އިދިކޮޅުގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންތަކަކަށް އަނިޔާވެއްޖެ

ޗެނަލް13 ގެ ނޫސްވެރިޔާ ސަމާހްގެ ބޯ ފަޅައިގެން ގޮސްފައި: އޭނާއަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުން--

ޗެނަލް13 ގެ ނޫސްވެރިޔާ ސަމާހްގެ ބޯ ފަޅައިގެން ގޮސްފައި: އޭނާއަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެމުން--

އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިއެއްގެ ބޯފެޅި އިތުރު ނޫސްވެރިއަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ޗެނަލް13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާހްގެ ބޯ ފަޅައިގެން ދިޔައީ މުޒާހަރާގެ ބައިވެރިން ޗާންދަނީމަގު/މަޖީދީމަގު ކަންމަތީ އަޑުއުފުލަމުން ދަނިކޮށް އިންޒާރު ދިނުމަށް ފަހު ފުލުހުން މުޒާހަރާ ރޫޅާލަން އުޅުމުގެ ތެރެއިންނެވެ. ބޯފެޅުނީ ސީދާ ކިހިނެއް ވެގެން ކަމެއް ނޭނގެ އެވެ. ސަމާހުގެ އިތުރުން އެ ސްޓޭޝަންގެ ކެމަރާމަނަކަށް ވެސް ވަނީ އަނިޔާ ވެފަ އެވެ.

އެ ދެ ނޫސްވެރިންނަށް ވެސް އޭޑީކޭ ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވެ ވެއްޓިފައި: އެ ނޫސްވެރިންނަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުން--
ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވެ ވެއްޓިފައި: އެ ނޫސްވެރިންނަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުން--

ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވެ ވެއްޓިފައި: އެ ނޫސްވެރިންނަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުން--

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުރި ޓްވީޓެއްގައި ބުނީ ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ އޮފީސް ދޮރުމަތިން މިރޭ ފެށި މުޒާހަރާ މަޖީދީ މަގާއި ބޮޑެތި އެހެން މަގުތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުން ކޮންމެވެސް ވަރަކަށް ކުރިމަތިލުންތައް ހިނގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުން ކޮށްފަ އެވެ.

އިންސާފު ގާއިމުކޮށް މިވަގުތު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރޫގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި، މިރޭ ކުރި މުޒާހަރާގައި އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގެ ތިއްބެވި ބައެއް ފަނޑިޔާރުން، އެ ޝަރީއަތާ ގުޅޭގޮތުން ދެއްކެވި ވާހަކައެއް ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން އިދިކޮޅުގެ ހަރަކާތްތަކަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ.

އެ އޯޑިއާތަކުގެ ވާހަކަ ދައްކަނީ ޔާމީންގެ މައްޗަށް ކުރި ހުކުމަށް ނުފޫޒު ފޯރުވުމުގެ ވާހަކަ ތަކެކެވެ. އެކަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން އަންނައިރު، އިދިކޮޅުން ދަނީ އެ އޯޑިއޯތަކާއެކު ޔާމީން ޖަލަށްލާފައިވަނީ ނުހައްގުން ކަމަށް ބުނެ އެމަނިކުފާނު މިނިވަންކުރަން ތަކުރާރުކޮށް ގޮވާލަމުންނެވެ.

އެގޮތުން، އިދިކޮޅުގެ ހިނގާލުމެއް މިދިޔަ ހުކުރު ދުވަހު ބާއްވާފައިވާއިރު، އަންނަ ހުކުރަށް ވެސް އިދިކޮޅުން ވަނީ ހަރަކާތެއް ބާއްވާނެކަމަށް އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox