ދުނިޔޭގެ އެންމެ ބިޔަ ގަސް އަނދައިގެން ދިޔުމުގެ ބިރު!

ދުނިޔޭގެ އެންމެ ބިޔަ ގަސް ހުންނަނީ އެމެރިކާގެ ނެޝަނަލް ޕާކެއްގައި.

ދުނިޔޭގެ އެންމެ ބިޔަ ގަސް ހުންނަނީ އެމެރިކާގެ ނެޝަނަލް ޕާކެއްގައި.

އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ސުކޯޔާ ނޭޝަނަލް ޕާކަށް ފެތުރި ދުނިޔޭގެ އެންމެ ބިޔަ ގަސް އަނދައިގެން ދިޔުމުގެ ބިރު ބޮޑުވެއްޖެ އެވެ.

އަލިފާން ނިއްވަން މަސައްކަތް ކުރާ މީހުން ވަނީ އެ ޕާކުގައި ހުރި ތާރީހީ ގަސްތައް ހިމާޔަތް ކުރުމަށް އެ ގަސްތަކުގެ ބުޑުގައި އަލިފާން ނުހިފާ ފަދަ ތަކެތި އޮޅާފަ އެވެ.

އޮފިޝަލުން ބުނީ ޕާކު ތެރޭގައި ހުންނަ ޖަޔަންޓް ފޮރެސްޓާ ހަމައަށް ފޯރައިފި ނަމަ، ދުނިޔޭގެ އެންމެ ބިޔަ ގަސްތައް ނެތިދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ.

ޖަޔަންޓް ފޮރެސްޓް ޖަންގައްޔަކީ 2،000 ސުކޯޔާ ގަސް ހުންނަ ތަނެކެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބިޔަ ގަސް، ޖެނެރަލް ޝާމަން ވެސް ހިމެނެ އެވެ. އެއީ 83 މީޓަރު އުސް، ބިމުގެ އެންމެ ބޮޑު ޖާގައެއް ނަގާ ގަހެވެ. އެއީ ގާތްގަނޑަކަށް 2،500 އަހަރުވީ ގަހެކެވެ.

އެ ސަރަހައްދުގައި އަލިފާންގަނޑު ފެތުރޭތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ. ތިންސަތޭކަ ފަންސާހަށް ވުރެ ގިނަ އަލިފާން ނިއްވާ މީހުންނާޢި ހެލިކޮޕްޓަރުތަކުން ކުރާ މަސައްކަތުން ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

ޖެނެރަލް ޝާމަން އާއި އެހެން ބިޔަ ގަސްތައް ހިމާޔަތް ކުރުމަށް، ގަހުގެ ބުޑުގައި ވަނީ އެލުމީނިއަމް ފޮއިލް އޮޅާފަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ތަނުގައި ހުރި ސުކޯޔާ ގަހަކީ އާއްމުކޮށް ހުޅު ހިފާ ގަހެއް ނޫނެވެ.

އެންމެ ބިޔަ ގަހުގެ ބުޑުގައި އެލުމިނިއަން ފޮއިލް އަޮޅާފައި.
އެންމެ ބިޔަ ގަހުގެ ބުޑުގައި އެލުމިނިއަން ފޮއިލް އަޮޅާފައި.

އެންމެ ބިޔަ ގަހުގެ ބުޑުގައި އެލުމިނިއަން ފޮއިލް އަޅާފައި.

އެ ގަސްތައް ހުރި ނެޝަނަލް ޕާކުގައި ރަލިފާން ރޯވީ ހޮނު އެޅުމުގެ ސަބަބުންނެވެ. މި އަހަރުގެ ހޫނު މޫސުމުގައި ކެލިފޯނިއާގެ އެކި ހިސާބުގައި ރޯވެފައި ވެ އެވެ.

އެގޮތުން އެ ސްޓޭޓުގައި މި އަހަރު 7،400 އަލިފާންގަނޑު ރޯވި އެވެ. އޭގެ ސަބަބުން 2.2 މިލިއަން އޭކަރުގެ ސަރަހައްދު ވަނީ އަނދާ އަޅިއަށް ވެފަ އެވެ.

ދުނިޔެ ހޫނުވެ، ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމަށް އެންމެ އެކަށޭނަ މާހައުލު އުފެދެ އެވެ. ފަހަކަށް އައިސް އެފަދަ އަލިފާންގަނޑުތަކުގައި ލިބޭ ގެއްލުން ދަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox