ކޫމަން ވަކިކުރަން ބާސެލޯނާގެ ބޯޑުން ޕްރެޝަރު ކުރަނީ

Sep 18, 2021, 4:28 AM
ބާސެލޯނާގެ މެޗެއްގެ ތެރެއިން ކޫމަން.

ބާސެލޯނާގެ މެޗެއްގެ ތެރެއިން ކޫމަން.

ބާސެލޯނާ (ސެޕްޓެމްބަރު 18) - ބާސެލޯނާގެ ކޯޗަކަށް ހުރި ރޮނާލްޑް ކޫމަން މަގާމުން ދުުރުކުރަން ބާސެލޯނާގެ ބޯޑް މެމްބަރުން، އެ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ އަށް ޕްރެޝަރު ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާގެ ބޯޑުގައި ތިބި މެޖޯރިޓީ މެމްބަރުން ކޫމަން ވަކިކުރަން ހުށަހެޅީ ބުރާސްފަތި ދުވަހު ބޭއްވި އެ ކްލަބްގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއްގަ އެވެ. އޭގެ ފަހުން ކޫމަންގެ އޭޖެންޓް ރޮބް ޖެންސަން ވަނީ ނެދަލެންޑްސްގެ ޓީވީ ޝޯއެއްގައި ލަޕޯޓާ އަށް ފާޑުކިޔައިފަ އެވެ.

ޖެންސަން ބުނީ ކޫމަން ބާސެލޯނާގައި މަޑުކުރުވީ އެ ޓީމުން އާ ކޯޗެއް ހޯދަން ކުރި މަސައްކަތުގައި އެއްވެސް އަލިމަގެއް ނުފެނި ގޮތް ހުސްވެގެން ކަމަށެވެ. ޖެންސަން ވަނީ ލަޕޯޓާގެ އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތް ކަމަށް ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ މި ހަފްތާގައި ވަނީ އަމިއްލަ ދަނޑުގައި ވަރަށް އާދައިގެ ކުޅުމަކަށް ފަހު ބަޔާން އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު ބާސެލޯނާ ބޯޑް މެމްބަރުން ކޫމަން ވަކިކުރަން ހުށަހެޅި ނަމަވެސް ލަޕޯޓާ ވަނީ އަދި އެ ގޮތަށް އަމަލުނުކުރަން ނިންމައިފަ އެވެ. އޭގެ ހާއްސަ ސަބަބެއް ވެސް އެބައޮތެވެ.

މި ސީޒަނުގެ ނިޔަލަށް (އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް) ބާސެލޯނާގެ ކޮންޓްރެކްޓްގައި ކޫމަން ހުރިއިރު، އޭނާ މިހާރު މަގާމުން ވަކިކޮށްފިނަމަ ކޮންޓްރެކްޓްގެ މުއްދަތަށް މުސާރަ ދޭން ޖެހޭނެ އެވެ.

އަނެއްކޮޅުން މަގާމުން ވަކިކޮށްގެން ކޫމަން ބަދަލު ހޯދަން ކޯޓަށް ހުށަހަޅައިފިނަމަ ކޮންޓްރެކްޓާ ހިލާފުވާ ޖޫރިމަނާއާ އެކު ބާސެލޯނާ ދައްކަން ޖެހޭ އަދަދު އިތުރުވާނެ އެވެ. މިކަމުގައި ހައްލެއް ލިބެން އޮތީ ކޫމަންގެ ރުހުމުގައި އޭނާގެ ކޮންޓްރެކްޓް ކެންސަލް ކޮށްގެންނެވެ.

ބާސެލޯނާގެ މެޗަކަށް ފަހު ކޫމަން (ކ) އާއި ލަޕޯޓާ: ކޫމަން ވަކިކުރުމާ މެދު ގޮތެއް ނުނިމޭ.-- ފޮޓޯ: އޭއެފްޕީ

ދާދި ފަހުން ނެދަލެންޑްސް ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ކޫމަން ވަނީ ބާސެލޯނާގައި މުސްތަގުބަލެއް އޮތީ އޭނާ ނިންމާ ނިންމުންތައް ރަނގަޅުވުމުން ކަމަށް ބުނެފަ އެވެ. ކޫމަން އެހެން ބުނުމުން ބާސެލޯނާގެ ގިނަ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހިފަ އެވެ.

ސަޕޯޓަރުންގެ ނުރުހުމުގެ މެސެޖުތަކަށް އިޝާރާތްކޮށް ކޫމަން ފަހުން ބުނީ ކްލަބްގައި މުސްތަގުބަލެއް އޮތްކަމަށް އޭނާ ބުނީ މިހާރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ނިސްބަތް އިތުރުކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ބާސެލޯނާ އިން ކޫމަން ވަކިކުރަން ނިންމާނީ އެކަށީގެންވާ ރަނގަޅު ކޯޗެއް ލިބޭނަމަ އެވެ. ބާސެލޯނާގެ ފުރަތަމަ ވިސްނުމަކީ އެ ކްލަބްގެ ޗީފެއްގެ މަގާމުގައި ހުރި ޖޯޑީ ކްރައިފާ ވަގުތީ ގޮތުން ޓީމު ހަވާލުކުރާށެވެ. އެކަމަކު، ކޫމަންއާ އޮތް ގާތްގުޅުމެއްގެ ސަބަބުން އޭނާ މަގާމުން ދުރުކޮށްފި ހާލެއްގައި ޖޯޑީ ކްރައިފް ޓީމާ ހަވާލުވުމުގެ ފުރުސަތު ކުޑަ އެވެ.

ބާސެލޯނާ އަށް 1989 އިން 1995 އަށް ކުޅެދިން ކޫމަން ވަނީ ކުޅުނު ދުވަސްވަރު އެ ޓީމާ އެކު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ކޫމަން ވަނީ ޔޫރަޕްގެ ގިނަ ކްލަބްތަކެއްގައި ކޯޗިން މަސައްކަތްކޮށްފަ އެވެ.

ކޫމަންގެ ކޯޗިން ކެރިއަރުގައި ގިނަ ކުޅުންތެރިންތަަަކަކާ މައްސަލަ ޖެހި މީޑިއާގައި ވެސް އެ މައްސަލަ ތިލަވި އެވެ. އެ ގޮތުން ބާސެލޯނާގައި ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗާއި ލުއިސް ސުއަރޭޒާ މައްސަލަ ޖެހުނުއިރު، މީގެ ކުރިން އެވަޓަން އަށް ކުޅުނު ފޯވާޑް އޮމާ ނިއާސް އާއި ވެލެންސިއާގެ ޔަކީން އާއި އަލްބެލްޑާ ވެސް ވަނީ ކޫމަން ކަންތައް ކޮށްފައި ހުރި ގޮތުން އޭނާ އަށް ފާޑުކިޔައިފަ އެވެ.

ކޫމަން ބާސެލޯނާއާ ހަވާލުވުމުގެ ކުރިން އެންމެ ފަހުން ހުރީ ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox