މެތު އާންމުވުން: ސިހިގެން ދިޔަ ވާހަކައެއް!

މާލޭގައި ޑްރަގްސްގެ ހިދުމަތްދޭ ކެފޭއެއްގައި "މެތު" ލިބެންހުރިކަން އިޝްތިހާރުކޮށްފައި. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މާލޭގައި ޑްރަގްސްގެ ހިދުމަތްދޭ ކެފޭއެއްގައި "މެތު" ލިބެންހުރިކަން އިޝްތިހާރުކޮށްފައި. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ހުސްވި ހަފުތާގެ ބުދަ ދުވަހު ރާއްޖޭގެ ހެލްތު މިނިސްޓަރު މީޑިއާގައި ވިދާޅުވި ބަސްފުޅަކުން އަޅުގަނޑު ސިއްސައިގެންދިޔަ އެވެ. އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ބާވަތެއްކަމަށްވާ "މެތު" ރާއްޖޭގައި ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ ކަމަށެވެ. ރާއްޖޭގައި އެންމެ އާންމު މަސްތުވާ ބާވަތްތަކުގެ ގޮތުގައި ބެލެވޭ ކެނެބިސް ނުވަތަ ތެލާއި، ޑައިމޯފިން ނުވަތަ "ހަކުރަށް" ވުރެ "މެތު" މިއީ މާބޮޑަށް ނުރައްކާތެރި އެއިން ސަލާމަތްވުމަށް ވެސް މާއުނދަގޫ ދަތި އެއްޗެއްކަމުގައި ބައެއް ލިޔުންތަކުން ފެނުނެވެ.

އިސްލާމީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މުޅި އިސްލާމީ ޝަރީއަތް އައީ ފަސް ކަމެއް ހިމާޔަތްކުރުމަށެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ދީނުގެ މައިގަނޑު އޮންނަނީ ފަސް މަގުސަދެއް ހާސިލުކުރުމެވެ. އެއީ ދީނާއި ނަފުސާއި ނަސްލާއި ބުއްދިއާއި މުދަލާ ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ނުރައްކާތެރި މަސްތުވާއެއްޗަކަށް ދެވިހިފައިފިއްޔާ ފާފަވެރި މަގެއްގައި ތިމާއާއި ތިމާގެ ގާތް މީހުންނާއި ހެޔޮއެދޭހާ މީހެއްގެ އަތުގައި ހުރި މުދަލާއި ފައިސާ ހުސްވުމަކަށް ލަހެއް ފަހެއް ނޯންނާނެ އެވެ. "މެތު" މިއީ ނުރައްކާތެރި އެހެން މަސްތުވާއެއްޗެއްސަށްވުރެ މާބޮޑަށް ބުއްދި ލުހެލާ، މީހާ މޮޔަކޮށްލާ އެއްޗެއްކަމަށް މާހިރުންބުނާއިރު، އެއިން ނެތިގެން ދަނީ ތިމާގެ ބުއްދި އެކަންޏެއް ނޫނެވެ. ނަފުސާއި ދީނާއި އަބުރުވެރި ދިރިއުޅުމާއި ނަސަބާއި ނަސްލާ ވެސް އެކީގަ އެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ދީނުގެ މުޅި ފަސް މަގުސަދު އެމީހެއްގެ އަތުން އެކީއެކަށް ހަރާބުވެދިޔައީ އެވެ.

އެއްވެސް ޝައްކެތް ހިލާފެއް ނެތްގޮތުން ބަނގުރާއާއި ބުއްދި ލުހެލާ ކޮންމެ އެއްޗެއް، މަސްތުވާ ކޮންމެ ބާވަތެއް ކަނޑައެޅިގެން އިސްލާމްދީން ހަރާންކުރެއްވީ މިދެންނެވުނު ސަބަބުތައް އެހެން ހުރުމުންނެވެ. އެއީ ގެއްލުންހުރި އެއްޗެކެވެ. ގެއްލުން ބޮޑު އެއްޗެކެވެ. އޭގެ ގެއްލުން ދެމިގެންދާ އެއްޗެކެވެ.

އަލްމާއިދާ ސޫރަތުގެ 90 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެ އެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކަ އެވެ."

މިއާޔަތާމެދު ފުންކޮށް ނަޒަރުކޮށްލީމާ ކަންތައްތަކެއް އެބަ ދޭހަ ވެއެވެ. އެއް ކަމަކީ، އަޅުކަންކުރަން ގެންގުޅޭ ބުދުގެ ކުރިޔަށް ރަލުގެ ވާހަކަ އައިސްފައި އޮތީ ކަމެއްވެގެންކަމެވެ. ބުދަށް އަޅުކަންކުރުމާއި ޖުވާކުޅުމުން ދުރުވެގަންނަން އެނގޭނީ ވެސް ހަމަހޭގައި ހުރި މީހަކަށެވެ. ދެވަނަ ކަމަކަށް މަސްތުވާތަކެތި ބޭނުންކުރުމަކީ ހަމައެކަނި ޝައިތާނާގެ ރޭވުންތެރިކަމުން ކުރުވާ ކަމެއްގެ ގޮތުގައި ސިފަކުރީ އެކަންޏެއް ނޫނެވެ. އެއީ ހަޑިމުޑުދާރު ކަމެއް ކަމަށްވެސް ބަޔާންކުރީ އެވެ. މިދިޔަ ހަފުތާގައި ދިމާވި ރަހުމަތްތެރިއަކު އަސަރާއެކު އަޅުގަނޑު ގާތުގައި ބުނީ، ކުރީ ރެޔެއްގައި މަގުމަތީ ހުރި ޑަސްބިންކޮތަޅު ހާވައިގެން އެއިން ކާއެއްޗެހި ނަގައިން ކާން އިން މީހަކާ ދިމާވިކަމަށެވެ. ފަގީރުކަމަކުން ނޫނެވެ. ބުއްދި ލުހިގެންދިޔައިމާ ކިތަންމެ މުޑުދާރު ކަމެއްގެ ތެރެއަށް ވެސް ހުށަހެޅެވެނީ އެވެ. ތިންވަނަ ކަމަކަށް ބައްލަވާށެވެ. އާޔަތް ނިންމެވުމުގައި ދިންނަވާ ނަސީބުލިބުމަށްޓަކައިކަމަށް އޮތްއިރު، ގުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި އަންނަ ފަދައިން "އާހިރަތުގައި" މިފަދަ ލަފުޒެއް އައިސްފައި ނުވެ އެވެ. މާނައަކީ ދެދުނިޔޭގެ ކާމިޔާބަށްޓަކައި ވެސް މިކަންކަމާ ދުރުވެގަންނާށޭ އެވެ.

އަލްބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތުގައި އަންގަވަނީ، ތިޔަބައިމީހުން އަމިއްލަ އަތްތަކުން ހަލާކުގެ ތެރެއަށް ހުށައެޅިނުގަތުމަށެވެ. އަމިއްލަ އަތްތަކުން ހުށަހެޅިގަނެވޭނެ މަސްތުވާތަކެތީގެ ވަބާއަށްވުރެ ބޮޑު ހަލާކެއް ނުއޮންނާނެ އެވެ. އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައި ވެ އެވެ. ކޮންމެ މަސްތުވާއެއްޗަކާއި ބުއްދިޔާއި ހަށިގަނޑަށް ގެއްލުންލިބޭ ކޮންމެ އެއްޗެއް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ނަހީކުރެއްވި އެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައި ވެ އެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ރާ ޙަރާންކުރެއްވީ އޭގެ ނަމަށްޓަކައެއް ނޫނެވެ. އޭގެ ނަތީޖާއަށްޓަކަ އެވެ. ރަލުގެ ނަތީޖާއާ އެއް ނަތީޖާއެއް ނުކުންނަ ކޮންމެ އެއްޗަކީ ރާ ފަދައިން ހަރާންވެގެންވާ އެއްޗެކެވެ.

މަސްތުވާތަކެތީގެ އެންމެހާ ބާވަތްތައް ބޭނުންކުރުމާއި ގޮވާންކުރުމާއި އުފެއްދުން، ތަބީއީގޮތުންވިޔަސް ސިނާއީ ގޮތުންވިޔަސް އެއިން ކަމެއް ކުރުން ހަރާންވެގެންވާ ކަމުގެ މައްޗަށާއި އެކަންކަމަކީ ޖަރީމާތަކެއްގެ ގޮތުގައި އަދަބުދެވޭ ކަންކަންކަމަށް ކަނޑައެޅިފައި އޮތުމަށް، އިސްލާމީ މަޒުހަބުތަކުގެ އެންމެހާ ފިގުހުވެރިން ވަނީ އެއްބަސްވެ އިޖުމާއުވެފަ އެވެ. އެހެނީ މަސްތުވާތަކެއްޗަކީ އިންސާނާއާއި މުޅި މުޖުތަމައުގެ ހަލާކެވެ. އެންމެހައި މުޖުތަމައުތަކެއްގެ ހަލާކެވެ. އިސްލާމީ ޝަރީއަތުގެ ހުރިހާ ހުކުމްތަކަކާ ހިލާފަށް އޮތް މުޅި އިސްލާމްދީނުގެ ހިކުމަތްތަކާއި މަގުސަދުތަކާއި އާޔަތްތަކާ ވެސް މުޅީން އިދިކީލި އެއްޗެކެވެ. އޭގެ ހުކުމަކީ ހަމަ ކަނޑައެޅިގެން ހަރާންވުމެވެ. ބޭނުންކުރުމާއި ވިއްކާ ވިޔަފާއިކުރުމާއި އެކަންޏެއް ނޫނެވެ. ހިލޭ ބެހުމާއި ބަހައި އާންމުކުރުމާއި، ހިލޭ ލިބޭ ހިސާބަށް ދާއިރު ކަމުވޮށިގެންވާ މީހުން ތިބި ފިޔަވަޅުމަތީގައި ދެމިތިބުންވެސް ހަމަ ހަރާމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox