ގޭމްގެ ކުޑައިގެ ދަށަށް ހޮޓާތައް ގެނެސް ޖަމިއްޔާ ރީބްރޭންޑްކޮށްފި

ގޭމްގެ 2021 ވަނަ އަހަރީ އާންމު ޖަލްސާ: މި ޖަލްސާގައި ޖަމިއްޔާގެ މެމްބަރުން ވަނީ މިހާރަށް ވުރެ ޖަމިއްޔާގެ ހަރަކާތްތައް ފުޅާކުރަން ނިންމާފައި. -- ފޮޓޯ: ޓްވިޓާ/އަބްދުﷲ ނަޝީދު

ގޭމްގެ 2021 ވަނަ އަހަރީ އާންމު ޖަލްސާ: މި ޖަލްސާގައި ޖަމިއްޔާގެ މެމްބަރުން ވަނީ މިހާރަށް ވުރެ ޖަމިއްޔާގެ ހަރަކާތްތައް ފުޅާކުރަން ނިންމާފައި. -- ފޮޓޯ: ޓްވިޓާ/އަބްދުﷲ ނަޝީދު

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ނަން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭ)އަށް ބަދަލުކޮށް، ޖަމިއްޔާ ރީބްރޭންޑްކުރަން ނިންމައިފި އެވެ.

ގޭމްއިން މި ގޮތަށް ނިންމީ އިއްޔެ މާފުށީ، ކާނި ހޮޓެލްސްގައި ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާގައި ބައިވެރިވި މެމްބަރުން ޖަމިއްޔާގެ ނަން ބަދަލުކުރަން ފާސްކުރި ނަމަވެސް، މި ނަން ރަސްމީ ވާނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ހުށަހަޅައިގެންނެވެ.

ޖަމިއްޔާގެ ނަން ބަދަލުކުރަން ނިންމުމާ ގުޅިގެން ގޭމްގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްލޯ) ވިދާޅުވީ، މިއީ ގެސްޓްހައުސްތަކަށް ހާއްސަވެފައި އޮތް ޖަމިއްޔާގައި ހޮޓާތަކަށް ވެސް ހިދުމަތް ދޭން ގެނައި ބަދަލެއް ކަމަށެވެ.

އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގައި ހުންނަ ހޮޓާތަކަށް ވެސް ރެޕްރެޒެންޓޭޝަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ގޭމް އިން ވަނީ މި ބަދަލާއެކު، 10 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓްހައުސްތައް ހޮޓާތަކަށް ބަދަލުކުރަން ނިންމާފަ އެވެ. އަދި މިއީ މިއީ ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރަން ނިންމާފައިވާ ޓޫރިސްޓް ފެސިލިޓީ ކްލެސިފިކޭޝަނަށް ފައްތަން ގެނައި ބަދަލެއް ކަމަށް އަބްދުﷲ ނަޝީދު ވިދާޅުވި އެވެ.

މި ޖަލްސާގައި ޖަމިއްޔާއިން ވަނީ މިހާރަށް ވުރެ "އެކްޓިވް" ކޮށް ޖަމިއްޔާއިން ހަރަކާތްތެރިވާން މަސައްކަތްތަކެއް ކުރަން ނިންމާފަ އެވެ. އެގޮތުން ރީބްރޭންޑް ކުރުމުގެ މަސައްކަތާއި، މާކެޓިންގެ މަސައްކަތް ވަނީ "އޯޓިއޯ ކްރިއޭޓިވްސް" އާ ހަވާކޮށްފަ އެވެ.

އޭގެ އިތުރުން މިހާރަށް ވުރެ ގިނަ ފެއާތަކަށް ދިޔުމަށާއި، ހޮޓާތަކާއި ގެސްޓްހައުސްތަކަށް ހާއްސަ މަޖައްލާތައް ނެރެން ނިންމި އެވެ. އަދި ޖަމިއްޔާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ފުލްޓައިމް މަސައްކަތް ކުރާނެ ސެކްރެޓަރީ ޖެނެރަލެއްގެ މަގާމު ކަނޑައަޅަން ވެސް ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox