މެންޑީ އަކީ އާދަޔާހިލާފު މޮޅު ކީޕަރެއް: ޓުޗެލް

Sep 19, 2021, 7:42 AM
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ޓުޗެލް (ވ) އާއި މެންޑީ.

ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ޓުޗެލް (ވ) އާއި މެންޑީ.

ލަންޑަން (ސެޕްޓެމްބަރު 19) - ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އަކީ އާދަޔާހިލާފު މޮޅު ކީޕަރެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ މެންޑީ ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ފްރާންސްގެ ރެނެސް އަށް ޗެލްސީން ވަނީ މެންޑީގެ ސޮއި ހޯދަން 28 މިލިއަން ޑޮލަރު ދައްކައިފަ އެވެ.

ޗެލްސީގައި މެންޑީ ހޭދަކުރި ފުރަަތަމަ ސީޒަނުގައި އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، އޭނާ އަކީ ޔުއެފާ އެވޯޑްސް އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރެވެ. މި ސީޒަނުގައި ވެސް މިހާތަނަށް މެންޑީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޓުޗެލް ވަނީ މެންޑީ އަށް ތައުރީފުކޮށްފަ އެވެ.

"ޗެލްސީން މެންޑީ ގެނައިތާ އަހަރެއް ފުރޭއިރު އަލަށް ޓީމަކަށް ބަދަލުވެ ހާސިލްނުކުރެވޭހާ ކަންތައްތައް މެންޑީ ވަނީ މިހާތަނަށް ޗެލްސީގައި ހުރެ ހޯދާފައި. އަހަރެން އޭނަ (މެންޑީ)އާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އޭނަ އަކީ އާދަޔާހިލާފު މޮޅު ކީޕަރެއް،" ޓުޗެލް ބުންޏެވެ.

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ޗެލްސީން ނެރެމުން އަންނަ ރަނގަޅު ނަތީޖާތަކުގެ ފަހަތުގައި މެންޑީގެ ދައުރު ބޮޑެވެ.

ހާއްސަކޮށް ޕްރިމިއާ ލީގުގައި ރަށުންބޭރުގައި ޗެލްސީން ލިވަޕޫލާ 1-1 އިން އެއްވަރުކުރި މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް ޗެލްސީން ދެ ވަނަ ހާފްގައި ކުޅުނުއިރު، މެންޑީ ވަނީ ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

"ކޮންމެ ޓީމަކަށް ވެސް މޮޅު ގޯލްކީޕަރެެއް ބޭނުންވާނެ. އަހަރެމެންގެ އެ ފަދަ މޮޅު ކީޕަރެއް އެބަހުރި. އެއީ މެންޑީ،" ޓުޗެލް ބުންޏެވެ.

ޕްރިމިއާ ލީގުގެ މި ސީޒަނުގެ މިހާތަނަށް ޗެލްސީ ކޮޅަށް ވަނީ އެއް ގޯލެވެ. މިއީ މިދިޔަ 11 އަހަރަށް ބަލާއިރު ޗެލްސީގެ ޑިފެންސިވް ރެކޯޑް އެންމެ ރަނގަޅު ސީޒަނެވެ.

ޗެލްސީ މި ވަގުތު ލީގުގެ ހަތަރެއްގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ މޮޅުވެއްޖެނަމަ އެއް ވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ގޮތުން ހަމަކުރެވޭނެ އެވެ. އެއް ވަނަ އަށް އެރޭނީ ތިން ގޯލުން މޮޅުވެގެންނެވެ. ޓޮޓެންހަމް ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox