ސަޕޯޓަރުން ހިތްހަމަ ނުޖެހޭނަމަ ސިޓީ ދޫކޮށްލަން ވެސް ތައްޔާރު: ގާޑިއޯލާ

Sep 18, 2021, 4:24 AM
ސިޓީ މެޗެއްގެ ތެރެއިން ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

ސިޓީ މެޗެއްގެ ތެރެއިން ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ސެޕްޓެމްބަރު 18) - މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން އޭނާއާ މެދު ހިތްހަމަ ނުޖެހޭނަމަ އެ ޓީމު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރްބީ ލައިޕްޒިގު އަތުން ސިޓީ މޮޅުވި މެޗު ބަލަން އެ ޓީމުގެ ދަނޑަށް ސަޕޯޓަރުން މަދުން ވަނުމުން ގާޑިއޯލާ ވަނީ އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވީހާ ވެސް ގިނަ ސިޓީ ސަޕޯޓަރުން މެޗުތައް ބަލަން ދަނޑަށް އަންނަން ދައުވަތު ދީފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމަށް 55،000 މީހުންނަށް ވަދެވޭއިރު، ލައިޕްޒިގު މެޗަށް ވަނީ 38،000 ސަޕޯޓަރުންނެވެ.

ގާޑިއޯލާ އެދުނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗު ބަލަން ގިނަ ސަޕޯޓަރުން އައުމަށެެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ސިޓީގެ ސަޕޯޓަރުންގެ ގްރޫޕްގެ ޖެނެރަލް ސެކްރެޓަރީ ކެވިން ޕާކާ ބުނީ ގާޑިއޯލާ ވިސްނަން ޖެހޭނީ ޓީމުގެ ކޯޗިންގެ ކަންކަމާ މެދު ކަމަށާއި ސަޕޯޓަރުންގެ ކަންކަން ހުރި ގޮތް ނޭނގޭނެ ކަމަށެވެ.

ސައުތެމްޓަނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ވަނީ ޕާކާގެ އެ ވާހަކަތަކަށް ރައްދުދީފަ އެވެ. ގާޑިއޯލާ ބުނީ އޭނާ ދެއްކި ވާހަކައެއްގެ ގޯސް މާނައެއް ނަގައިގެން ޕާކާ ރައްދުދިނުން ބަލައިނުގަނެވޭ ކަމަށެވެ. ސަޕޯޓަރުންނަށް ދައުވަތުދީފައި މީގެ ކުރިން ވެސް ވާހަކަ ދައްކާފައިވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

"އަހަރެން ދެއްކި ވާހަކަ އަށް މައާފަކަށް ނޭދޭނަން. އަހަރެން ބުނި ވާހަކަ އަކީ ސަޕޯޓް ބޭނުންވާ ވާހަކަ. އަހަރެން މި ބަލަނީ ސަޕޯޓަރުން އަންނާނެ އަދަދަކަށް ނޫން. އަހަރެން މި ދައުވަތު ދެނީ ޓީމަށް އެހީވެދޭން ސަޕޯޓްކުރަން އަންނަން،" ގާޑިއޯލާ ބުންޏެވެ.

"އެންމެ މުހިއްމީ ކްލަބް. ކްލަބެއްގެ އެންމެ މުހިއްމު އެއް ބަޔަކީ ސަޕޯޓަރުން. ކްލަބް ދަމަހައްޓަނީ ސަޕޯޓަރުން. އަހަރެން މި ކްލަބް ދެކެ ލޯބިވޭ. އެކަމަކު، މި ކްލަބްގެ ސަޕޯޓަރުން އަހަންނާ މެދު ނުރުހޭނަމަ ޓީމު ދޫކޮށްލާފައިދާން އަހަރެން ފަސްނުޖެހޭނަން،"

ގާޑިއޯލާ އަށް ރައްދުދިންއިރު ސަޕޯޓަރުންގެ ގްރޫޕްގެ ފަރާތުން ޕާކާ ވަނީ ޕްރިމިއާ ލީގުގެ މެޗުތަކުގައި ސިޓީގެ ދަނޑަށް ސަޕޯޓަރުން ވަން އަދަދުގެ ތަފާސްހިސާބުތައް ދައްކައިފަ އެވެ. އެ ގޮތުން ނޯވިޗް ސިޓީ މެޗަށް 51،437 މިހުން ވަންއިރު، އާސެނަލް މެޗު ބަލަން 52.276 ސަޕޯޓަރުން ވަނެވެ. ގާޑިއޯލާ ބުނީ އޭނާ ދެއްކި ވާހަކަ ޕާކާ ރަނގަޅަށް އަޑުއަހާލުން ބުއްދިވެރި ކަމަށެވެ.

ސިޓީގެ ކޯޗުކަމާ ހަވާލުވީ ވަރަށް ރަނގަޅަށް އެ ޓީމުގެ ތާރީހު ވެސް އެނގިހުރެ ކަމަށް ގާޑިއޯލާ ބުންޏެވެ. އަދި ސިޓީގެ ފަރާތުން ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް، ބާސެލޯނާ، ބަޔާން މިއުނިކް އަދި ރެއާލް މެޑްރިޑް ފަދަ ސަޕޯޓަރުން ގިނަ ކްލަބްތަކުގެ ފަރާތުން ފެންނަ ފަދަ ކަންތައްތަކަށް އުއްމީދުކޮށް އެ ވާހަކަ ދައްކަން އަދި ބޭނުންނުވާ ކަމަށް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އޭނާ ދައްކާ ވާހަކަ އޮޅުވާލައިގެން މާނައޮޅޭ ގޮތަށް ދައްކާނެ މީހުން ވެސް ތިބޭނެ ކަމަށާއި ގޯސް ވާހަކައެއް ދެއްކިއްޖެނަމަ މައާފަށް އެދޭނެ ކަމަށެވެ.

ސިޓީ އާއި ސައުތެމްޓަން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ހަތެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox