ރޭގެ މުޒާހަރާގެ މައްސަލަ އެންއައިސީއިން ބަލަނީ

ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވެ ވެއްޓިފައި:-

ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވެ ވެއްޓިފައި:-

ރޭ އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިންނާއި އާއްމުންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ މައްސަލަ ބެލުމަށް، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ނިންމައިފި އެވެ.

ރޭގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ޗެނަލް13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާހްގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން އެ ސްޓޭޝަންގެ ކެމަރާމަނަކަށް ވެސް ވަނީ އަނިޔާ ވެފަ އެވެ. އަދި އަވަސް ނޫހުގެ ނޫސްވެރިއަކަށް ވެސް ވަނީ އަނިޔާ ވެފަ އެވެ. އެ ނޫސްވެރިންނަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ދީފަ އެވެ.

އެންއައިސީގެ އޮފިޝަލަކު "އަދަދު"އަށް މިއަދު ވިދާޅުވީ އެ މައްސަލަ އެއްވެސް ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައި ނުވި ނަމަވެސް އެކަން ހިނގައިދިޔަ ގޮތް ބަލަން ނިންމާފައިވާ ކަމަށެވެ.

Advertisement

"އަޅުގަނޑުމެން ބަލާނީ ފުލުހުންގެ ފަރާތުން ގާނޫނާ ހިލާފު ކަމެއް މުޒާހަރާގެ ތެރޭގައި ހިނގައިވޭތޯ،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ ބެލުމަށް ހޯދަން ޖެހޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނޫސްވެރިންތަކަކަށް އަނިޔާވެފައިވާއިރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ފުލުހުންގެ އަމަލު ކުށްވެރި ކޮށްފަ އެވެ.

ޕީޕީއެމް/ޕީއެންސީ އޮފީސް ދޮރުމަތިން ރޭ ފެށި މުޒާހަރާ މަޖީދީ މަގާއި ބޮޑެތި އެހެން މަގުތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުން ކޮންމެވެސް ވަރަކަށް ކުރިމަތިލުންތައް ހިނގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުން ކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ފުލުހުން ކުރިމަތިލީ ޝީލްޑާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox