އަމާޒަށް ވާސިލެއް ނުވެވުނު، ވެކްސިން ޖެހީ 60 ޕަސެންޓް މީހުން

ވެކްސިން ސެންޓަރެއް ހުހަށް: ސަރުކާރުގެ އަމާޒަށް ވާސިލެއް ނުވެވުނު.

ވެކްސިން ސެންޓަރެއް ހުހަށް: ސަރުކާރުގެ އަމާޒަށް ވާސިލެއް ނުވެވުނު.

ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭން އިއްޔެއާ ހަމަޔަށް ޖަހާފައި ވަނީ އާބާދީގެ 60 ޕަސެންޓް މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ސަރުކާރުގެ އަމާޒަކީ މިދިޔަ މަހުގެ ނިޔަލަށް ވެކްސިނަށް ޝަރުތު ހަމަވާ އާބާދީގެ 90 ޕަސެންޓަށް ޖަހައި ނިންމުމެވެ. އެ އަދަދަށް ވެކްސިން ރާއްޖެ އަށް ވަނީ ގެނެސްފަ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "އަދަދު" އަށް ވިދާޅުވީ ރާއްޖޭގެ ޖުމްލަ އާބާދީން ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 71.57 ޕަސެންޓު މީހުން ކަމަށެވެ. އެއީ 390،065 މީހުންނެވެ. ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 60.51 ޕަސެންޓެވެ. އެއީ 331،405 މީހުންނެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރު އަންނަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ.

އެގޮތުން ސްކޫލު ދަރިވަރުންގެ ވެކްސިން ޖަހާފައިވާ އަދަދަށް ބަލާއިރު ފުރަތަމަ ޑޯޒު ޖެހި ކުދިންގެ އަދަދު އަށް ވަނީ 35،989 އަރައިފަ އެވެ. އެއީ ރާއްޖޭގެ މި އުމުރުފުރައިގެ އާބާދީގެ ތެރެއިން 60 ޕަސެންޓު އާބާދީއަށް ވުރެ އިތުރު އަދަދެކެވެ.

ދެވަނަ ޑޯޒް ޖަހާފައި ވަނީ 22،093 ދަރިވަރުން ކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ. މިހާތަނަށް 218 ސްކޫލެއްގައި ދަރިވަރުންނަށް ވެކްސިންގެ ފުރިހަމަ ޑޯޒް ޖަހަން ފަށާފައިވާއިރު ވެކްސިންގެ ދަ ވަނަ ޑޯޒް 141 ސްކޫލަކުން ވަނީ ޖަހަން ފަށާފަ އެވެ.

މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ގެންދާއިރު، ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ޖަހައި ދެމުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާއިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ.

އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ އެސްޓްރާޒެނެކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒު ހިމެނެ އެވެ. މީގެތެރެއިން ރާއްޖެ އަށް ލިބުނީ އެސްޓްރާޒެނެކާ ވެކްސިނެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 83576 އަށް އަރާފަ އެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1663 މީހަކު އެބަތިބިއިރު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 21 މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑުގައި 229 މީހުން މިހާތަނަށް މަރުވެފައިވާ އިރު 80 ޕަސެންޓް މީހުން ވެކްސިންގެ އެންމެ ޑޯޒެއް ވެސް ފުރިހަމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox