އާސެނަލަށް ބެލިންހަމް ގެއްލުނު ގޮތް ކުރީގެ ކެޕްޓަން އެޑަމްސް ކިޔައިދީފި

Sep 17, 2021, 4:58 AM
އާސެނަލަށް ބެލިންހަމް ގެއްލުނު ގޮތް ކުރީގެ ކެޕްޓަން އެޑަމްސް ކިޔައިދީފި

ލަންޑަން (ސެޕްޓެމްބަރު 17) - ބޮރޫޝިއާ ޑޯޓްމަންޑްގައި މިހާރު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ގަންނަން އާސެނަލަށް ލިބިފައި އޮތް ފުރުސަތު އެ ޓީމަށް ގެއްލުނީ ޓީމުގެ މެނޭޖްމަންޓަށް އައި ބަދަލުތަކުގެ ތެރެއިން ކަމަށް އާސެނަލްގެ ކުރީގެ ކެޕްޓަން ޓޯނީ އެޑަމްސް ބުނެފި އެވެ.

ބާމިންހަމް ސިޓީގައި ހުރެފައި ބެލިންހަމް މިދިޔަ އަހަރު ގިނަ ޓީމުތަކަކާ މަޝްވަރާކުރި އެވެ. އޭގެ ތެރޭގައި އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ. މީގެ ތެރެއިންް އާސެނަލުން ބެލިންހަމްގެ ސޮއި ހޯދުމާ ވަރަށް ގާތަށް ޖެހިލި އެވެ. އެކަމަކު، އެ ޓްރާންސްފާ ނިންމުމުގައި ދިމާވީ ތަފާތު މައްސަލަ އެކެވެ.

ބްރެޒިލްގެ އެޑޫ އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރަކަށް ހަމަޖައްސައި ސްކައުޓިން ކަންކަމުގެ ކޮންޓްރޯލް 2019 ވަނަ އަހަރު ނެގުމުގެ ކުރިން އާސެނަލްގެ ސްކައުޓިންގެ ޒިންމާއާ ހަވާލުވެ ހުރީ ސްވެން މިސްލިންޓަންޓް އެވެ. ސްވެން އާއި ސްޓީވް މޯރޯ އަދި ފްރާންސިސް ކަޖިޖާއޯ ވަނީ ބާމިންހަމްއާ އެކު އޭރު އުމުރުން 17 އަހަރުގެ ބެލިންހަމްގެ ޑީލްގެ ވާހަކަ ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު، ފަހުން އެޑޫ މަގާމާ ހަވާލުވެ، ބެލިންހަމްގެ މަޝްވަރާތައް ކުރިއަށް ގެންދިއުން ހުއްޓާލުމާ އެކު އެ ވަގުތުގެ ފައިދާނަގައި ޑޯޓްމަންޑުން މިދިޔަ އަހަރު ޖެނުއަރީ މަހު 30 މިލިއަން ޑޮލަރަށް ބެލިންހަމް ގަތީ އެވެ.

އިންގްލެންޑްގެ މެޗެއްގެ ތެރެއިން ބެލިންހަމް ބޯޅަ ކޮންޓްރޯލް ކުރަނީ.

"ސްކައުުޓުން ބަދަލުވެގެން ދިޔަ އެ މުއްދަތުގައި ހަގީގަތު އަހަރެމެން (އާސެނަލް) އަތުން ބެލިންހަމްގެ ޑީލް ދިޔައީ. އެޑޫ އާސެނަލާ ހަވާލުވީ ބްރެޒިލާއި ދެކުނު އެމެރިކާގައި ފުޓްބޯޅައިގެ މި ކަހަލަ މަސައްކަތް ކޮށްފައި. އޭނަގެ ކިބައިގައި އިނގިރޭސި ވިލާތާއި ޔޫރަޕްގެ ސްކައުޓިންގެ މާ ބޮޑު ތަޖުރިބާއެއް ނެތުމުުގެ މައްސަލަ އެބަދިމާވޭ،" ސްކައި ސްޕޯޓްސް ޝޯއެއްގައި ވާހަކަ ދައްކަމުން އެޑަމްސް ބުންޏެވެ.

އެޑަމްސް ބުނީ ބެލިންހަމް ކަހަލަ ކުޅުންތެރިއަކު ލިބިއްޖެނަމަ ކުރިން އޮތް އާސެނަލްގެ މެނޭޖްމަންޓުން މާ ލަސްތަކެއް ނުވެ ވަގުތުން ސޮއިހޯދާނެ ކަމަށެވެ.

"އާސެން ވެންގާ ކަހަލަ ކޯޗެއް ހުރިނަމަ ބެލިންހަމްގެ ޑީލް (ވަގުތުން) ނިންމާނެ. ހަގީގަތުގައި ކްލަބް ކުރިއަށް ގެންދާނަަމަ ބޭނުމީ އެ ފަދަ ކުޅުންތެރިން،" އެޑަމްސް ބުންޏެވެ.

މިހާރު އުމުރުން 18 އަހަރުގެ ބެލިންހަމް އަންނަނީ ޖަރުމަނު ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް ޑޯޓްމަންޑް މެދުތެރޭގައި ތަފާތު ދައްކަމުންނެވެ. ބެލިންހަމް އަންނަނީ އިންގްލެންޑް ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުންނެވެ.

އަންނަ ސީޒަނުގައި ބެލިންހަމް ހޯދަން އިނގިރޭސި ގިނަ ކްލަބްތަކުން ބިޑްކުރާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ. ޑޯޓްމަންޑުން ބެލިންހަމް ވިއްކާލަން ކިޔާ އަގު އުޅެނީ 85 މިލިއަން ޑޮލަރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox