޗުގެ ހަމަނުޖެހުންތައް ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

"އެއީ ރަށުގެ އައްމު މަސްލަހަތު ދެވަނަ ފަހަރަށް ގެއްލިގެން ނުދިޔުމަށް. އެކަން އަޅުގަނޑުމެންނަށް މުހިންމުވާތީވެ. ދެން އެކަމުގައި ގޮތެއް ނިންމާނީ ޓެކާޒްއިން (ބޮޑުފޮޅުދޫ ގެނައުމާއި ދޭތެރޭ). ފައިނަލްގަ ތޮއްޑުއާ ބައްދަލުކުރަން ބޮޑުފޮޅުދޫ ކުޅުންތެރިން އަންނަން ޖެހޭނީ މަތިވެރިޔަށް އަދި އޮތް ގޮތުން. ހޮސްޓު ރަށަށްވީމަ،" ނާފިޒް ވިދާޅުވި އެވެ.

މަތިވެރި ކައުންސިލުން ބުނީ މުބާރާތުގައި ދެން ބައިވެރިވާ ތޮއްޑޫ ޓީމަށް ފުރިހަމަ މެހެމާންދާރީ އާއި ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ކައުންސިލުން ވަނީ އަރުވާފަ އެވެ.

އެ މާރާމަރީއާ ގުޅިގެން ބޮޑުފޮޅުދޫ ކައުންސިލުން ވެސް މިހާރު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެ ކައުންސިލުން ބުނީ މެެޗު އޮމާންކަމާއެކު ކުރިޔަށް ދަނިކޮށް ދެވަނަ ހާފުގައި މަތިވެރި ޓީމުގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު އެކި ފަހަރު މަތިން ސަޕޯޓަރުންނާއި ކުޅުންތެރިންނަށް އަމާޒުކޮށް ހަޑިހުތުރު ބަހުން މުހަތަބުކުރަމުންދިޔަ އިރު ވެސް އެކަން ހުއްޓުވާފައި ނުވާ ކަމަށް ބުނެފަ އެވެ.

"އެކަން ހުއްޓުވަން ބަޔަކު މަސައްކަތްކޮށްފައި ނެތްކަމީ މައްސަލަ ބޮޑުވެ ހޫނުވާން މެދުވެރިވި ސަބަބު ކަމުގައި މި ކައުންސިލުން ދެކެމެވެ،" ބޮޑުފޮޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ ބަޔާނުގައި ބުނީ ބޮޑުފޮޅުދޫ ޓީމުގައި ހިމެނޭ މަތިވެރިއަށް ވެސް ނިސްބަތްވާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް މަތިވެރި ސަޕޯޓަރުންތަކެއް ދަނޑުން ބޭރުން ގޮވައި، ދަނޑަށް ވަދެ ހަމަލާދިންއިރު ވެސް ބޮޑުފޮޅުދޫ ސަޕޯޓަރުން ދިޔައީ ބަނދަރާ ދިމާލަށް ދަތުރުކުރަމުން ކަމަށެވެ.

"ދަނޑު ސަރަހައްދުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ބޮޑުފޮޅުދޫ ޓީމާއި ސަޕޯޓަރުންނަށް ރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައި ނުވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ބަނދަރުގައި އިތުރަށް ހަމަނުޖެހުން ހިނގުމަށް މަގުފަހިވެގެން ދިޔަ ކަމަކަށެވެ،" އެ ބަޔާނުގައި ބުނެ އެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ވަނީ އެ ހާދިސާގައި އެ ރަށުގެ ޓީމުގެ ސަޕޯޓަރުންނާއި މެނޭޖަރު އަދި ކުޅުންތެރިންނަށް ލިބުނު ގެއްލުން އެންމެ ހަރުކަށި އިބަރާތުން ކުއްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފަ އެވެ.

އަދި މަތިވެރީގެ ރައްޔިތަކަށް ލިބުނު އަނިޔާއާ ދޭތެރޭ ވެސް އެ ކައުންސިލުން ކަންބޮޑުވެ, ހިތާމަ ފާޅުކުރާކަމަށް ބަޔާނުގައި ބުންޏެވެ. އަދި އެ ހާދިސާގެ ކަންކަން ކަމާބެހޭ ފަރާތްތަކުން ބަލައިދިނުމަށް ބޮޑުފޮޅުދޫ ކައުންސިލުން ވެސް ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ބޮޑުފޮޅުދޫ ކައުންސިލުން ވަނީ މަތިވެރީ ކައުންސިލުން ނެރުނު ބަޔާނަކީ ނާތަހުޒީބީ ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމަށް ބުނެ އެ ބަޔާން ކުށްވެރިކޮށްފަ އެވެ. އަދި މުބާރާތް ހޯސްޓުކުރާ ރަށުގެ ހައިސިއްޔަތުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރައްކާތެރިކަން ނުދެވޭނެ ކަމަށް މަތިވެރި ކައުންސިލުން ބުނާ ބުނުން ބޮޑުފޮޅުދޫ ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނާއި ގުޅިގެން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް މި ނޫހަށް ވިދާޅުވީ ކައުންސިލްގެ އިލްތިމާސަކީ ދެން ވެސް އެއްވެސް ފަރާތަކުން ދެ ރަށުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާފާނެފަދަ އަމަލެއް އަދި ވާހަކަތަކެއް ވެސް ނުދެއްކުން ކަމަށެވެ.

"އެއްވެސް ފަރާތަކުން ދެ ރަށުގެ މަސްލަހަތަށް ގެއްލުންވެދާނެ ފަދަ ކަމެއް ނުކުރުމަށް މި އެދެނީ. އެފަދަ ވާހަކަ ވެސް ނުދައްކަން،" ޝުޖާއު ވިދާޅުވިި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox