މައެއްގެ ވާހަކަ؛ ދަރިއެއްގެ ވަކިވުމާއި ހިތާމަ އާއި ޓްރޯމާ އިން ފަސޭހަވުން

ނަޝްފާ ހުސައިން (ނަޝް)، އޭނާގެ ހަގު ދަރިފުޅާއެކު

ނަޝްފާ ހުސައިން (ނަޝް)، އޭނާގެ ހަގު ދަރިފުޅާއެކު

ދަރިފުޅުގެ މަރަށް ދެ އަހަރުފުރެން ކައިރިވެފައި ވާއިރު އާމިނަތު ނަޝްފާ ހުސައިން (ނަޝް) އަށް އަދިވެސް އޭނާގެ ހަގު ދަރިފުޅު އުދައްޔު ދާވޫދު ގެ ވަކިވެދިއުމުގެ ވާހަކަތައް ދައްކަން ފަސޭހައެއް ނޫނެވެ. ވަޅުލުމުގެ ކުރިން، ދަރިފުޅަށް ކުރި ދިގު ސަލާމާއި ހިތުގައި ރައްކާކުރި ތަސްވީރު އިއްޔެގެ ކަމެއްހެން އަދިވެސް އޭނާގެ ހިތަށް ތަދުކުރެ އެވެ.

އުދައްޔު އަކީ ހިއްވަރުގަދަ ކުއްޖެކެވެ. މަދުން ނޫނީ ނުފެންނަ ކިޑްނީ ބައްޔެއްގައި ހަތަރު މަހުން ފެށިގެން ދެ ކިޑްނީ ފެއިލްވެ، ވޭނުގައި އުޅުނު އިރުވެސް ހިނިތުންވުން ފަނޑުވިޔަ ނުދެ އެވެ. އެއީ އާއިލާގެ އެންމެންނާއި ފެނުނު ކޮންމެ މީހެއްގެ ހިތް އަތުލި ލޯބި ކުއްޖެކެވެ. އެ ހިނިތުންވުމަށްޓަކައި ނަޝް އާއި އޭނާގެ ފިރިމީހާ ރެއާއި ދުވާލު އެއްކޮށްގެން ދޮޅު އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރި އެވެ. އެ ހުރިހާ ކަމެއް ފަހު ވަގުތު ނާކާމިޔާބުވެ، ދަރިފުޅާ ވަކިވާންޖެހި، އަނެއްކާ ވެސް އެ ދެ މަފިރިންނަށް ކުރިމަތިލާން ޖެހުނީ އާ އިމްތިހާނެކެވެ. ދަރިފުޅު ނެތް ދުނިޔެއެއްގައި ދިރިއުޅުން އަލުން އާބާދުކޮށް، އުފާވެރިކަމުގެ މަންޒިލާ ހަމައަށް ކުރަން އޮތް ދަތުރަކީ އެ ދެ މަފިރިންނަށް ފަސޭހަ ދަތުރެއް ނޫންކަން އޭރު ވެސް ނަޝް އަށް އެނގެ އެވެ.

"ދަރިއަކު ވަކިވެގެން ދިއުމުން އިތުރު މީހަކަށް ވިސްނައިގަންނަން ވެސް ނޭނގޭ ހިޔާލުތަކަކާ ހިތާމައެއްގެ ތެރެއަށް މައިންބަފައިން އެބަ ދޭ،" ތިބާ ކްލިނިކްގެ ސައިކޮލޮޖިސްޓް ނަދާ ޝަރީފް ވިދާޅުވި އެވެ.

"ދަރިފުޅު ސަލާމަތްކުރަން ނުކުރެވި އޮތީ، ނުވަތަ ފަރުވާކުޑަ ކޮށްލެވުނީ ކޮން ހިސާބަކުންތޯ، މިކަހަލަ އެތައް ކަންތައްތަކަކާ މެދު ވިސްނި، އަމިއްލަ ނަފްސާ ސުވާލުކުރެވި ސަދުމާ (ޓްރޯމާ)ގެ ހާލަތަކަށް މީހާ ދޭ، އެހެންވީމަ، އެ ހިތާމައިން އަރައިގަންނަން ވަކި މުއްދަތެއް ނޯވޭ. ދަރިއަކު ބީވެގެން ދިއުމުގެ ހިތާމަ މުޅި އުމުރަށް ވެސް މައިންބަފައިން ކޮށްފާނެ. އޭގައި މަސައްކަތްކުރަންޖެހެނީ، ދަސްކުރަންޖެހެނީ، ވަގުތާ އެކު، އެ ހަނދާންތަކާއެކު އަބަދު ވޭން ތަހައްމަލުނުވާ ގޮތަށް ދުޅަހެޔޮކޮށް ކުރިއަށް ދާން،"

Advertisement

ލޯބިވާ މީހަކު ވަކިވެ ދިއުމަށްފަހު އަންނަ ހިތާމަ އާއި ޝިކާޔަތުގެ ދުވަސްތައް ނުވަތަ ގްރީވަންސް އަކީ ޒާތެއްގެ އެއްޗެކެވެ. އެކި މީހުން ގްރީވް ކުރަނީ އެކި ގޮތަށެވެ. ހާއްސަކޮށް އަންހެނުންނާއި ފިރިހެނުން މި ހިތާމަކުރާ ގޮތް ވެސް ތަފާތެވެ.

ބައެއް ފަހަރަށް ދެމީހުން ގްރީވް ކުރާ ގޮތް ތަފާތުވުމަކީ ދެމަފިރިންގެ ދެމެދުގައި އިތުރު މައްސަލަ އުފެދެން މެދުވެރިވެދާނެ ސަބަބެކެވެ.

މިސާލަކަށް، ހިތާމަ ނުވަތަ ގްރީވަންސްގެ ދުވަސްވަރު ދަރިފުޅުގެ ވާހަކަ ގިނައިން ދައްކައި ހަނދާންތައް ތާޒާކުރަން ބޭނުންނުވާ ބައިވެރިއަކާ އެކު އުޅޭ ނަމަ، ވެގެންދިޔަ ކަންތައްތަކާ ބައިވެރިޔާ ދެރަ ނުވެއޭ ހީވެދާނެ އެވެ. އެކަމުން ރުޅިއާއި ޝަކުވާ އުފެދެން މެދުވެރިވެދާނެ އެވެ. މިފަދަ ހިތާމަ ތަހައްމަލުކުރާ މީހުން ގްރީވް ތެރަޕީ ނެގުމުން އިންތިހާ އަށް މުހިންމު ވަނީ މި ސަބަބުތަކާ ހެދި އެވެ.

ނަޝް އާއި ޝުޖާއު ވެސް މިކަން ތަޖުރިބާކުރީ އެއްގޮތް ކަންތައްތަކެކެވެ.

"ޝުޖާއު ކޯޕްކުރަން މަސައްކަތް ކުރީ އަމިއްލަ މީހާ ބިޒީކޮށް ބަހައްޓަން. ހަނދާން ތާޒާވާގޮތަށް ދަރިފުޅުގެ ވާހަކަ ނުދައްކަން. އޭގެ ބަދަލުގަ ނަޝް ފުރަތަމަ ދުވަސްކޮޅު އެއްކޮށް ހުއްޓުމަކަށް އައީ. ބޮޑު ދަރިފުޅުގެ ކަންތައްތަކުގައި ވެސް ނޫޅެވޭ. ހަމަ އޮންނަ ހިތް ވަނީ. ބޭނުންވީ ބޭބީގެ ހަނދާންތަކުގެ ތެރޭގައި ވަޅުލެވިގެން އޮންނަން. ބޭބީގެ ވާހަކަ މީހުންގެ ކައިރީގައި ދައްކަން. ގިނައިން ބޭބީގެ ވާހަކަތައް ދައްކަން. އެއީ ނަޝް ކޯޕްކުރާ ގޮތަކީ. ބެބީގެ ވާހަކަ ދެއްކީމަ ނަޝް އަށް ހިތްހަމަޖެހުން ލިބޭ،" ނަޝް ކިޔައިދިނެވެ.

"ޝުޖާ އެގޮތަށް އުޅޭތީ ފުރަތަމަ ހިތްހަމަ ނުޖެހުނު. އެކަމަކު ދެ މީހުންގެ ގޮތުގަ ދެމީހުން ކޯޕްކުރާ ގޮތް ވެސް ރަނގަޅު. އެކަން ވިސްނައިދިނީ ތެރަޕިސްޓު."

ތެރަޕީ އިން ނަޝްގެ ދެމަފިރިންނަށް އެކަކު އަނެކެއްގެ އިހުސާސްތައް ބަލައިގަތުމަށް ދަސްވި އެވެ. ދިރިއުޅުމާއި، އާއިލާ އަށް އަންނަމުންދިޔަ ބަދަލުތަކާމެދު ނެގެޓިވް އިހުސާސް އުފެއްދުމުގެ ބަދަލުގައި އާ ނަޒަރަކުން ވިސްނާނެ ގޮތް ދަސްވި އެވެ.

"މިސާލަކަށް، ފިރިމީހާ އަށް ބޭބީގެ ހަނދާންތައް އާކުރަން އުނދަގޫވާތީ ނަޝް ހަދަންފެށި ގޮތަކީ ލިޔަން ފެށީ. އޭރުން ފިރިމީހާގެ އިހުސާސްތަކަށް ވެސް ސްޕޭސް ދެވޭ. ނަޝްގެ އިހުސާސްތައް ވެސް ބޭރުކުރެވޭ،" ނަޝް ކިޔައިދިނެވެ.

ބޭބީގެ މަރަށް ފަހު، މަހެއް ވަންދެން ނަޝް އާއި ޝުޖާއު އިންޑިއާގެ ޗެންނާއީގައި ގްރީފް ތެރަޕީ އަށް ދިޔަ އެވެ. ތެރަޕީ އަށްފަހު ނަޝް އަށް ބޭބީގެ ހަނދާންތަކުން ލުއި ނުލިބުނަސް، އިހުސާސްތައް ޕޮޒިޓިވް މިސްރާބަކަށް ބަދަލުކުރަން ވަރަށް ބޮޑަށް އެހީވި ކަމަށް ބުންޏެވެ.

"ވަރަށް ގިނަ ނެގެޓިވް އިމޯޝަންސް ހުރި. ރުޅި ހުރި. ސަބަބަކީ ބެބީ އައިސީޔޫގައި އޮއްވާ އިންފެކްޝަން ޖެހިގެން މަރުވި އިރު، އޭގެ ކުރިން އައިސީޔޫތެރެއިން ނަޝް އަށް ފެންނަން ނުޖެހޭ ކަންތައްތަކެއް ފެނުނު. އެއް ދުވަހު ނަޝް ހޮސްޕިޓަލް ތެރޭގައި އަޑުގަދަ ވެސް ކުރިން. އެހެންވީމަ ހޮސްޕިޓަލް ބްލޭމް ކުރެވުނު. އަމިއްލަ ނަފްސު ބްލޭމް ކުރެވުނު، ހިތަށް އެއީ ނަޝް އަށް މިވެނިހެން އެވެނިހެން ކުރެވުނުނަމަ ފަހަރެއްގަ ބޭބީ ދިރި ހުންނާނެ އޭ، ދެން ވެއްޓުނީ ޑިޕްރެޝަން އަަށް،" ނަޝް ބުންޏެވެ.

"އެހެންވީމަ ތެރަޕީ އިން ވަރަށް ބޮޑަށް އެހީ ލިބުނު."

ގްރީވަންސް މަރުހަލާގައި ބައެއް ފަހަރު އެއް ސްޓޭޖެއްގައި ހަރުލާފައި ކުރިއަށް ނުދެވިފައި ވެސް ހުރެދާނެ އެވެ. އެއީ ދުވަސް ވާ ވަރަކަށް މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ އިން ނޭދެވޭ އަސަރުކުރާ ކަންތައްތަކެވެ. ތެރަޕީ އިން މިފަދަ އިހުސާސްތައް ދެނެގަންނަން އެހީތެރިވެދޭނެ ކަމަށް ނަދާ ވެސް ވިދާޅުވި އެވެ.

ނަޝް، އުދައްޔު އާއި އައުބް އާއި އެކު: އުދައްޔު މަރުވި ހާދިސާއަށް ދެ އަހަރު ފުރޭ އިރު އަދިވެސް އެ ހާދިސާ އާ އެކު ދިރިއުޅެން ދަސްކުރަން ކުރާ ދަތުރު އުނދަގޫ ކަމަށް ނަޝް ބުނި
ނަޝް، އުދައްޔު އާއި އައުބް އާއި އެކު: އުދައްޔު މަރުވި ހާދިސާއަށް ދެ އަހަރު ފުރޭ އިރު އަދިވެސް އެ ހާދިސާ އާ އެކު ދިރިއުޅެން ދަސްކުރަން ކުރާ ދަތުރު އުނދަގޫ ކަމަށް ނަޝް ބުނި

ނަޝް، އުދައްޔު އާއި އައުބް އާއި އެކު: އުދައްޔު މަރުވި ހާދިސާއަށް ދެ އަހަރު ފުރޭ އިރު އަދިވެސް އެ ހާދިސާ އާ އެކު ދިރިއުޅެން ދަސްކުރަން ކުރާ ދަތުރު އުނދަގޫ ކަމަށް ނަޝް ބުނި

ބެބީގެ މަރުގެ ހިތާމަ ނަޝް އާއި ޝުޖާއު އުފުލަމުން ދިޔަ އިރު، އެ ދެ މީހުންގެ 12 އަހަރުވީ ދޮށީ ދަރިފުޅު އައުބު ވެސް ދިޔައީ އެ ހިތާމަ ކުރަމުންނެވެ. އުމުރުން އެންމެ ދިހަ އަހަރުގައި ލޯބިވާ ކޮއްކޮ ވަކިވުމުގެ ހިތާމަ، އައުބުގެ ފަރާތުން ފެނުނީ ނަޝްގެ ދެމަފިރިން ހީކުރި ގޮތަކަށް ނޫނެވެ.

ބެބީ މަރުވެގެން ފުރަތަމަ ކޮޅުގައި އައުބު ކޮންމެވެސް ވަރަކަށް ރޮއެ ހެދި އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ، އައުބު ހަމައަކަށް އެޅި ކިޔެވުމާއި ސްކޫލްގެ ކަންކަމުގައި އެއްވެސް ދައްޗެއް އުނދަގުލެއް ނެތި އުޅެން ފެށި އެވެ. ކުޅުމާއި ފޮތް ކިޔުމުގައި ވަގުތު ހޭދަކުރެ އެވެ. ސްކޫލުގެ ނަތީޖާ ކުރިން ހުރި ވަރަށް ވުރެ ރަނގަޅުވާން ފެށުމުން ނަޝްގެ ދެމަފިރިން ހީކުރީ އައުބު އަށް ހިތާމައިން އަރައިގަނެވުނީ ކަމަށެވެ.

"އެކަމަކު އިހަށް ރޭ، ނިންދަވަން ބާއްވާލާފައި އައުބު ކައިރިން ދާން އުޅުނު ތަނާ ރޮވެން ފެށުނީ. ގިސްލަ ގިސްލާފައި ދައްކަން ފެށީ އިންޑިއާ މަތިން މިސްވާ ވާހަކަ. އަޅުގަނޑަށް ވަގުތުން އެނގިއްޖެ އިންޑިއާ އަށް ދާހިތުން ނޫންކަން. އެހެންވެ އައުބު ދައްކަން ބޭނުން ހުރިހާ ވާހަކައެއް ދައްކަން ފުރުސަތު ދީގެން އިނީ،" ނަޝް ކިޔައިދިނެވެ.

"ވަކި ހިސާބަކުން ބުނީ، މަންމާއޭ، އައުބު ހުރިހާ ކަމެއް ވެސް ކުރަމޭ. ފޮތް ކިޔަމޭ، ކުޅެމޭ، އެކަމަކު އައުބު އަށް ނޭނގުނަސް، ބޭބީގެ ހުރިހާ ކަމެއް އައުބު މިސްވެ އޭ،"

ހިތްދަތި ހާދިސާ އަށް ގާތްގަނޑަކަށް ދެ އަހަރު ފަހުން ދަރިފުޅު ބަންޑުންކުރި އިހުސާސްތަކުން ހިތް ފަޅައިގެން ދިޔަސް، އައުބު އަށް ނަޝް ވިސްނައިދިނީ އެ އާއިލާ އަށް ދިމާވީ ކުޑަ ކަމެއް ނޫން ކަމަށެވެ. ދަރިފުޅުގެ އިހުސާސްތަކަކީ އަގެއް ހުރި އިހުސާސްތަކެއް ކަމެވެ. މަންމަ އާއި ބައްޕަގެ އިހުސާސް، އައުބްގެ އިހުސާސްތަކާ އެއްގޮތް ކަމެވެ. އެކަމަކު ބެބީ އަނބުރާ ނާންނާނެ ކަމާއި، އެ ހަގީގަތާއެކު ބެބީގެ ހަނދާންތައް އަންނަ ހިނދު ދެރަވުމުގެ ބަދަލުގައި އުފާވާ ވަރަށް އެ ހަނދާންތައް ބަލައިގަތުމަށް ނަސޭހަތްތެރިވި އެވެ.

"އެހެން ބޭބީއެއް ހޯދަން ވެސް ބުނި،. އެކަމަކު އައުބް އަށް ނަޝް ވިސްނަދިނީ އެހެން ބޭބީއެއް ހޯދިއަސް އެއީ ބޭބީގެ މަގާމަށް އަންނާނެ ކުއްޖެއް ނޫންކަން. އައުބް އަށް އެގޮތަށް ރީޒަން ކޮށްދެމުން ކިޔައިދިނީމަ ވިސްނޭ،" ނަޝް ބުންޏެވެ.

ދަރިއެއްގެ ވަކިވެ ދިއުމާއި އެއާ ވިދިގެން މައިންބަފައި ތަހައްމަލުކުރާ ހިތްދަތިކަމާއި ހިތާމަ އަށް ވަގުތު ދިނުމަކީ އާއިލާއެއްގެ ހައިސިއްޔަތުން ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ. ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ދެވޭނެ އެންމެ ބޮޑު އަޅާލުމެވެ. ދަރިއަކު ބީވެގެން ގްރީވް ކުރާ ދެމަފިރިއަކު ހިތާމަކުރާ ގޮތަށް ފާޑުކިޔައި. އަމިއްލަ ރައުޔާއި ހިޔާލު ފާޅުކުރުމުގެ ބަދަލުގައި، އެއަށްވުރެ އޯގާތެރި ފުޅާ ވިސްނުމަކުން ވިސްނުމަކީ އެކުގައި އުޅޭ މީހުން ދަތުން މުހިންމު ކަމެކެވެ.

ނަޝް ބުނީ ތެރަޕީ ނެގުމާއި، ތަފާތު އާޓިކަލްތައް ކިޔައި، ދީނީ ނަޒަރުން ބުނެދީފައި ހުންނަ ލިޔުންތައް ކިޔައި ހެދުމުން ހިތަށް ތަސައްލީ ލިބޭ ކަމަށެވެ. އެކަމަކު އަދިވެސް މުޅިން ހީލް ވާން ނަގާނެ ދުވަހެއް ނަޝް އަކަށް ވެސް ނޭނގެ އެވެ.

"ތެރަޕީ ނަގަން ފެށީމަ ވެސް މީހަކު ބުނި، ކީއްވެހެއްޔޭ ތެރެޕީ އަށް ދަނީ. ބޭބީ އެއޮށް ބަލި އިރުގަ ވެސް ހަމަ ވަރަށް ހިތްވަރުކުރީމެއް ނޫންހޭ. ގުރުއާނާ އެއްޗެހި ކިޔެވީމަ، މެނޭޖު ކުރެވޭނެ އޭ. އަދި ބެބީގެ އެއްޗެހި އުކާނުލައި ގެންގުޅޭތީ ވެސް ބައެއް މީހުން އެކި ގޮތަށް ހިޔާލުދޭ. އެއީ ހެޔޮ އެދޭތީ ބުނާ އެއްޗެހި. އެކަމަކު ވެސް ނަޝްމެން މި ހާލަތުގައި ބޭނުންވަނީ ވަގުތާއި އަމިއްލަ ސްޕޭސް ގައި ހީލް ވުމުގެ ފުރުސަތު،" ނަޝް ބުންޏެވެ.

އިހުސާސްތަކުގައި އޮބި އަޅައިގެން ދުޅަހެޔޮކޮށް ހިތަށް ފަރުވާ ލިބުމަކީ ވުމަށްވުރެ ދުރުގައި އޮތް ކަމެކެވެ.

"ދަރިއެއްގެ ހިތާމަ މައިންބަފައިން ކުރާނެ މިންވަރާއި ކުރާނެ ގޮތް ނިންމާނީ އެހެން މީހުންނެއް ނޫން. ގްރީވެންސް އަކީ ވަރަށް ވަގުތު ނަގާފާނެ ކަމެއް." ނަދާ ވެސް ފާހަގަކުރެއްވީ މިފަދަ އުނދަގޫ ހާލަތުތަކުގައި އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، އޯގާތެރިވުމުގެ މުހިންމުކަމެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox